ޚަބަރު / މަރު

ލަވަކިޔުންތެރިޔާ އާތިފް އަވަހާރަވެއްޖެ

ލަވަކިޔުންތެރިޔާ އާތިފް.-- ފޮޓޯ: ޕީއެސްއެމް

20 އޯގަސްޓް 2017 - 13:51

73 comments

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.

ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، ސިފައިންގެ މޭޖާ އާތިފް، 52، އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އަދާކުރައްވަނީ ވެސް ހަނިމާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގެ އެންމެ އިސް ވެރިޔާގެ ގޮތުގަ އެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގަ އެވެ.

އެނގިފައިވާ ގޮތުގައި އާތިފް އަވަހާރަވެފައިވާ ކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ. ހަށިގަނޑު ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ސިއްހީ މަރުކަޒަށް ހަށިގަނޑު ގެންދިޔައިރު، އާތިފް އަވަހަރާވެފައިވާތާ ހައެއްކަ ގަޑިއިރުވެދާނެ ކަމަށެވެ.

މަޝްހޫރު ކޮޕްސް ބޭންޑްގެ އިސް ލަވަކިޔުންތެރިޔާގެ ގޮތުގައި އާތިފް ވިދާޅުވެފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޭނަން ހިތާ ޖާނާ..."، "ގެންދާށެ ވަޔާއޭ..."، "ޖޯޝޭ ގެނައިމީ ގައުމީ އުފާ..."، ހިންދީ ލަވަ "ޕާޕާ ކެހެތޭހޭ..."، ފަދަ ލަވަތައް ހިމެނެ އެވެ. އޭނާ އަކީ ވަރަށް ގިނަ ގައުމީ ލަވަތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.

އެންމެންނަށް ވެސް ޝޮކެއް

އާތިފަކީ ވަރަށް ގިނަ ރައްޓެހިން ތިބި، އަދި އާންމުންނާ ވެސް ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. ހާއްސަކޮށް މިއުޒިކް ކުރިއެރުވުމުގައި ސިފައިންގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވައި ސިފައިންގެ ތެރޭގައި ބޭންޑް ކުރިއަރުވަން އަމިއްލަ ގޮތުން ވެސް މަސައްކަތް ކުރެއްވި އެވެ. ވަރަށް ރީތި އަމިއްލަ ރާގުތައް އޭނާ ހެއްދެވި އެވެ. އޭގެ ތެރެއިން އެންމެ ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނަށް ކަމުދިޔަ "ގެންދާށެ ވަޔާއޭ..." އަކީ ބައެއް ލަވަކިޔުންތެރިން ސިފަ ކުރާ ގޮތުން "ފުރާނައާ ކުޅެލާ ކަހަލަ ރީތި" ރާގެކެވެ.

އާތިފްްގެ މަރުގެ ހަބަރު އެންމެންނަށް ވެސް ލިބުނީ ކުއްލިއަކަށެވެ. އެހެންވެ، އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ.

އަހުމަދު އާތިފް

"އަޅުގަނޑަށް ފުރަތަމަ އެނގުނީ އާތިފަށް ކޮންމެވެސް ގޮތެއް ވެގެން އުޅޭކަން. ދެން އަޅުގަނޑު ސީދާ ގުޅީ އާތިފްގެ ނަންބަރަށް. އެކަމަކު ފޯނެއް ނުނަންގަވާ. ދެން އޭގެ ފަހުން އަޅުގަނޑަށް އިވުނީ މި ހަބަރު،" ކޮޕްސް ބޭންޑުގައި އާތިފާ އެކު ވޯކަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި މަޥްހޫރު ލަވަކިޔުންތެރިޔާ ހުސެއިން އަލީ ބުންޏެވެ. "އާތިފަކީ އަޅުގަނޑާ އެކު ވަރަށް ގިނަ ދަތުރުތައް ކޮށް ވަރަށް ގިނަ މުބަރާތްތަކުގައި ވެސް އެކުގައި ޖަޖްކަން ކޮށް މިއުޒިކާއި ވަޒީފާގެ ދާއިރާގެ ގޮތުން ވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއް. ވަރަށް ގާތް ރަހުމަތްތެރިއެއް އަދި އަޅުގަނޑަށް ވަރަށް އެހީތެރިވެދެއްވި ބޭފުޅެއް."

ލަވަކިޔުންތެރިޔާ މުހަންމަދު އަބްދުލްޣަނީ ބުނީ އާތިފަކީ "އެންމެ ރީތި އެއް އަޑު" ކަމަށެވެ.

"ހަމަ ވަރަށް ބޮޑު ޝޮކެއްގައި މި ހުރީ އެ ހަބަރާ އެކު. އާތިފަކީ މިއުޒިކަށް ޝައުގުވެރިކަން ހުރި މިއުޒީޝަނުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވި ބޭފުޅެއް."

މިއުޒިކް ޑައިރެކްޓަރު އިބްރާހިމް އަލީ (ކުޑައިއްބެ) ބުނީ އާތިފް ދޫކޮށްލެއްވި އަމިއްލަ ރާގުތަކަކީ އެއާ ވަކިވެވެން ނެތް ރީތި މިއުޒިކްތަކެއް ކަމަށެވެ.

"މިސާލަކަށް ގެންދާށެ ވަޔާއޭ ކަހަލަ ރާގުތަކަކީ ރާއްޖެއިން އަޅުގަނޑު އެހި ހަމަ އެންމެ ރީތި ރާގު. އާތިފް ސާ އަކީ އާދަޔާ ޙިލާފު ރީތި އަޑެއްގެ ވެރިއެއް. އަޅުގަނޑުމެންނަށް އެ ގެއްލުނީ ވަރަށް ގާތް ރަހުމަތްތެރިއެއް. އަދި އެހާމެ ހުނަރުވެރި ބޭފުޅެއް،" އިއްބެ ބުންޏެވެ.

The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނާ

20 August 2017

މިފަދަ މަރުތަކަކީ ޤުދުރަތީ މަރެއްކަން ޝައްކެއް ނެތް މިންވަރަށް ތަޙުޤީކުކުރަންޖެހޭ. ނޫންނަމަ ހިތްތަކުގައި ޝައްކާއި ވވަހުމް ތައް އިތުރުވެގެންދާނެ. ކޮނމެ އިންސާނަކީވެސް މަރުގެ ރަހަ ދޭކޭނެ ނަފްސެއް. ނަމަވެސް ދިގު ޢުމުރަކީ ރަޙްމަތެއް. އެހެންކަމުން ކުއްލިމަރުތަކަކީ ސަމާލުވާންޖެހޭ ކަމެއް ދީނީ ގޮތުންނާއި ބުއްދީގެ ގޮތުން، އަދި ދުނިޔަވީ ގޮތުން. ޢާތިފްގެ ފުރާނައަށް ރަޙްމަތް ލައްވާ މަތިވެރި މަޤާމްގައި ލައްވާށި.

The name is already taken The name is available. Register?

އާތި

20 August 2017

އާތިފް (އާތި) އަކީ ވަރަށް ހިތްހެޔޮ ބޭފުޅެއް. އެމަރްހޫމް އަށް ސުވަރުގެ މިންވަރު ކުރައްވާށި. އާމީން

The name is already taken The name is available. Register?

އަތްފުނާ

20 August 2017

އާތިފު މަށްހޫރުވެގެން ދިޔައީ ސިފައިންގެ ޑުރާމަތަކަށް ކިޔާފައި ހުރި ހިއްގައިމު ލަވަތަކުން.އެއީ އޭނަ މީހުންގެ މެދުގައި މަގުބޫލު ކުރި އެއްޗަކީ.މިހާރު އެދިޔާއި އަހަރެމެންނާ ވަކިވެގެން.އޭނަގެ ފުރާނައަށް ހެޔޮރަހުމަތް ލައްވާށި ، އާމީން

The name is already taken The name is available. Register?

ދޮންދީނި

20 August 2017

ކުއްލިއަކަށް މަރުވާ މީހުންގެ މަރުވި ސަބަބު ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކުރާނީ ދ.ފެކްޝަނުގެ އިސްމީހަކު މަރުވީމަތަ....

The name is already taken The name is available. Register?

ޢަމީން

20 August 2017

ޢެސެޓް އެއް

The name is already taken The name is available. Register?

މަރޭ

20 August 2017

ވަރަށްހެޔޮބޭފުޅެކެވެ

The name is already taken The name is available. Register?

ޜަންދެލި

20 August 2017

نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ރަޝީދު

20 August 2017

نَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ހުއްބުލްވަތަން

20 August 2017

‏إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ މިހާރަކަށް އައިސް ގޮތްނޭންގޭ ގޮތަށް ދުނިޔެދޫކުރައްވާ ހައި ޕްރޮފައިލް ބޭފުޅުންގެ ނިސްބަތް ވަރަށް މަތިކަަމަށް ދަންނަވަންޖެހޭ. ޖަސްޓް ސޭއިން. އާއިލާއަށް ކެއްތެރިކަން ދެއްވާ މަރުހޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން!

The name is already taken The name is available. Register?

މޫތު

20 August 2017

މަރުހޫމްގެ ފުރާނަފުޅަށްސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވާށި.އަދި އާއިލާއަށް ކެއްތެރިކަންލައްވާށިއެވެ. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454