ރެއާލް މެޑްރިޑުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2017 - 06:49
މެޑްރިޑް (އޮގަސްޓް 17) – ސަސްޕެންޑްކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ދެ ވަނަ ލެގުން ބާސެލޯނާ 2-0 އިން ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑް ރޭ ކާމިޔާބުކޮށްފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި މެޑްރިޑުން ސުޕަ ކަޕް މި ކާމިޔާބުކުރީ ދެ ލެގުގެ އެގްރިގޭޓުން 5-1 އިންނެވެ. ފުރަތަމަ ލެގު 3-1 އިން އެ ޓީމު ކާމިޔާބުކުރިއިރު އެ މެޗުގައި ދެއްކި ރަތްކާޑަކާ ގުޅިގެން ރެފްރީ ކޮއްޕާލުމުން ރޮނާލްޑޯ ހުރީ ފަސް މެޗުގެ ސަސްޕެންޝަނެއްގަ އެވެ.
މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު މާކޯ އަސެންސިއޯ ވަނީ ލީޑު ނަގައިދީފަ އެވެ. އުމުރުން 21 އަހަރުގެ ކުޅުންތެރިއާ އަންނަނީ ފަހަކަށް އައިސް ތަފާތު ދައްކަމުންނެވެ.
އަދި 39 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ކަރިމް ބެންޒެމާ ގޯލް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ.
ދެ ލެގުގެ އެގްރިގޭޓުން ބޮޑު ލީޑެއްގައި އޮތުމާ އެކު އެކު ދެ ވަނަ ހާފުގައި މެޑްރިޑް ފެނިގެން ދިޔައީ ފަސޭހަކޮށެވެ. އަދި މި ހާފުގައި ބާސެލޯނާ އިން ކުޅުން ރަނގަޅުކުރިއިރު ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ.
"މިރޭ އަހަރެމެން މި ކުޅުނީ ވަރަށް މޮޅު މެޗެއް. ހާއްސަކޮށް ފުރަތަމަ ހާފުގައި ތަފާތު،" މެޑްރިޑުގެ ކޯޗު ޒައިނުއްޒީން ޒިދާން ބުންޏެވެ. "މި ޓީމު އަބަދުވެސް އޮންނަނީ ކާމިޔާބީއަށް ފެންބޮވައިގެންފައި. އަހަރެމެން ކުޅޭ ކޮންމެ މެޗެއްގައި އެކަން ފެނޭ."
މިއީ މެޑްރިޑުގެ ކޯޗުކަމުގައި އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޒައިނުއްދީން ޒިދާން ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި އޭނާ އެ ޓީމަށް ހޯދައިދިން ހަތް ވަނަ ތަށްޓެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕާއި ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު މި ވަނީ ހޯދައިދީފަ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ލީގު އޮތީ ބޯމަތީގައި ކަމަށާއި އެހެންވެ ވީ އެންމެ އަވަހަކަށް މި ނާކާމިޔާބީން އަރައިގަންނަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ ބައްޕަ
18 August 2017
އެއްކަލަ ބާސާ މީހުން ލަކީ ވަންއޭ ކިޔާފައި ދިމާކުރި ޒިދާން 5-1 ކުން ބާސާ ބަލިކޮއްފައި 7 ވަނަ ތަށި ހަމަ ކުރީ ދޯ !! 5-1 ވެސް މީ ހަމަ ލަކީ ކަމުންތަ ؟؟
ހަޑިގިއްލާ
17 August 2017
މިކަމުންވެސް އެނގޭ ކަމަކީ ރޮނާލްޑޯއަކީ އެހާމުހިންމު މީހެއް ނޫންކަން!
ޣސހހ
17 August 2017
. ޢެސެންސިއޯ ހަމަ މޮޅީ
ހަމްބޭ
17 August 2017
މަރްހަބާ ދުނިޔޭގެ އެންމެ ގަދަފަދަ ޓީމް.
ބާސާ
17 August 2017
ބަލިވިޔަސް އޯކޭ. މަށަށް ހަމަ ބާސާ ވަރެއްނެތް
ރަދީފް
17 August 2017
ޔުއެފާކަޕް 2 ފަހަރު ؟؟؟ ލަލީގާ (2016-2017) ، ސުޕަރ ކޮޕާ ޑި އެސްޕަނާ (2017) ، ޔޫސީއެލް (2015-2016 ، 2016-2017) ، ޔުއެފާ ސުޕަރ ކަޕް (2016 ، 2017) ، ކްލަބް ވޯލްދް ކަޕް (2016)
އިސްމާލުބޭ
17 August 2017
މިއީ މެޑްރިޑުގެ ކޯޗުކަމުގައި އެ ޓީމުގެ ކުރީގެ ކުޅުންތެރިއާ ޒައިނުއްދީން ޒިދާން ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި އޭނާ އެ ޓީމަށް ހޯދައިދިން ހަތް ވަނަ ތަށްޓެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕާއި ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު މި ވަނީ ހޯދައިދީފަ އެވެ... މަހިތަށް އަރާ މިގޮލާ ބޫގަލް ހަދަނީބާއޭ.. މިހާރު އެކަން ބަލަމުން މިދަނީ.. ޔޫރަޕުން ބޭރުގަ ކުޅެފިއްޔާ މިމީހުން ވަނީ ބަލި.. ޔޫރަޕުގަ ކުޅޭނަމަ ނޭންގެ އެވާ ގޮތެއް ނޭންގެ. މަށަށް ހަމަ ޝައްކު ސިހުރު
މެސީ ބައްޕަ
18 August 2017
ސިހުރު ތިހާ ވަރުގަދައިއްޔާ ހުރިހާ ޓީމަކުން މޮޅު ކުޅުންތެރިން ކީއްކުރަން ސޮއެ ކުރަނީ !! މޮޅެތި ސިހިރު ވެރިންގެ ސޮއެ އެއްނު ހޯދަން ވީ !!
ރަދީފް
17 August 2017
މަރުހަބާ ރެއާލް. މަރުހަބާ ޒިދާން.
ރަދީފާ
17 August 2017
ބަލަ ރަދީފުގެ މެސީ ކިހިނެއްތަ މިހަދަނީ؟
ލޯންސްޓަރ
17 August 2017
އަދި ރަނގަޅުވާނެ. ކަލޭމެންގެ ރެއާލް ދާނެ ޗޮކުން މިސީޒަނުގަ. މަމެންގެ ޗެލްސީ މިސީޒަނުގަ ރަސްކަންކުރާނީ.
ރަދީފް
17 August 2017
ރަދީފާ. މެސީ ހަދާއެއްޗެއް އިނގޭނީ ހަމަ މެސީއަށް ދޯ. މަގުޅީމަ ވެސް އޭނަ ފޯނަކަށް ޖަވާބެއްނުދޭ. #ސާކަޒަމް
ރަދީފާ
17 August 2017
ހަހަހަހަ. ނެކްސްޓް ޖޯކް ޕްލީޒް
ރަދީފް
17 August 2017
މަބުނިން ވައިބަރުގަ ، ރަދީފާމެންގެ ރެއާލަށް މަރުހަބާގެ މެސެޖެއް ފޮނުވާށޭ. ދެންމެ ބުނި މެސެޖެއްގަ (sí) ، ޔައުނީ އެބުނީ ޔޭސް އޯ. ވ.ވެދުން
ކޯޗު
17 August 2017
ތިޔަކޯޗަކަށް ބާސާއަށް ކާމިޔާބެއް ހޯދައިދެވުން ދުރު.