އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިނިވަން ދުވަހުގެ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
15 އޯގަސްޓް 2017 - 11:33
ނިއު ދިއްލީ (އޮގަސްޓް 15) - ބަޑީގެ ވަޒަނުން ކަޝްމީރުގެ މައްސަލަ އަށް ހައްލު ނުހޯދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 70 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ނިއު ދިއްލީގެ މަޝްހޫރު ރެޑް ފޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ ކަޝްމީރުން ވަކިވެގަންނަން އުޅޭ މީހުންގެ ނުބައި ރޭވުމެއް އެބައޮތް ކަމަށެވެ.
"ކަޝްމީރުގެ މައްސަލަ އަށް ހައްލެއް ހޯދެން އޮތީ ލޯތްބާ އެކު އެއް ބަޔަކު އަނެއް ބަޔަކު ބައްދާލައިގެން،" މިނިވަން ދުވަހުގެ 54 މިނިޓުގެ ތަގްރީރުގައި މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިނިވަން ދުވަހުގެ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
މޯދީ ވިދާޅުވީ އިންޑިއާގެ ބޭނުމަކީ ކަޝްމީރަކީ "ދުނިޔެ މަތީގެ ސުވަރުގެއަކަށް" ހެދުން ކަމަށާއި ހަނގުރާމަ އާއި ހަމަނުޖެހުމުގެ ސަބަބުން ހަލާކުވެފައިވާ ކަޝްމީރު އާރާސްތު ކުރުމަށް އިންޑިއާ ސަރުކާރުން މަގު ޗާޓެއް ގެންގުޅޭ ކަމަށެވެ. އޭގެ ތެރޭގައި ޒުވާނުންނަށް ތައުލީމް ދީ އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާ އަށް މިނިވަންކަން ލިބުނީ އަވަށްޓެރި ޕާކިސްތާން މިނިވަންވިތާ އެއް ދުވަސް ފަހުންނެވެ. އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ކަޝްމީރެވެ.
މޯދީ ވަނީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ރައްޔިތުން އެކަތިގަނޑަކަށްވެ ތިބުމަށް ގޮވާލައްވައިފަ އެވެ.
ބޮޑު ވަޒީރު މޯދީގެ ތަގްރީރުގައި ވަނީ ދީނުގެ ނަމުގައި ހިންގާ ހަމަނުޖެހުންތައް ވެސް ކުށްވެރި ކުރައްވައިފަ އެވެ. އަދި އިންޑިއާ ދެކޮޅަށް މަސައްކަތް ކުރާ ކޮންމެ ބައެއްގެ ކިބައިން ގައުމު ދިފާއު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާގެ އެންމެ މަތީ މަސްލަހަތަކީ ގައުމީ ސަލާމަތް،" މޯދީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލޭއަލި
16 August 2017
ބަހާ އަމަލު ތަފާތު. އަތްފައިން މަސައްކަތް ކުރަނީ ހަތިޔާރުން ބިރު ދައްކައި މީހުން މަރައި ނިކަމެތި ކޮށްލައިގެން ސުލްޙަ ޤާއިމް ކުރަން. އަނގައިން ބުނަނީ ...................
ހަމަ ހައިރާންވެއްޖެ
16 August 2017
މޯދީ ބޭބޭ....... ކަލޭގެ ގެރިވައްތަރު މާ މުހިއްމުވެގެން ޔޯގާ ފާހަގަކޯށް ހިންދީ ދީން ފަތުރާތީ ސަކަރާތް ކަލޭގެ ސަކަރަތް ހުންނަމީހާ އިސްތިއުފާ ދީބަލަ
ސަޅިބައިސާ
16 August 2017
މޯޑީ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ. ކަސްމީރުގެ މައްސަލައަށް މޯޑީއާއެކު ސުލްހަވެރި ހައްލެއް ނެތް.
ސަޅިބައިސާ
16 August 2017
ކަސްމީރުގެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަރެންދުރަ މޯޑީގެ ހައްދުފަހަނައެޅި ހަރުކަށި ހިންދޫ ވިސްނުން. އިންސާނުންނަށްވުރެ ގެރި މުހިންމުވީ. ވީމާ މޯޑީ އިސްތިއުފާ ދެއްވާ.
މެކުސް
16 August 2017
ގެރީގެ މަހުން ކަޝްމީރު ގެ މައްސަލަ ހައްލުވާނެކަމައް މީނަ ގަބޫލްކުރަނީ
އެދަމް
15 August 2017
ޔަހޫދީ ވިސްނުމުގެ ނުބައި ނުލަފާ މީހެއް މީނާއަކީ. ބޭރުފުށުން ލޯތްބާ އަޅާލުމުގެ ވާހަކަ ދައްކާއިރު ގުޖުރާތުގައި ހިންގި ޖަރީމާގަ އިސްކޮށް ހުރީ މި ނުބައި ކަލޭގެ.
އއއއއއއއރތތތ
15 August 2017
ގެރި މައްސަލަ ހުންނަނީ ނުން
އއއއއއއއރތތތ
15 August 2017
ގެރި މައްސަލަ ހުންނަނީ ނުން