ޝަލަބީ: އޭނާގެ ފުރަތަމަ މަދަހަ ސީޑީ މި ހަފުތާގައި ނެރެން އަންނަނީ ތައްޔާރުވަމުން.
26 ޖޫން 2016 - 14:29
މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ހޯދި ޝަލަބީ އިބްރާހީމް އަމިއްލަ އަށް ރާގުތައް ހަދައިގެން ފުރަތަމަ މަދަހަ ސީޑީ ނެރެން ތައްޔާރުވެއްޖެ އެވެ. މިއީ މި ފަހަރުގެ އީދު ހަދިޔާއެއްގެ ގޮތުގައި ނެރޭ ސީޑީއެކެވެ.
ހަތް މަދަަ ހިމެނޭ އަދި "ހިދާއީ ނޫރު" ގެ ނަން ދީފައިވާ މި ސީޑީގެ މަދަހަތައް ހައްދަވާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައުޔޫމާއި އުތީމު އާދަމް އަބްދުއްރަހުމާނާއި އާދަމް ނަސީރު އިބްރާހީމްގެ އިތުރުން ހަސަން ޝާކިރު މުހައްމަދެވެ.
އެެއްވެސް މިއުޒިކެއް ނެތި މުޅިން ވެސް ޝަލަބީގެ އަޑުން ކިޔާފައިވާ މަދަހަތައް ހިމެނޭ "ހިދާއީ ނޫރު" ރެކޯޑްކޮށް މާސްޓަ ހަދައިފައި ވަނީ ހުސައިން ސޮބާހްގެ އިލެވެން އިލެވެން ސްޓޫޑިއޯ އިންނެވެ. އަދި ބައެއް މަދަހަތަކުގެ ކޯރަސްގައި ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ޝަލަބީގެ ޓީމުން ބުނީ މިއީ އޭނާގެ ފުރަތަމަ ސީޑީ އަށް ވާތީ އާންމުންނާ ހަމައަށް އެ ދޫކޮށްލާނީ މުޅިން ހިލޭ ކަމަށެވެ.
ޝަލަބީގެ މަދަހަ ސީޑީ "ހިދާއީ ނޫރު" ގެ ކަވަރު.
"މިއީ އަޅުގަނޑުގެ ފުރަތަމަ އަލްބަމް ކަމަށް ވާތީ އަޅުގަނޑު ގަސްދުކުރަނީ މި މަދަހަ ސީޑީ ހިލޭ ބަހަން،" ޝަލަބީ ބުންޏެވެ. "މަދަހަ ސީޑީއެއް ތައްޔާރު ކުރުމަކީ ވަރަށް ބޮޑު ޚަރަދުތަކެއް ހިނގާ ކަމެއް. އެހެން ނަމަވެސް ހެޔޮއެދޭ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާ އެކު އަޅުގަނޑު މި މަސައްކަތް ކުރަނީ ހިދާއީ ނޫރު މަދަހަ ސީޑީ ހިލޭ ބަހަން."
އެހެން ނަމަވެސް "ހިދާއީ ނޫރު" ލޯންޗް ކުރާނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު މި ހަފުތާގެ ތެރޭގައި ލޯންޗިން ބޭއްވޭތޯ ޝަލަބީގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަދަހަ ސީޑީގެ ޕްރޮޑަކްޝަން މެނޭޖަރު އަބްދުﷲ ޝަފީގު ބުނީ މަދަހަ ސީޑީ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށެވެ.
މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީއަކީ މިހާރު އާންމުން މެދުގައި ވަރަށް މަގުބޫލް ފަންނާނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން
27 June 2016
ލަވަކިޔުން ހުއްޓާލާފައި ޢަލީ ރަމީޒުފަދައިން ވެއްޖިއްޔާ ވަރަށް އުފާވާނެ
މެންޓަލިސްޓް
26 June 2016
އަލީރަމީޒް ކުރާހުރިހާކަމެށް ކުރަންވާނެ . އަދިޖުއްބާލާފައި އެކަހަލަ ސައިކަލަކަށްވެސް އަރަންވާނެ އޭރުން ފުރިހަމަވާނީ ،،،
27 June 2016
އަސަރެއް ކުރާނީ.
ބައެ
26 June 2016
ޝަލަބީ ވެސް އެންމެ ފަހުން ދާނީ ހަމަ އަލީ ރަމީޒު ދިޔަ މަގުންބާ؟ "ޝަލަބީ އަކީ އަލީ ރަމީޒު" މިހެން ކިޔާތީ ވާގޮތްބާ؟
ޭިއިބްން ޤާސިމް
26 June 2016
ކޮންމެ ރޯދަމަހަކު އަލީ ރަަމީޒް ހިލޭ ބެހި މަދަހަ ސީޑީ ތައް ވަރަށް މިސްވޭ. ބޯނަސް މަދަހަ އަކަށް ޝަލަބީ ފީޓް އަލީ ރަމީޒް ގެ މަދަހަ އެއް ހިމަނައފިއްޔާ ވަރަށް ޝުކުރު ވެރިވާނަން. ﷲ ތިބާއަށް ރަހުމަތް ލައްވާށި. އާމީން
މިފްތާހް
26 June 2016
އެެއްވަނަ ހޯދި ބައިވެރިޔާ ގޭގައި ރޯދަކުރުކުރަނީދޯ، މިދާއިރާއިން ކުރިއަށް ދާން ބޭނުންމީހަކު ހޮވީމަ އަޑެއްބަޑެއް ނީވޭނެތާދޯ.
އެފަކީރު
26 June 2016
އެފަކީރު ޓެސްޓު ނިމުނީމަ އުޅޭނެ.
އަލީ
26 June 2016
ޝަލަބީއެވެ. ތިބާއަށް ތިބާގެ ރައްބު ހެޔޮ ރަޙުމަތް ލާއްވާނެ އެވެ. ސުވަރުގެ އެދިގެން ކުރާ ކކޮންމެ ކަމަކީ ބަރަކާތްތެރި ކަމެކެވެ. ޝުކުރިއްޔާ.