އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ނިންމުމާ އެކު ޕައުންޑުގެ އަގު ދަށްވެ މާލީ މާކެޓްތަކަށް ވަނީ ހަލަބޮލިކަން ކުރިމަތިވެފައި. --ފޮޓޯ:ބީބީސީ
27 ޖޫން 2016 - 11:12
ލަންޑަން (ޖޫން 27) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ނެގި ވޯޓާ އެކު އެއް ދުވަހެއްގެ ތެރޭ ޕައުންޑުގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔައީ ހުކުރު ދުވަހު އެވެ. އޭގެ ފަހުން ވެސް ޕައުންޑުގެ އަގު ދަނީ ދަށްވަމުންނެވެ.
ޕައުންޑުގެ އަގު މިހާރު ހުރީ ޑޮލަރާ އަޅާބަލާއިރު 1.3365 ގަ އެވެ. މިއީ ތިން ޕަސެންޓުގެ ދަށްވުމެކެވެ. ޔޫރޯއާ އަޅާބަލާއިރު ޕައުންޑުގެ އަގު ހުރީ 1.2147 ގަ އެވެ. މިއީ 1.4 ޕަސެންޓުގެ ދަށްވުމެކެވެ. ހުކުރު ދުވަހު ޕައުންޑުގެ އަގު ވަނީ 1.3236 ޑޮލަރަށް ދަށްވެފަ އެވެ.
އީޔޫ އިން ވަކިވުމަށް އިނގިރޭސިން ބުރާސްފަތި ދުވަހު ވޯޓު ދިން ފަހުން މާލީ ވަޒީރު ޖޯޖް އޮސްބޯން ރަސްމީކޮށް ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. ނަމަވެސް މާކެޓް ހަމައަކަށް އެޅުވުމާ ބެހޭ ގޮތުން މާލީ ވަޒީރު ވަނީ ބަޔާނެއް ދެއްވުމަށް ނިންމައިފަ އެވެ.
މާލީ ބާޒާރު ހަމައަކަށް އެޅުވުމަށް އޭޝިއާގެ ގައުމުތަކުން ވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ޖަޕާނުގެ ކެބިނެޓުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު މާލީ ވަޒީރު ޓާރޯ އަސޯ ވިދާޅުވީ ކަރަންސީ މާކެޓް ހަމަ މަގަށް އެޅުވުމަށް ފިޔަވަޅުތައް އެޅުމަށް ބޮޑު ވަޒީރު ޝިންޒޯ އަބޭ ވަނީ އޭނާ އަށް އަންގަވާފައި ކަމަށެވެ.
ޗައިނާގެ މަރުކަޒީ ބޭންކުން ވަނީ ޔުއާންގެ އަގު 0.9 ޕަސެންޓް ދަށްކޮށްފަ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓީން ލަގާޑް ވަނީ އީޔޫ އިން ވަކިވުމަށް އިނގިރޭސިން ދިން ވޯޓާ އެކު މާލީ މާކެޓްތަކަށް ކުއްލި ހައިރާން ކަމެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ބިރެއް ނެތް ކަމަށާއި މާކެޓް އޮތީ ކޮންޓްރޯލުގައި ކަމަށް އެކަމަނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހ
27 June 2016
ދުނިޔޭގެ ބާޒާރުގައި ޕައުންޑް އަގު ދައްވިއަކަސް މިރާއްޖެއަކީ ދަށައް ދާގައުމެއްް ނޫން އެހުންނަ ރޭޓެއްގަ ހުރެދާނެ ކިތަންމެ ޒަމާނެއް ވަންދެން ވެސް ޑޮލަރުވެސް ދުވަހަކުވެސް ރާއްޖޭގަ އަގުހެވެއްނުވޭ މަޑުމަޑުން ބޮޑުވީ އެހެންގައުމު ތަކުގަ ބަދަލުވަނީ ކީއްވެތަ؟ ދުނިޔޭގެ ބާޒާރުގައި މިހާރުވެސް ތެޔެ އެހެރީ މީން ޒަމާނެއްގަ އަގު ހެޔޮނުވާވަރައް ކުޑަވެފަދޯ
ތާރޭ
27 June 2016
ފެއިލްވި ރައީސް އެކޮޅަށް ގޮސް ނެގި ވޯޓްއެއްގެ ސަބަބުން މުޅިގަމު ފުޑެނީ