މަޖިލިހުގެ ރައީސް މަސީހް މިއަދުގެ ޖަލްސާ ކުރިއަށް ގެންދާއިރު، އޭނާގެ ކުރިމަތީގައި ސިފައިންތަކެއް އެތުރިގެން.
22 އޯގަސްޓް 2017 - 14:52
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ދެކޮޅުހެދުންތަކާ އެކު، ސިފައިންގެ "ފާރަ"ކާ އެކު ޖަލްސާ ބާއްވައި ނިންމާލައިފި އެވެ.
މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ޗެމްބަރު ތެރެއަށް ތިރީހަކަށް ސިފައިން މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީގައި އަތުރާލި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހަންމަދުގެ މޭޒުކޮޅު ކައިރީގައި ވެސް ސިފައިން ތިއްބެވެ. އަދި އިދާރީ މޭޒު ކުރިމަތިން މެމްބަރުންނަށް ރިޔާސަތު ވެސް ނުފެންނަހެން ސިފައިން ފާރެއް ހަދައިގެން ތިއްބެވެ. އެންމެ ފަހުން، މިދިޔަ މަހުގެ 31 ގައި އޮތް ޖަލްސާ ވެސް ބޭއްވީ މިކަހަލަ ގޮތަކަށެވެ.
ސިފައިން ޗެމްބަރު ތެރޭގައި ތިއްބެވުމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ މިއީ ވެސް މެމްބަރުންތޯ އައްސަވައިފަ އެވެ. އަދި ސިފައިން ފެނުމާ އެކު އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ވިދާޅުވެވުނީ ޝަހާދަތުގެ ދެކަލިމަ އެވެ.
ވަކިވަކި ސިފައިން ކައިރި އަށް އަށް ހުއްޓި ވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ސަމާސާ ރާގަކަށް އެއީ އެކި ދާއިރާތަކަށް ނިސްބަތްވާ "މެމްބަރުން" ކަމަށް ވިދާޅުވެފަ އެވެ. އީވާ ވިދާޅުވި ގޮތުގައި ސިފައިންނަކީ، މިހާރު ތިއްބެވި މެމްބަރުންނަށް ނޭނގި، ކޮންމެވެސް އިންތިހާބަކުން ހޮވުނު ބައެކެވެ.
"މިއީކީ ބަނޑޭރި ކޮއްޓެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިއީ އަޅުގަނޑުމެން [މެމްބަރުން] ވަންނަން ހަދާފައި ހުރި ތަނެއް. ތިޔަބޭފުޅުންނަށް ހަދާފައި އޮތް ތަނެއް ނޫން. ސިފައިންގެ ދައުރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތިބުމެއް ނޫން. މިއީ މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ބާރު ހިނގާ ތަނެއް ނޫން،" އީވާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި ސިފައިން ވަންނަން ޖެހޭ ހިސާބަކީ މަޖިލީހުގެ ރައީސް، މެމްބަރެއްގެ ނަން އިއްވެވުމަށްފަހު، އެ މެމްބަރަކު ނުނިކުމެއްޖެނަމަ، އެ މެމްބަރަކު މަޖިލީހުގެ ޗެމްބަރަކު ނެރުމަށް ކަމަށެވެ. އޭގެ ކުރިން މަޖިލީހަށް ސިފައިން ވަނުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި މެމްބަރެއްގެ ނަން އިއްވައިފިތޯ މަހުލޫފު އެއްސެވި އެވެ. އެތުރިގެން ތިބި ސިފައިންގެ އެކަކު ވެސް އެއްޗެކޭ ނުބުނެ އެވެ.
މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން ބޭއްވި ޖަލްސާގައި އިދިިކޮޅު މެމްބަރުން ޗެމްބަރުގައި ވަރަށް ބޮޑަށް އަޑުގަދަ ކުރައްވައިފަ އެވެ. އަދި ސިފައިންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ކުރިމަތިލުންތަކެއް ހިނގި ތަން ފެނިގެން ދިޔަ އެވެ. އެ ކުރިމަތިލުންތަކުގެ ތެރެއިން މަހްލޫފް ވިދާޅުވީ "އަނިޔާ ކުރަން ނުޖެހޭ" ކަމަށާއި "އަޅުގަނޑުމެން އައިސް މިތިބީ ޖަލްސާ"ގައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ރިޔާސަތުގައި މިއަދު ވެސް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. މަސީހު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ އެބޭފުޅުން ގަބޫލުކުރައްވަ އެވެ.
މަޖިލީހުގެ ޖަލްސާގައި ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
ޖަލްސާ ނިންމަވާލައްވާފައި ސިފައިންގެ ހިމާޔަތުގައި މަސީހު ކޮޓަރިކޮޅަށް ވަޑައިގަތް ވަގުތު އިދިކޮޅު މެމްބަރުން ވަނީ މަސީހަކީ "ފޭރޭ" ބޭފުޅެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ބޮޑަށް އެއްޗެހި ކީ ތަން ވެސް ފެނުނެވެ. އަދި 45 މެމްބަރުން ސޮއިކުރެއްވީމަ، "މަސީހުގެ ލަދު ކޮބައިތޯ" މަހްލޫފް އެއްސެވި އެވެ. ނަމަވެސް މަސީހް، ހިނިތުންވެވަޑައިގަތުން ފިޔަވައި އެއްވެސް އެއްޗެއް ޖަވާބުގައި ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
22 August 2017
ހައިރާންވޭ ތިޔަތަނަށް ވަންނާނެ ސިފައިން މިދިވެހި ފަސްގަޑުން ލިބޭތީ. އަޤީދާ ހަމަ ބަލިކަށީ.
ޢަބްދުﷲ ވަހީދު
22 August 2017
ދިވެހި ތާރީހުގައި ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުންކުރިމަތި ލައި އެފަދަ ގޮތްތަކަށް އަބަދު މުހާތަބުކުރަން ޖެހުމަކީ ލަދުވެތި އަދި ސިފައިންނަށް ކުރަންވީ ގަދަރު ނެތިގެންދާނެ ކަމެކެވެ. ހަގީގަތުގައިވެސް ދެރަވެ ލަދުވެތިވެއެވެ. މަޖިލިސް ޖަލްސާތައް ސިފައިންނާއި ނުލައި ބޭއްވެނެޖެހެއެވެ އަދި ނިޒާމް ގެއްލުމުން އެކަން ރިވެތި އުސޫލުން ހަމަޖެއްސުމުގެ ގާބިލްކަން ރައީސްގެ ކިބައިގައި ހުންނަންޖހެއެވެ އެކަން 2009 ވަނަ ހޮވުނު މަޖިލިސް ރައީސް ވަނީ ދައްކައި ދީފައެވެ.މިހާރު މަޖިލިސްތެރޭގައި ހިނގާކަންކަމަށް ސިފައިން ނޫނެކޭބުން އެެޢީ ދިވެހި ސިފައިންގެ ގަދަރު ހިފެހެއްޓުމަށް ކުރަންޖެހޭ ކަމެކެވެ.
އަލީ!
22 August 2017
އިތުބާރު ނެތް މީހަކު ގަދަކަމުން ރިޔާސަތުގައި އެއިންނަނީ.. މިއީ ދިވެހި ތާރީހުގައިވެސް ނުވާކަމެއް.
އަތްފުނާ
22 August 2017
އިދިކޮޅު ފަރާތްތަކުން މަސީހު ބޭރުކޮށްލަން އުޅެނީ ކޮންމެހެން އޭނާ ފީކަޅާވެގެންނެއްނު.ބޭނުންވަނީ އިދިކޮޅު ފަރާތަކުން ބޭނުންވާ މިހަކު މަޖިލީހުގެ ރައީސަ ކަމަށް ލައިފައި ރައީސް ޔާމީނުގެ ވެރިކަން ވައްޓާލާން.އިދިކޮޅު މީހުންގެ އަމަލުތައް ވަރަށް ސާފު
ބަތޫކް
22 August 2017
އެގިފައި އޮތީ މަސީހުއަކީ ގައިރުގާނޫނާއި ހިލާފަތް މަޖުލީހަށްވަދެގެން އުޅޭމީހެއް. މަސީހުއަކީ އެތާހުރެގެންކުރާކޮންމެ ކަމަކީ ގައިރުގާނޫނީކަންކަންކަން، މަސީހަކީ އެތާގެިން ރައީސެއްނަމަ މަޖުލީހުގެ މެންބަރުނަށްވުރެ ގިންސިފައިންގެމީހުން އެތަނަށްވައްދައިގެން ބަދަބާރުންކަންކުރުމަކީވެސް އޭނައަކީ ގައިރުގާނޫނީމީހެއްނޫންކަން ދައްކުވައިދޭކަމެއް
ހަސަނު
22 August 2017
މިއަދު ވެސް ސިފައިން ތިބީ ދުޝްމަނުންނާ ދެކޮޅަށް މޭ އައްޑަނަ އަށް ހަދައިގެން... ދުޝްމަނުން ދީފާނެ ހަމަލާ އަކުން ތިމާމެންގެ ވަޒީފާ އާ މުސާރަ ހިމާޔަތް ކުރަން އަމިއްލަ ނަފްސަށް ތެދުވެރިކަމާއެކު
އަހްމަދު
22 August 2017
ސިފައިން ގެ ހަޔާތްކޮބާ. ޤާނޫނާ ޚިލާފަށް ސިފައިންކަމަކު އުޅެގެން ނުވާނެ. ދެން އަހަރުމެއް ސިފައިން ގެ އަމުރައް ކިޔަމަން ވާން ޖެހޭނެތަ.
ތފފފފފފފެައަލީއަލީ
22 August 2017
މީގަ ބަލަން ޖެހޭނީ ކޮންފަޅިއެއްގަ ތިބި މެމްބަރުންނަކަށް ތޯ ގިނައިން ވޯޓު ލިބިފަ ހުރީ އެއެއް ބަލާފަ އެމީހުން ބޭނުން ވާގޮތަށް ފާސް ކުރަނީ.....
ހަންބެޔއާ ހަން4
22 August 2017
ކޮބާ ހީވޭތަ ކަމެކޭ؟؟؟ ތިޔަބޭއްވީ ޖަލްސާތޯ ނޫނީ މިލިޓަރީ ޑރިލް އެއްތޯ؟؟/ ސާބަސް މަސީހަށް. ތިއޮތީވާ މަގާމެއް... ހިފައްޓާތި ބާރަށް، ނޫނީ ވެއްޓޭއިރު މާބޮޑަށް އަނިޔާވެދާނެ.
ރަދީފް
22 August 2017
މަސީހްގެ ލަދުކޮބާ؟؟