އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގައި ބައްދަލުކުރައްވައި ސަލާމްކުރައްވަނީ: ރައީސްގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަންނަވާކަން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައި. -- ފޮޓޯ: މިހާރު
20 ޖުލައި 2025 - 12:31
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާކަން ރައީސް އޮފީހުން މިއަދު އިއުލާނުކޮށްފި އެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާ ކަމުގެ ރިޕޯޓްތައް މީޑިއާގައި ކުރިން ދައުރުވެފައި ވިޔަސް އެއްވެސް ގައުމަކުން މިކަން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.
ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށެވެ.
"މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ." ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ ގޮތުން މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ދަތުރާއި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ކަމެކެވެ." ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
މިއީ މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަތް ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރޭތަ1
20 July 2025
ހުރިހާ ގައުމަކާ ގުޅުން ބާއްވަންވީ މިނިވަންދުވަހަށް ތިކަމެއް ކަމަކު ނުދޭ
ގަމާރު
20 July 2025
މާ މުހިއްމު ކަމެއްތަ!
ހެޔޮ މަށަށް
20 July 2025
ދެން މަށަށް ކީއް؟
ރަދީފްއޮފިޝަލް /
20 July 2025
ވެލްކަމް ޓު މޯލްޑިވްސް
ވެލްކަމް
20 July 2025
ވެލްކަމް ޓުދަ ގަމީބެއާރ ޝޯ
78945
20 July 2025
ސައޫދީ ރަސްގެފާނު މިގައުމަށް ވަޑައިނުގެންނެވީވެސް ދިވެހިންގެ ތެރެއިން ނުކުތް ސިޔާސީ ސޭކުންތަކެއްގެ ސަބަބުން. ގެއްލުން ލިބުނީ މުޅި ދިވެހި ގައުމަށް. ބުއްދި ފިލާފަތިބި ގުނބޯ ތަކެއްހެން ދިވެހިން އުޅެންފެށީމަ ގައުމު ކުރި ނާރައިގެން މިއުޅެނީ.
ދީދީފުޅު
20 July 2025
ސައުދީއިމް ފާފުއަތޮޅުގައި ހިންގަން އުޅުނު ޕްރޮޖެކްޓް އެއޮތީ ރެޑްސީއަށް ބަދަލުކޮށްފައި. އެދުވަހު އެކަން ގޯސްވެގެން ރަސްގެފާނު އަރަނީއޭ ކިޔަމުން ގޮވިބަޔަކުވެސް ތިބި އެކަމާއި އައިރުޅިން ޢެމީހުން އެކަން ހުއްޓާލީ. ސިޔާސީ ގޮތުން ރައްޔިތުން ބަޔަކު ނިކުމެ ރައްޔިތުން މޮޔަހައްދަންޔާމު އެހެންވާނެ.
ޢަބްޑޫޅް
20 July 2025
ޙޫމް. ތެދެއް.
މަނިކުފާނު
21 July 2025
ބަނޑޭރިގަނޑު ކިއުއްވައިގެން ތިޔަ އުޅިއްވަނީ ދީދީފުޅުވެސް. ފާފު އަތޮޅު ޕްރޮހެކްޓަކީ ރާއްޖޭގެ އަތޮޅެއް މިލްކުވެރިކަމާއެކު ވިއްކާލަން ހިންގި ނުރައްކާތެރި ރޭވުމެއް. އޭގެން ދިވެހިންނަށް ލިބޭނެ މަންފާއެއް ނޯންނާނެ. އެތަން ދުރުގަތިބެ ބަލާލަންވެސް ދިވެހިންނަށް ދެވޭގޮތަށް އޮތް ޕްރޮޖެކްޓެއް ނޫން އެއީކީ. ވިއްކާލީމް ލިބޭ ލާރިކޮޅު ލިބުން ފިޔަވާ އިތުރު ކަމެއް ނުވީސް. ފާފު ރައްޔިތުންވެސް އެހެން އަތޮޅުތަކަށް ބަދަލު ކުރާގޮތަށް އޮތީ. އަދި ފާފުގެ އާ ވަޒަންވެރިންނަށް ރައްޔިތުކަންވެސް ލިބޭގޮތަށް އޮތީ. އެކަން ހިނގިނަމަ ބޮޑުބާރެއްގެ އަތްދަށުވެ މި ކުޑަކުޑަ ޤައުމު ފިތި ހަލާކުވީސް. އެކަން ކުރިޔަށް ނުދިޔަތީ މާތްﷲ އަށް ޙަމްދު ކުރަން.
ސެންސު
20 July 2025
އައްދެ ! ހާދަ ގާތް ކޮއްލާފަ މި އޮތީ!
52365
20 July 2025
ގައުމު ތަކުގެ ވެރިން ދިވެހިރާއްޖެއަށް ވަޑައިގެންނެވުމުން ވައްވައް ޖެއްސީމަ ހުރިހާ ހުތުރެއް ލިބޭނީ ދިވެހި ގައުމަށް. ދާއިމަށ ދެމިގެންދާ ލައްގަނޑުތައް ޖެހޭނެ. އެހެންވީމަ، ގައުމު ތަކުގެ ވެރިންނާ ނުބެއްސި ރިވެތި އަޚްލާޤުގެ ތެރޭގައި ތިބުއް ބުއްދިވެރި.
އައިފާން
20 July 2025
އިންޑިޔާ އައުޓް ކެމްޕޭން ކަލޭމެން ހިންގި އިރު މިވަރު ނުވިސްނުނު ދެއްތޯ
ވެންގަބޯ
20 July 2025
ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ތެރެއިން މިޖަލްސާއަށް ވަޑައިގެން ނަވަނީ ކޮން ރައީސް ސުންނެއްބާ.؟ ގައުމީ މިކަހަލަ ކަންކަމުގައި އެންމެން އެއްބައި ވުމަކީ ރާއްޖެއާއި ބޭރުގައުތަކުގެ އިސްވެރިންގެ ކުރިފުޅު މައްޗަށް އެއްބައިވަންތަ ތަނެއްކަން އަންގާ ދޭންޖެހޭނެއެވެ ވީމާ އަޅުގަނޑުގެވެސް އުންމީދަކީ ރާއްޖޭގެ ހުރިހާ ރައީސުންވެސް މިކަމުގައި ބައިވެރިވެ ވަޑައިގެންނެވުން ދެއްވުންއެދެން
ފގފސ
20 July 2025
ޔާމީން ގޮތެއް ނޭނގެ. އެކަމަކު، ރައީސް މައުމޫނާ، ރައީސް ނަޝީދާ، ރައީސް ޑރ ވަހީދުއާ، ރައީސް އިބްރާހީމް ވަޑައިގަންނަވާނެ ކަން ކަށަވަރު. ގައުމީ ކަންކަމުގައި ފަހަތަށް ނުޖެހި ތިބޭނީ ގައުމީ ވަންތަ ދިވެހިން.
ބަކުރުު
20 July 2025
ޔަގީނާ ވަރަށްގާތަށް އެނގޭ ބޮޑާބެ ނުދާނެކަން.
ހާސަރު
20 July 2025
އިންޑިއާ އައުޓުން ރަސްމީކޮށް އިންޑިއާ އިންއަށް ބަދަލުވީ.
ގައުމުތުރާ
20 July 2025
ކޮބާ ޕީޕީ/ޕީއެންސީ ކުދިންކޮޅު އަވަހަށް އިންޑިޔާ އައުޓް ޓީޝާޓްތައް ބޮޑު ފޮށިން ނަގައިގެން ދޮވެ އިސްތިރިކޮށް ތައްޔާރުކުރޭ!
78945
20 July 2025
އެއީ މާޒީ، އޭރު ގޮވީ އިންޑިޔާ ސިފައިން މިތަނުން ބާލަން. ދެން މާ ބޮޑު ކަމަކަށް ހަދައިގެން އެވާހަކަ ނުހުއްޓިގެން ތިއުޅެނީ ތިނޫނީ ސިޔާސީ ގޮތުން ދެއްކޭނެ ވާހަކައެއް ނެތީމަދޯ؟ ސައޫދީ ރަސްގެފާނު މިގައުމަށް ވަޑައިނުގެންނެވީވެސް ދިވެހިންގެ ތެރެއިން ނުކުތް ސިޔާސީ ސޭކުންތަކެއްގެ ސަބަބުން. ގެއްލުން ލިބުނީ މުޅި ދިވެހި ގައުމަށް. ބުއްދި ފިލާފަތިބި ގުނބޯ ތަކެއްހެން ދިވެހިން އުޅެންފެށީމަ ގައުމު ކުރި ނާރައިގެން މިއުޅެނީ.
އިބުރ
20 July 2025
@78945 ތިބި ކަމަށް ބުނި އިންޑިޔާ ސިފައިން ބާލުވާފަ ބަދަލުގައި އެރުވީ އެހެން ޑިޕާރޓްމެންޓެއްގެ ބައެއް. ހަމަ އެއްޗަކީ އެކައްޗެއް. ބުނި ބޫޓު ކިބައެއްވެސް ނުބޭއްވޭނެޔޭ. އެދުވަހު މޯދީގެ މާލި ހަދައިގެން އުޅުނީ، މިއަދު މިޖެހުނީ މޯދީއަށް ކުރުނީސް ކުރަން.