މިލަންދޫ ގެއަކަށް ފެން ވަދެފައި. - ފޮޓޯ: މިލަންދޫ ކައުންސިލް
18 އޯގަސްޓް 2017 - 18:35
ށ. މިލަންދު އަށް ބޯކޮށް ވާރޭވެހި، ގިނަ ގެތަކަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ ފަތިހުން ފެށިގެން މިލަންދު އަށް ކުރަމުންދާ ވިއްސާރައިގައި 35 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގެ ހިފައި ގެންގުޅޭ ސާމާނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކާއި ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ދަނީ ރަށުގައި ހަރަކާތްތެރިވަމުން، ފެން ހިންދުމުގެ މަސައްކަތުގައި،" ޝިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން ދެ ފިހާރައަކަށް ފެން ވަދެ، ބައެއް މުދާތަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިލަންދޫ ރަށު ތެރޭގައި ފެން ބޮޑުވެފައި.- ފޮޓޯ: މިލަންދޫ ކައުންސިލް
"ފެނުގެ އަސަރުކޮށްގެން ގޭގެ އިން ހަލާކުވެދާނެ ބައެއް ތަކެތި އަޅުގަނޑުމެން ވާނީ ގޮސް، ރައްކާތެރި ތަންތަނަށް ބަދަލުކޮށްދީފައި،" ޝިޔާމް ވިދާޅުވި އެވެ.
މިލަންދޫގައި ބޮޑުވި ފެންގަނޑު ހިންދުމަށް ޕަމްޕް ޖަހައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިލަންދޫގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
19 August 2017
އަލުނަ މާކަނޑޫދޫ އަށް ދާން ފެންނަނީ
މަރިޔަމް
19 August 2017
ދަރިންނޭވެ. ތިޔަރަށުގެ ޙާލަށްޓަކާ ހަމްދަރުދީވަން .. މިފަދަ ކަންކަމުން އަޅުގަޑުމެންގެ މި ދިވެހި އުއްމަތާއި އެންމެހާ މުސްލިމުން ސަލާމަތްކުރައްވާށި އާމީން.
ސަމާހް އެންޑް ސޮބާހް
18 August 2017
ވެހޭތާ ފެންނަގަން އާދަކުރާށެވެ. އޭރުން އިރުވައިމޫސުމުގައި ފެނަށްޖެހިގެން އުޅޭކަށެއް ނުޖެހޭނެއެވެ.
ސަޅިބައިސާ
18 August 2017
ރޭ ފަތިހުން ފެށިގެން ވާރެއެއް ނުވެހޭ. ވާރޭ ވެހެންފެށީ ހެނދުނު އަށްގަޑި ފަަންސާސްް ފަހެއްގަ. ޙުއްޓާލީ މެންދުރު އެއްގަޑި ބައިގަ. މިލަންދޫގަ ދުއްވާ އެއްޗެހި ގިނަވީމަ މަގުތައް ހަރުވުމާ ގުޅިގެން ފެން ހިނދޭލެއް ލަސްވީމަ ފެން ބޮޑުވަނީ.
މެންޓަލިސްޓް
18 August 2017
މުސްތަގްބަލްގައި ގޭގެބިނާކުރާއިރު ފައުންޑޭޝަން ބިމަށްވުރެ ފޫޓެއްއުސްކޮއްލުން ބުއްދިވެރިވާރެ ،، އޭރުން ބޯކޮށް ވާރޭވެހޭހާފަހަރަކު ގޭތެރެއަކަށް ފެނެއްނުވަންނާނެ ،،،، ނޫނީ ރަށުގެ މަގުތަށް ފެންބޮޑުނުވާގޮތަަކަށް ޑިޒައިންކޮށް ޑްރެއިނޭޖް ނިޒާމެށް ގާއިމްކުރަންވީ ،،، އެނޫން ދާއިމީ ހައްލެށް ތިޔަކަމުގައި ނޯންނާނެ ،،، ވަރަށްވެދުން
އަތްފުނާ
18 August 2017
ތިފަދަ ކާރިސާތައް ދުނިޔޭގެ ހުރިހާ ގައުމުތަކަށްވެސް ކުރިމަތިވޭ.އެއްފަސްގަނޑަކުން ގުޅިފައިވާ ގައުމުތަކުގައި ވިލެޖުތަކުގައި ތިފަދައިން ގެތަކަށް ފެނުގެ އަސަރުތައްކުރޭ އަދި ޖަޒީރާ ގައުމުތަކުގައި ރައްފުށުގެ ގެތަކަށް ފެނުގެ އަސަރުތައްކުރޭ.މިކަންކަން ހައްލުކުރުމުގައި ފަރުދީ ޒިންމާތަކެއްވެސްވޭ.މިލަންދު ރަށުތެރެ ފެންބޮޑުވެ ރައްޔިތުންނަށް ގެއްލުން ލިބުނީމަ ކަންބޮޑުވޭ.