ނޫސްވެރިންގެ ބައްދަލުވުމެއްގައި މުހްސިން ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
14 އޯގަސްޓް 2017 - 20:31
އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށް ޑރ. އަބްދުލްމުހްސިން މުހައްމަދު ހަމަޖައްސައިފި އެވެ.
މުހްސިން މިހާތަނަށް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއްގައި މަގާމުގަ އެވެ.
ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މުހްސިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ރެގިއުލޭޓަރީ ބޯޑުގެ ޗެއާޕަސަން ކަމާއި ރައީސް އޮފީހުގައި އުފައްދާފައިވާ ގައުމީ އިނާމާ ބެހޭ ކޮމެޓީގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުމަރު
15 August 2017
ތިޔައީ ދެން މިހާރު މުއްދަތު ހަމަވެފައިތިބި މީހުން، އެމީހުންނަށް ކުރެވޭނެ މާކަބޮޑުކަމެއް ނޮއޮވޭ، މިނިސްޓަރުގެ މީޓިންގް ތަކުގެ މިނިޓް ލިޔެލުންނޫން އެހެންކަމެއް ނުކުރެވޭ
ޒާހު
15 August 2017
އެޑިޔުކޭޝަން ސަބަުން ސްކޫލުތައް ހަލާކުވެއްޖެ. އެންމެ ރަނގަޅު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ އަހްލާގުވެސް ވަރަށް ގޯސްވެއްޖެ. ސަބަބަކީ ސްކޫލަށް އެއްވެސް ބާރެއް ނޯވޭ. ސްކޫލުން ހަދާފަ ހުންނަ ގަވައިދުކުގެ ބޭނުމެއް ނޯވޭ. ސެކިއުރިޓީ ކެމެރާ ބަހައްޓަން ހުއްދައެއް ނުދޭ، އިންގިލާބު އަންނާނެ އަންނަ އަހަރު
މުދައްރިބު
15 August 2017
ސީ އެޗް އެސް ސީގަ މި ހުންނަ ޕްރިންސިޕަލަކީވެސް މިހާރު ބަދަލްކުރަން ޖެހޭ މީހެއް ގާގަޑެއް އެއްތަނުގައި އިނދެގެން ފެހި ޖަހާގޮތަށް ފެހިޖަހާފަ ހުރި މީހެއް ކޮންމެ ގޮތެއް ވަރިހަމަ މީހެއް އެތަން މިހާރު ހިންގަނީ އެދުރުގެއެއް ހިންގާހެން އެހެންމީހުންގެ ވާހަކައަކަށް އޭނަކައިރިޔަކު ފުރުޞަތެއް ނެތް އެއީދެން މާއެނގޭ މީހެއް އޭނަ ހިތުން އޭނަ ވަރެއް ނެތް
ގުޕްތާޖީ
15 August 2017
މީވެސް ސަރުކާރަށް ހަމަ ރަގަޅަށްވެސް ބަލަދު އަރާފަ ހުރި މީހެއް
އައިސާ
15 August 2017
ކިތައް މީހުން ލިޔަސް ދަނީ ދަށަން އޭދަފުށި މަރުކަޒް 30 އަހަރު ކުރިޔަށް ވެއްޓިއްޖެ.. ނިކަމެތިވެ ހަލާކުވެއްޖެ... ކުދިން ގޯސްވެއްޖެ.. ޓީޗަރުން އަޅައެއްނުލާ... ޕްރިންސިޕަލް ހުރިމީހެއްވެސް ނޫން--- ސަލާމަތްކޮށްދީ ބޯހަލާކު--- ތަންބަލަހައްޓަންވެސް މިހާރު ޖެހެނީ ބެލެނިވެރިން-- ކޮބާ އެޑިއުކޭސަން
ސުހާ
15 August 2017
މީހަމަ ހަގީތަގުގައިވެސް ހިގާކަމެއް.. ބެލެނިވެރިންނަންބާ މުސާރަދެނީ.. ޓީޗަރުން ކީއްކުރަނީ-- ބެލެނިވެރިން ގޭގަ ދަރިންބަލާފަ ނުވިތާކަން ސޮކޫލް ވެސް ބަލަންވީ މީތޯ ކުރިއެރުމަކީ؟ 7 ދުވަހުން އެޑިއުކޭސަނުން ކުރި ސާވެ ރިޕޯރޓް އަދިވެސް ނުލިބޭ މިތާކަން--60 ދުވަސްވީ-- ދެން ނުވާނެ ރަގަޅެއް މީ ހާލަތު
ހަޤީޤަތް
15 August 2017
މިފަދަ ދެތިން ބޭފުޅަކު މިހާރުވެސް މިދާއިރާގައި އެބައުޅުއްވާ. އެއީ ވޭތުވެ ދިޔަ 3 ސަރުކާރުގައިވެސް ވަރަށް މަތީ މަޤާމުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުން. އެގޮތުން ޑރ ނަޒީރު، އަޙްމަދު ޝަފީޢު، ހިމެނިވަޑައިގަންނަވާ. މި ބޭފުޅުންގެ މުހިންމުކަމުންތާ މިކަހަލަ ސިޔާސީ ވާދަވެރިކަން އޮންނަ ދުވަސްވަރެއްަގައި 3 ސަރުކާރުގައި ވެސް ބައިތިއްބާނީ. ވަﷲ އައުލަމް..
ބޭބެ
15 August 2017
ސުބުހާނަﷲ. އަނެއްކާވެސް މުހުސިން އެޑިއުކޭޝަނަށެވެ. ހުރިހާ މުދައްރިސުންނަށް ތައުޒިޔާ ދަންނަވަމެވެ. ދެންއޮތީ ޖެއްސުމާއި އުނދަގޫކުރުމުގެ ދަތި ދުވަސްތަކެކެވެ.
ނަ
15 August 2017
ޢިސްލާމިކް މިނިސްޓަރ ޝަޙީމް ގެނެސްދީބަލަ
ބ
15 August 2017
މުހުސިނަށް މަރުހަބާ
GAN Island
14 August 2017
ކުރިއަށް އޮތީ ޔާމީން އަބުދުލް ޤައްޔޫމަށް އެހާ އުފާވެރި ފަސޭހަ ދުވަސްތަކެއްނޫން. މިފެށޭ ހަފުތާގައި އެބޭފުޅާ އަށް ޖެހިވަޑައިގަންނަވާނެ ދުނިޔޭގެ ބޮޑެތި ބައެއް ބާރުތަކަށް ޖަވާބުދާރީ ވުމަށް. . .. . . . . . މިކަން އެގިވަޑައިގަންނަވާ ސަރުކާރުގެ ބައެއް އޮފިޝަލުން ހާއްސަކޮށް މާލީ ތަނަވަސްކަމާއި ތައުލީމް ލިބިވަޑައިގެން ''އަބުރު ނުގެއްލި ތިއްބެވި ސާފުމީހުން'' ކޮންމެވެސް ސަބަބެއްދައްކާފައި އަމިއްލަފުޅަށް ސަރުކާރާއި ފެއަށް ޖެހުމަކީ ވަރަށް ގާތް ކަމެއް. . . . . . . . . . . އެތައްޒަމާނެއްވަންދެން އިންޑިޔާ ކަނޑުގައި ''އަވައްޓެރިންގެ ލޯބި ލިބިފައިވާ ދައުލަތެއްގެ ގޮތުގައި އޮތް ދިވެހި ރާއްޖެ'' އަވައްޓެރިން ދޫކޮށް ''އިރުމައްޗަށް މިސްރާބު ޖަހައިފި'' ކަމަށް ފާޅުގައި މިރައީސް ވަނީ ވިދާޅުވެފައި. . . . . . ... ... އެއީ އަހަރުމެން ''ދިވެހިންނަށް ކަމަކަށް ނުވިޔަސް'' އިންޑިޔާ ކަނޑުގެ ބަލަދު ވެރިފަރާތަށް އެ ވާހަކަ ވެގެން ދިޔައީ ''ނުރައްކަލުން ފުރިގެންވި'' އިންޒާރަކަށް. . . . . .... ... ... ނަތީޖާ އެއްގެ ގޮތުން އިންޑިޔާ ކަނޑުގެ އެންމެ ކުޑަ ޤައުމާއި އެންމެ ބޮޑު ޤައުމާއި ދެމެދު އޮތީ ''އިތުބާރު ނުކުރުމާއި ޝައްކާއި ވަހުމުން ފުރިގެންވީ ނިކަމެތި ދެރަވަރު ގުޅުމެއް'' ކަން އިގެނީ Narendra Damodardas Modi ގެ ބޮޑުވަޒީރު ކަމަށް 3 އަހަރު ފުރިގެން ދައުރު ނިމުމަކާއި ހަމައަށް ގޮސްފައިވާ އިރުވެސް ސާކުގެ ހުރިހާ ޤައުމަކަށް ރަސްމީ ދަތުރު ފުޅު ކުރެއްވި އިރު ޝެޑިއުލް ކުރެއްވުމަށް ފަހު ''ސަބަބު ހާމަ ކުރެއްވުމެއްނެތި ރާއްޖޭގެ ދަތުރު ކެންސަލް ކުރައްވާފައިވާތީ'' އާއި އަދި އޭގެ ފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން މޯދީގެ Foreign Secretary ދެއްވާފައިވާ ބަޔާން ތަކުން. . . . . . އަޑު އިވިފައިވާ ގޮތުން މޯދީގެ ދައުރު ނިމުމުގެ ކުރިން ''އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކޮށް 1.324 ބިލިޔަން ރައްޔިތުންގެ ރައްކާތެރިކަން ވަރުގަދަކުރުމަށް ފިޔަވަޅު ތަކެއް އަޅާން ވަނީ ނިންމާފައި. . . . . . . މިކަމުގައި ކުރާންޖެހުނު ކޮންމަ ކަމެއް އަޅާންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ނިއުދިއްލީ ސަރުކާރުން ތަކުރާރުކޮށް ދަނީ އަންގަމުން.
ހާއުފާ
15 August 2017
GAN Island އަށް ބުނެލަމެވެ. އަޅުވެތިކަމަކީ ހާދަހާވާ ނިކަމެތިކަމެކެވެ. އެއްގޮތަކަށްވެސް އަހަރެމެން ބޭނުންވާ ކަމެއް ނޫނެވެ. އިންޑިޔާ ކިތައްމެ ބޮޑަސް އަދި ބާރުގެގޮތުން ކިތަންމެ ވަރުގަދަޔަސް ﷲއަށް ގޮންޖަހާލެވޭފަދަ ބާރުވެރިކަމެއް ނުވެއެވެ. އަހަރެމެންވަނީ ﷲގެ ފުރިހަމަ އިނާޔަތާ ރައްކާތެރިކަމުގެ ދަށުގައެވެ. އެފަދައިން ތިބިހާ ހިނދެއްގައި އަހަރެމެންގެ މަގައް ހުރަހެއް ނޭޅޭނެއެވެ.