30 ޖުލައި 2017 - 23:34
ފުލުހުންގެ ބަންދުގައި މިވަގުތު ތިބި މަޖިލީހުގެ އެއްވެސް މެމްބަރަކު މާދަމާގެ ޖަލްސާ އަށް ހާޒިރުނުކުރާނެ ކަމަށް ފުލުހުން އަންގައިފި ކަމަށް އެ މެމްބަރުންގެ ބައެއް ވަކީލުން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހައްޔަރުގައި މަޖިލީހުގެ ހަތަރު މެމްބަރުން އެބަ ތިއްބެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
އެ މެމްބަރުންގެ ވަކީލުން މިރޭ ވަނީ، އެ މެމްބަރުން މާދަމާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ޝަހީދު ހުސެއިން އާދަމް ބިލްޑިނަށް ވަޑައިގެންފަ އެވެ.
އެ މެމްބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޒާހިރު ވިދާޅުވީ އެއްވެސް މެމްބަރަކު މާދަމާގެ ޖަލްސާއަށް ހާޒިރުނުކޮށްދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ސަބަބެއް ބުނެފައި ނުވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނަ މުއްދަތުގައި ބާއްވާ ޖަލްސާތަކަށާއި އެ މެމްބަރަކު ހިމެނޭ ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު، އެ މެމްބަރަކަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
މި ހަތަރު މެމްބަރުންގެ ތެރެއިން މި މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައިވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަމީތާއި ވައްޑެ އަދި ސައުދު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ. އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ބަންދުގައި ތިބި މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުކޮށްދީފިނަމަ އިހުތިޖާޖުކުރާނެ ކަމުގެ އިންޒާރު ވެސް އިދިކޮޅު ޕާޓީތަކުން ވަނީ ދީފަ އެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ މައި ހަރުގެ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ ހަތަރު މެމްބަރަކު ޖަލުގައި ބަންދުކޮށްފައި ވަނީ ނުހައްގުން އަނިޔާވެރިކަމާ އެކުގައި ކަމަށެވެ.
ގާނޫނާއި މަޖިލީހުގެ ގަވާއިދަށް އަމަލުކުރާ ނަމަ، ހަތަރު މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދިނުމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ އަށް މަޖުބޫރުވެވަޑައިގަންނަވާނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާސަތު
31 July 2017
ވެރިމީހާ ގާނޫނުއަސާސީ ކަމަކުނުދެއޭ ކިޔާފަ ހިތުހުރި ގޮތަކަށް ކަންކަން ކުރަންފެށީމަ ގާނޫނުއަސާސީގަ އޮންނަނީ މަޖިލީހުން ރައީސް ވަކިކުރެވޭގޮތަށް... ދެން މެމްބަރުން ރައީސް ބޭނުންހާ ގޮތަކަށް ވޯޓު ނުދޭނެހެން ހީވީމަ ފުލުހުންނާ ސިފައިން އަދި ކޯޓުތަށް މެދުވެރިކޮށް ޖަލްސާ އަށް ނުދެވޭ ގޮތްހަދަންވީ... ދެން ކޮންމެހެން މަޖިލީސް މެމްބަރުން ހޮވާނެ ކަމެއްނެތެއްނު، ވެރިމީހާޔާ އޭނަގެ ސަލާމަތީ ހިދުމަތްތަށް ތިބީމަ ވާނެ އެއްނު، އެހެން ފުރިހަމަ ޑިކްޓޭޓާރޝިޕްތަކެކޭ އެއްގޮތަށް...
ދިވެހިން
31 July 2017
ޤާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ބުނެފައިވާކަމެއް ފުލުހުންނަށް ނުކުރެވެންޏާ ފުލުހުންގެ އިސްވެރިން އިސްތިއުފާ ދިނީމާ ނިމުނީ، ވެރިމީހާ ޙިމާޔަތްކުރަންޖެހޭނީ ރައްޔިތުން ޙިމާޔަތްކޮށްފައި، މަތިންދާ ބޯޓުގެވެސް އެންމެ ފުރަތަމަ ސަލާމަތްކުރަން ކުރޫން އުޅެނީ ޕައިލެޓެއް ނޫން ފަސިންޖަރުން، ހަމަ އެގޮތް މިކަމުގައިވެސް އޮތީ،
ރަދީފް
31 July 2017
ފުލުހުން ތިހިންގަނީ މަތިމައްޗަށް ގޯސް. ތިކަމަށް ޖަވާބުދާރީވާންޖޭހެނެ ދުވަހެއް އަންނާނެ.އިންތިޒާރްކޮށްލައްވާ.
ވާލުސޮރު
31 July 2017
7 ފެބުރުއަރީ 2012ގަ ބަޣާވާތް ކުރި މީހުންނާ އެކަމަށް ހޭދަކުރި މީހުންނާ އެކިގޮތްގޮތުން އެލަމުގަ ބައިވެރިވެ ހިއްވަރުދިން މީހުންނަށްވެސް މިހާރު ހުންނާނީ ރަނގަޅަށް "ރާކަނިމަސް ކެވިފަ" ދެންއޮތްތާނގަ މިރާއްޖޭގެ "ޢިސްލާހު"ވާނީ މުއުޖިޒާތެއްފަދަ ކަމެއް ﷲ މެދުވެރިކުރެއްވިއްޔާ. މަށަށް ހަމަ މުޖައްރިބު!
މުޙައްމަދު ބަޣާވާތު
31 July 2017
ދަރިފުޅާ 07 ފެބްރުއަރީ 2012 އަކީވެސް ހަމަ ތިޔަފަދަ ކަމެކޭ..
ބަރުލަމާނީ
31 July 2017
ކޮން ބަޣާވާތެއް. ކާކުތަ ބަޣާވާތެއްކުރީ.
ލަދު
31 July 2017
ހަމައެއް ނެތިފަ ކުޑަ މީހާއަށް ކުޑަކެކުރި ޮޑުމީހއަށް ބޮޑުކެކުރި
ގެދާނޯމޮސް
31 July 2017
މަޖިލީހުގެ މެންބަރުން ނަކީއާދައިގެ އިންސާނުން ކަމުގަ ވާތީވެ ހޮވާފައެތިބީ ވީމާ ކުށެއްކުރާ ހިސާބުން އާދައިގެ އިންސާނުން ނަށް ޤާނޫނުން ލިބެންޖެހޭ ހައްޤު އަދަބު ލިބިގެން ނުވާނޭ ކަމުގަ ބުނާއެއްވެސް މެންބަރަކަށް ދެވަނަ ފުރުސަތެއް ދިނުމުގެ އުސޫލެއް މިދާއިރާއަކުން އަދި ހަމަޖެހިފައި ނުވާވާހަކަ ވަކީލުންނަށް އަންގަމެވެ.
އަހްމަދު
31 July 2017
ގެދާނޯ ވިދާޅުވެދެއްވަ ބައްލަވަ މަޖިލީހުން ބަންދުކޮށްފައި އެވާ މެމްބަރުން ކޮން ކުށެއް ކޮށްގެންތޯ ؟ ޤާނޫނާ ޚިލާފަށް އަމަލުކުރާ މީހުނަށް ތި ސަޕޯޓް ކުރައްވަނީ ކިހާ އަދަދެއްގެ ފައިސާ ލިބިގެންތޯ ވިދާޅުވެދެއްވަބައްލަވަ.
ރޮކެޓް ސައިންސް
31 July 2017
ތި އޯޑަރު ދިނީ ކާކުތޯ ބަލާ ފިޔަވަަޅު އެޅޭނެ ދުވަހެއް އަދި އަންނާނެ
ސައްދާމް
31 July 2017
ތިކަން އެނގޭ ކުރިން ވެސް............ އެކަމަކު ފުލުހުން ގާނޫނު އަސާސީއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކުރަން...........ވަކިމީހަކަށް ވެރިކަން ދިފާއު ކުރަން މުސާރަ ދީފައި ތިބި ބައެއް ނޫން ފުލުހުން........ ނޫނީ ނިމުން ވަރަށް ހިތިވާނެ.........
GAN Island
30 July 2017
ދުނިޔޭގެ ޤައުމެއްގެ ގޮތުގައި އޮންނާން ބޭނުން ނަމަ ދިވެހި ރާއްޖެ އަށް ވެސް ޖެހޭނީ ދުނިޔޭގެ ޤާނޫނަށް ބޯލަބަން. . . ތިމާމެންގެ ގައިގަ ނެތް ފެންވަރު ދައްކަން ހަދައިގެން އޮރިޔާންވާން ނޫޅޭ. މިރާއްޖޭގައި ''ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކޮށް ދިނުމަށް'' ދުނިޔޭގެ ބޮޑެތި ޤައުމު ތަކާއި އަވައްޓެރި އިންޑިޔާ ވެފައިވާ ވައުދު އެމީހުން ފުއްދާދޭނެ. . . ދިވެހިން އަޅުވެތިކޮށްގެން މިރާއްޖޭގައި ވެރިކަން ކުރަން ހީކުރުމަކީ ކުރެވޭނެ ކަމެއްނޫން. އަދި އެކަމަކީ އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ގެއްލިދާނެ ފަދަ ނުސިޔާރު ކަމެއްކަމަށް ވާތީ އިންޑިޔާގެ 1.3 ބިލިޔަން ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތާއި ގުޅުން ހުރި ކަމެއް ގޯސް މަގަކުން ދާން އިންޑިޔާ އިން ދޫކޮށެއް ނުލާނެ. . . . ދިވެހި ފުލުހުންނާއި ޤައުމީ ދިފާއީ ހިދުމަތް ދެމިއޮންނާން ވާނީ ޤައުމުގެ މަސްލަހަތަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމުގައި. . . . ޤައުމުގައި އޮންނާނީ ކޮން ސަރުކާރެއް ކަމާއި ސަރުކާރު ވައްޓާލާ އެހެން ސަރުކާރެއްގެނައުމަކީ އެއީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ޤާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރެއް. އެކަމަކާއި ފުލުހުންނާއި ސަފައިންނާއި އެއްވެސް ގުޅުމެއްނެތް ކަމެއް.
މައުމޫނު
30 July 2017
ނުކުރާނެ ނުކުރާނެ. "އަހަރުމެން ހިތްވަރު ލިބިގަންނަނީ" ނަޝީދު، ކޯޓު އަމުރަކާ ނުލައި މެމްބަރުންނާއި ފަނޑިޔާރުން ވަގަށް ނަގައިގެން ފޮރުވައިގެން އުޅުނު ހާދިސާތަކުން.
567
31 July 2017
އެކަމު ޖަލްސާތަކަށް ދިޔަނުދީ ނަޝީދު މެމްބަރުން ހިފަހައްޓާފަ ވޭބާ
ޔަމީން
31 July 2017
ގާސިމް ހަތްޔަރު ކުރީ އޮޅިގެން.......ޕަކާސް
ނަޝީދު
31 July 2017
ނަޝީދު އެހެން އަމަލު ކުރުމުން އޭނާއަށް ވީގޮތް އެނގޭތޯ؟
އިބްރާހިމް
31 July 2017
ނަޝީދު ފަޑިޔާރަކުން ރަހީނު ކުރީމަ ހަމަ ތިބޭފުޅުން ނޫންތޯ އެކަން ގޮށްވެގެން ނަޝީދު ވެރިކަމުން ބޭލީ. ދެން މިޮހާރު އެކަމުން ބާރު ހޯއްދަވާ އެކަން ތަކުރާރު ކުރައްވަނީނަމަ ތިބޭފުޅުންވެސް ވެރިކަމުން ބާލަން ޖެހޭނެ ނޫންތޯ ، އެހެންވެ ދަންނަވަން ޖެހެނީ ތިހައްދަވަނީ ގޯހެކޭ، އަޅުގަޑުމެނަށް ތިބޭފުޅުންވެސް ބޭލޭނެ. ބާރު އޮތީ ރައްޔިތުންގެ އަތުގަ ކަން ވިސްނަވާތި. ޝަރީއަތްވެސް ހިންގޭނެ.