ގަތަރު އެއާވޭސްގެ ހުރިހާ ދަތުރުވެރިންނަށް ހަތަރު ދުވަހުގެ ވިސާ ހިލޭ ލިބޭނެ.
10 އޯގަސްޓް 2017 - 13:17
ރާއްޖެ ހިމެނޭ ގޮތަށް 80 ގައުމަކަށް ގަތަރުން އޮން އެރައިވަލް ވިސާ، ހިލޭ ދޫކުރަން ފަށައިފި އެވެ.
ގަތަރުން ހިލޭ ވިސާ ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާފައިވާއިރު، ރާއްޖެ އަކީ ސައޫދީ އާއި ގަތަރާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގައި ގުޅުން ކަނޑާލި އެއް ގައުމެވެ. އަދި ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުގެ ތެރެއިން ހިލޭ ވިސާގެ ފުރުސަތު ދިން ހަމައެކަނި ގައުމަކީ ވެސް ރާއްޖެ އެވެ.
ހިލޭ ވިސާ ދޫކުރާނެ ކަމަށް ގަތަރުގެ ޓޫރިޒަމް އޮތޯރިޓީން އިއުލާނު ކޮށްފައިވާ ލިސްޓު ވަނީ ދެ ގިންތިއަކަށް ބަހާލައިފަ އެވެ. އޭގެ ތެރެއިން ރާއްޖެ ހިމެނެނީ ދެ ވަނަ ގިންތީގަ އެވެ. އެ ގިންތީގައި ހިމެނެނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކެވެ.
"ގަތަރުން އަލަށް 80 ގައުމަކަށް ހިލޭ ވިސާ ދޫކުރަން ފެށުމުން މިހާރު މި ސަރަހައްދުގެ އެންމެ ހުޅުވިފައިވާ ގައުމަކީ ގަތަރު. އެ ގައުމުތަކުގެ ބޭފުޅުންނަށް ދައުވަތު އަރުވަން ގަތަރަށް ތަޖުރިބާ ކޮށްލަން ވަޑައިގެންނެވުމަށް،" ގަތަރުގެ ޓޫރިޒަމް އޮތޯރިޓީގެ ޗީފް ޓޫރިޒަމް ޑިވެލޮޕްމަންޓް އޮފިސާ ހަސަން އަލް އިބްރާހީމް ވިދާޅުވި އެވެ.
ގަތަރުގެ ލިސްޓުގައި އެއް ވަނަ ދަރަޖާގައި 33 ގައުމެއް ހިމަނާފައި ވެ އެވެ. އެ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލްގައި ގަތަރުން ހިލޭ 180 ދުވަހުގެ ވިސާ ޖަހައިދޭނެ އެވެ. ނަމަވެސް ކޮންމެ ދަތުރެއްގައި ވެސް އެންމެ ގިނަ ދުވަހު ހުރެވޭނީ 90 ދުވަހު އެވެ.
ރާއްޖެ ހިމެނޭ ދެ ވަނަ ގިންތީގައި 47 ގައުމެއް ހިމެނެ އެވެ. ދެ ވަނަ ގިންތީގައި ހިމެނޭ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލްގައި ހިލޭ ދެނީ 30 ދުވަހުގެ ވިސާ އެވެ. ނަމަވެސް މުއްދަތު އިތުރުކުރަން ބޭނުން ނަމަ 30 ދުވަސް އިތުރު ކޮށްދޭނެ އެވެ.
ގަތަރުން މީގެ ކުރިން ވަނީ ހަތަރު ދުވަހުގެ ޓްރާންސިޓް ވިސާ ހިލޭ ދޫކުރަން ފަށައިފަ އެވެ. އެ ބަދަލުގެ ދަށުން ހިލޭ ވިސާ ލިބޭނީ ގަތަރު އެއާވޭސްގެ ފަސިންޖަރުންނަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯދިގު
11 August 2017
ވެރިންނާ ރައްޔިތުން ފެންވަރުގައި ތަސައްވުރެއް އިވެ ގައުމުގެ މުސްތަގުބަލަށް ވުސްނާ ގައުމަކާ، ދޮގާ މަކަރުން ރައްޔިތުންގެ މައްޗަށް ވެރިވެގަނެ ވެނުމަސް ވެނަށް ކާންދީގެން ހަންފަތުރާ އުނގުފުރަން ހޭކެނޑިފައި ތިބި ވެރީންގެ ދަށުވެފައިވާ ގައުމެއްގެ ތަފާތު ތިޔަ ފެންނަނީ. ގަތަރު ދަނޭ އަދި އުންމީދުކުރޭ މާދަމާވެސް ރައްޔިތުންނާއެކު މުސްލިމު ގައުމެއްގެ ގޮތުގައި މިރާއްޖެ އޮންނާނެކަން.
ހެލެބެލި
11 August 2017
ދިވެއްސަކަށްވީތީ ފަކުރު
ހދ އަތޮޅު ރިސޯޓް ހުޅުވުން އިބިލީހުގެ ކަައިވެނި
11 August 2017
ގަތަރު ވަރެއް ހަމަ ނެތް، ކިހާ ހިތްތިރި،
ކައުންސެލަރު
11 August 2017
ހިތްހެޔޮކަމާ ދީލަތިކަމުގެ ރިވެތި މިސާލެއް. ދިވެއްސަކަށްވީތީ އަދު ލަދުގަނޭ. އަސްލުވެސް...
ޕޮކަން
11 August 2017
ތިޖެހީ މިސަރުކާރުގެ މޫނުމަތީގައި ތަފާލެއް. އެހެންޏަ. އެތެއްގެ މަތީގައި ހިންޏެއް ދުވިޔޭ ކިޔާފައި އެ އެތް އުޅޭނެތަ ހިނި މަރާލަން.
ށއ
10 August 2017
ރާއްޖެ ގަތަރާ ގުޅުން ނުކަޑާ ނަމަ ސައޫދީ އިޖީޕްޓުން ކަޑާލީމަ ލިބޭނެ މާ ބޮޑެތި ގެއްލުން. މިކަން ގަތަރައްވެސް އެނގޭ.
ފަސިންޖަރުން
10 August 2017
ގުޅުން ކެންޑިޔަސް ނުކެންޑިޔަސް އަހަރުމެން ގަތަރަށްހެސްކިޔާފަ ދާނަން
ބަދީއު އެންޑް ބަސީރް
10 August 2017
ގަތަރު ކިހާ ރަގަނޅު ރާއްޖެއަށް. ދެން ކީއްވެ އަހަރެމެން ގަތަރާ ގުޅުންކަޑާލަންވީ.
ހަޑިގިއްލާ
10 August 2017
ބަޔަކު ހޭބަލިވެގެން އުޅުނަސް ޤަތަރަށް އެނގެޔޭ ދިވެހިންގެ ހާލަތު! މަދު ރިޔާލުކަށް ޤައުމުގެ އިސްތިޤްލާލު ބަޔަކު ވިއްކާލިޔަކަށް އެއީ ދިވެހިރައްޔެތުންގެ ނިންމުންނޫންކަން ޤަތަރުން ޤަބޫލްކުރި ކުރުމަށް ޝުކުރު އަދާކުރަން!
އެމީހާ
10 August 2017
ގުޅުން ކަނޑާލި ކަނޑާލުން ބަދަލުކުރަން ދިވެހި ސަރުކާރަށް ގޮވާލަން