ވަޅި ހަރައި މިދިޔަ ހަފުތާގައި މަރާލި އަނަސް އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މީދޫގައި އިއްޔެ ހަވީރު ބޭއްވި ހިނގާލުން: އަމާން ވެއްޓެއް ގާއިމްކޮށްދިނުމުގެ ބަދަލުގައި ސަރުކާރުގެ މިސްރާބު ހުރީ ސިޔާސީ މީހުން ހިފައި ހައްޔަރުކުރަން ކަަމަށް މައުމޫން ވިދާޅުވި.
06 އޯގަސްޓް 2017 - 10:24
ގުރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާތީ، ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކުގެ އިސް ވެރިން އިސްތިއުފާ ދެއްވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.
މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ރާވައިގެން ހިންގާ މާރާމާރީތައް ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދެނީ ސިޔާސީ ފަރާތްތައް ފަހައި ދުވެ، އެ މީހުންނަށް އަދަބު ދޭން ކަަމަށެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހަތް މާރާމާރީ ހިންގައި ދެ ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އިރު، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ފިޔަވަޅު އަޅާފައި ނުވުމަކީ އަމާކަން ގާއިމް ކޮށްދިނުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަން ސާބިތު ކޮށްދޭ އަލިގަދަ ހެއްކެއް ކަަމަށް ވެސް ވިދާޅުވި އެވެ.
ސިޔާސީ މީހުން ހައްޔަރު ކުރަން އިންޓެލިޖެންސް ރިޕޯޓް ހޯދާ އިރު، މާރާމާރީތައް ހުއްޓުވަން ފުލުހުންނަށް އިންޓެލިޖެންސް ނުލިބޭ ކަމަށް ވިދާޅުވެ ވެސް މައުމޫން ފާޑުވިދާޅުވި އެވެ.
"ރައްޔިތުންނަށް ރައްކާތެރިކަން ގާއިމް ކޮށްދޭން ހަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުންތަކާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަ އެވެ،" މައުމޫން ވިދާޅުވި އެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން، ޒިންމާ ނަގަން ތިއްބެވި ފަރާތްތަކުގެ ގާބިލްކަމާ މެދު ސުވާލު އުފެދެ އެވެ."
ސަލާމަތީ ހިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކުރުމާއި ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ހުއްޓުވުމުގެ ބަދަލުގައި، މާރާމާރީތައް ހުއްޓުވައި އަމާން ވެއްޓެއް ގާއިމް ކޮށްދޭން އިސްކަން ދިނުމަށް މައުމޫން ގޮވައިލެއްވި އެވެ. އެކަން ނުހުއްޓުވޭ ނަމަ، އެންމެ ރަނގަޅު ގޮތަކީ އެކަމުގެ ޒިންމާ ނެންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާހާސަރު
06 August 2017
ޢުއްތަމަ ފަނޑިޔާރު ޖަހާ އެންމެ ފުއްޓައްކަކުން ސަރުކާރު ހަމަ ބިމަށް ތިރިކުރެވިދާނެ! މިބުނީ ލައްކަވާހަކަ! އުއްތަމަ ފަނޑިޔާރޫ ގާނޫން އަސާސީގެ އިމަށް ގައުމު ރުޖޫއަކޮށްދެއްވާ
ހަގީގަތް
06 August 2017
ރައީސް މައުމޫނު މަނިކުފާނު ގައުމުގެ ރައްޔަތުންނާ މެދު ތި ބަހައްޓަވާ ގާތްކަން ތާއަބަދު ތި ޚިދުމަތްތެރކަމުގެ ޒިކްރާ އައުމުރެވޭނެ
ލައިސާ
06 August 2017
މީނަމިއީ އެންމެނަށް އަމާންކަން ހޯދައިދިން މީހާ..ހެހެ
ލުގުމާން
06 August 2017
މައުމޫން ނޫން އެހެން ބޭފުލަކު ތިޔަހެން ވިދާޅުވުން އެއްމެ ރަނގަޅު. ތަނކޮޅެއް ތާހިރުވެސްވާނެ. މަނިކުޕާނު ވިދާޅުވެދެއްވަފާނަންތޯ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި މިގައުމުގައި ފުރާނަ ދުއްވާލީ ކިތަށް ޒުވާނުންތޯ؟ ކިތަށް މުސްކުޅިންތޯ؟ ކިތަށް ވައްކަންތޯ؟ ބޮޑެތި ކިތަށް ޚިޔާނާތްތޯ؟ ކިތަށް މިހުގެ ގަޔަށް ވަޅިހެރިތޯ؟ އަމާންކަން ގާއިމް ކުރެވުނީ މިހާރާ އަޅާ ކިޔާއިރު ކިހާ ވަރަކަށްތޯ؟ އޭރު އަދި މުޅިގައުމުގެ ހުރިހާބާރެއް މަނިކުފާނުގެ މުށުތެރޭގައި އޮތް އިރުގެ ވާހަކަ މިދައްކަނީ. މަޖިލިސް މެނބަރުންނާމެދު ހާސްވާކަށް އޭރަކު ނުޖެހޭ. މަނިކުފާނު އައްޔަން ކުރާ 8 މެންބަރުން އުޅޭނެ. މަނިކުފާނު 1+1=5 ބުންޔަސް އެމީހުންބުނަމުންގެންދިޔާއީ 'އާދެ މަސާހިބު" ވިމާ ތިޔަފަދަ ވާހަކަ މަނިކުފާނު ދެއްކީމާ ހަމަ ލަދުގަނޭ އިންގޭތޯ
ހުސޭނުބެ
06 August 2017
މައުމޫނުގެ މަތިން ފޫހިވެއްޖެ!!! ތިހެން ކިތަންމެ ބަޔާނެއް ނެރުނަސް ހެޔޮ!!
ޚިޔާލު
06 August 2017
ޕާޓީ ސިސްޓަމް އުވާލަން ފެންނަނީ
ވަސަންތީ
06 August 2017
އަޅުގަޑުމެންގެ އުއްމީދަކީ މަނިކުފާނު ތިސާބިތްކަންމަތީ ދެމިހުރުން. ޝުކުރިއްޔާ މައުމޫން.
އިސްތިއުފާ
06 August 2017
ގައުމުގެ ހާލަތު. ދެން މީތި ކިިޔާލަ ބަލަ "ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި އަނަސް މަރާލާފައިވަނީ، މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓައި".-- ޔާމީނުގެ 35 ތަނަށް. ހީވަނީ އެއްފޮތަކުން ކިއަވައިގެން އެއް ޑޮން އަކު ގެންގުޅޭ ބައެއްހެން މިކަން ކުރީ. އެކަމަކު ޔާމީން މެރި މީހުން ތިބީ ހައްޔަރުގަޔޯ. މި މަރާ ފޯސްގައި ކިތައް ގާތިލުން އުޅޭ؟ ޓީޝާޓާ ހެދި އޮޅުނިއްޔޭ ބުނި މީޙާކައިރީ އަހާލަ ދީބަަލަ. ހައްދަވާ ބޮޑުކުރެއްވި އިލާހް މިގައުމު މިޖައްބާރު ނުލަފާ އަނިޔާވެރިކަމުން ސަލާމަތް ކުރައްވާ ފާނދޭވެ.
މުހައްމަދު
06 August 2017
މި ޤައުމު މިހާލަތަށް ގެންދިޔައީ މައުމޫން.
އަސްލު
06 August 2017
އަދި އަންނި
މުހައްމަދު
06 August 2017
ޖައްވައް ހަވާޔަށް ފަޒާޔަށް ޖެއްސެވި ބަޑީގެ އުންޑަ އެރީ ކުއްޖެއްގެ ގަޔަށް.