ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ.-- ފޮޓޯ: މިހާރު
23 ޖުލައި 2025 - 15:31
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ފަހުރެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
"ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އަންނަ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާތީ ޖުމްހޫރީ މައިދާނުގައި ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ ބަހައްޓައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރާއްޖެ އާއި އިންޑިއާގެ ޚާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރޭތީ މޯދީގެ ޕޯސްޓުގައި ވަނީ އެކަން ވެސް ފާހަގަކުރައްވައިފަ އެވެ. ދެ ގައުމުގެ މެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ނޮވެމްބަރު 1، 1965 ގަ އެވެ.
މޯދީ ވިދާޅުވީ މި ދަތުރުގައި ރައީސް މުއިއްޒުއާ އެކި ދާއިރާތަކުން ކުރައްވަން ހަމަޖެހިފައިވާ މަޝްވަރާތަކާ އެކު ދެ ގައުމު ގާތް ގުޅުން އަދި އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
މޯދީގެ މި ދަތުރަކީ ދެ ދުވަހުގެ ދަތުރެކެވެ.
މި ދަތުރުގައި ރައީސް މުއިއްޒު އާއި މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.
އޭގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއީ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވި ފަހުން ގައުމެއްގެ ވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިކޮއެ
24 July 2025
ކޮން އެވޯޑެއް ބާ މިފަހަރު މޯދީ އަށް ޕނސ އިން ދޭނީ.
ގައުމީ ދޫ
24 July 2025
ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގްލާލަށް އިޙްތިރާމްކުރުން ވެސް އުފަލަކަށް ހައްދަވާ!
އަބުދުލް ޤާދިރު
24 July 2025
ފަހުރެއްތަ؟ ނޫނީ ދިވެހިޤައުމު އަޅުވެތިކުރުމަށް ލިބޭ ފުރުޞަތެއްތަ؟
އަބްޑޫޅް +
25 July 2025
"އަހުރެން" އެއީ ރަނގަޅު ގޮތެއް ނޫންތަ؟ ދައުލަތުގެ ވެރީންގެ ހުވައި އެއީ ރަސްމީ ގޮތުން ބޭނުން ކުރާ ރަގަޅު އެއްޗެއް. އެފަދަ ހުވައި ފެށެނީ "އަހުރެން އިސްލާން ދީނަށާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށާއި...." މިހެން. މި ތަނުގަ "އަހުރެން"، މިބަސް އޮތުން، އެއީ "އާއމު އުސޫލުން ބޭނުން ކުރާ ރަގަޅު" ގޮތް ނޫނީތަ؟
ޢަބްޑޫޅް +
24 July 2025
މޯޑީ ބުނި ކަމުގައި ތިޔަލިޔުނީ، "އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް". ތަރުޖަމާކުރާ ސޮފްޓުވެޔާ ބޭނުކުރީމަ، ދިވެހިބަހުގެ "އަހުރެން" (އަހަރެން) މި ބަސް ތަރުޖަމާ ވަނީ मैं (މެއިން) އަށް. ދިވެހިބަހުގެ "އަޅުގަޑު" ވެސް ތަރުޖަމާ ވަނީ मैं (މެއިން) އަށް. ވީމާ މޯޑީ ގެ އިބާރާތަކީ "އަޅުގަނޑު" ކަން ކަލޭމެންނަށް އެނގުނީ ކިހިނެއް؟ އިގިރޭސި ބަހުގަވެސް "އަހުރެން" (އަހަރެން) ނާއި "އަޅުގަނޑު" ތަފާތު ކުރެވޭ ގޮތެއް ނޯވޭ. ވީމާ ކަލޭމެން ތިޔަ ކުރި ތަރުޖަމާ ރަގަޅެއްނޫން.
ސަމޭދާން
24 July 2025
ބޭކާރު ކޮމެންޓެއް! ތަރުޖަމާ ކުރާ އިރު އެ ބަހުރުވައެއް އާއމު އުސޫލުން ބޭނުން ކުރާ ރަގަޅު ގޮތަކަށް ތަރުޖަމާ ކުރާނީ! މޭ ދިވެހިބަހަށް ގެންނައިރު ދިވެހި ބަހުގަ ރަސްމީ ކޮށް މަ މި ބަސް އަޅުގަޑު ގޮތުގަ ބޭނުންކުރަނީ
އަބްޑޫޅް +
25 July 2025
ސަމޭދާން، އަހުރެން ލިޔުނީ "ބޭކާރު ކޮމެންޓެއް" ނަމަ ކަލޭ އަހުރެންގެ ކޮމެންޓަށް ޖަވާބެއް ނުލިޔުނީސް.
އަހަންމާ.
24 July 2025
މާތްﷲގެ ހެޔޮ ރަޙްމަތް ފުޅާއިއެކު، އަހަރުމެނަށް ގިނަ ކަންތައްތަކެއް ކޮށް ދެނީ އިންޑިޔާއިން އެކަންޔޭ ބުނުމަކުން ދޮގަކަށް ނުވާނެ، ފަލަސްތީނު ރައްޔަތުން މަރާ ހުސްކޮށް ބަޑަށް ޖައްސާއިރުވެސް ޢަރަބިން އެތިބެނީ މުއްސަދި ކަމުގައި، އަމަދުން ދެން އެމީހުން ރާއްޖެއަށް ވަކިވެދޭނެ އެހީއެއް ނޯންނާނެ.
ޢައިރޯނިކް
23 July 2025
މިނިވަންދުވަހު އިތުރަށް އަޅުވެތިވާނެ މަގެއް މި ހުޅުވެނީ.