ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ބައެއް މީހުން މައްކާގައި.---މިހާރު ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު
24 އޯގަސްޓް 2017 - 10:41
ސައޫދީ ސަރުކާރުން އެންމެ ފަހު ވަގުތު، ރާއްޖެ އަށް އިތުރުކޮށްދިން 1،000 ކޯޓާ އަށް މީހުން ހައްޖަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެ 500 ޖާގަ ބާކީވެއްޖެ އެވެ.
ވޭތުވެދިޔަ ތިން އަހަރު ރާއްޖެ އަށް ޖުމްލަ 2،000 ކޯޓާ ދެމުން އައި ނަމަވެސް ރާއްޖެ އަށް މި އަހަރު ކަނޑައަޅާފައި އޮތީ 1،000 ކޯޓާ އެވެ. އިތުރު 1،000 ކޯޓާ ރާއްޖެ އަށް ދިނީ މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުން މައްކާގައި ތިއްބަ އެވެ.
ފަހު ވަގުތު ދިން ކޯޓާ އިން ހައްޖު ކޯޕަރޭޝަނަށް 500 ޖާގަ ދިނުމުން، އެ ޖާގަ އަށް މީހުން ގެންދަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެނގިފައިވާ ގޮތުގައި ބާކީވި 500 ޖާގަ އަކީ ރައީސް އޮފީހުން ހަވާލުވި 500 ޖާގަ އެވެ. އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހުން ފުރަތަމަ އުޅުނީ އެ 500 ޖާގަ، މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ހުއްދަ ދިން ތިން ކުންފުންޏާ ހަވާލުކުރާށެވެ.
އެކަމަކު ވަގުތު ކުޑަތަންވެފައި އޮތުމުން އިންތިޒާމްތައް ހަމަޖެއްސުމުގައި އެ ކުންފުނިތަކަށް ދަތިތަކެއް ކުރިމަތިވާނެތީ، އެއްވެސް ކުންފުންޏަކުން އެ ޖާގައާ ހަވާލެއް ނުވި އެވެ. އެހެންވެ ސަރުކާރުން އެ 500 ޖާގަ ވެސް ފަހުން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.
އެ ކުންފުނީގެ ހަވާލުގައި މިހާރު ވެސް 700 މީހުން ހައްޖަށް ގޮސް މައްކާގައި އެބަތިއްބެވެ. އޭގެއިތުރުން 1،000 މީހުން ގެންދިއުމަކީ ކުއްލިއަކަށް ހަމަޖެއްސޭނެ ކަމަށް ނުވާތީ ހައްޖު ކޯޕަރޭޝަނުގެ ބޯޑުން ނިންމީ އެ ޖާގައާ ހަވާލު ނުވުމަށެވެ. އެހެންވެ ޖާގަތައް މިހާރު ވަނީ ބާކީވެފަ އެވެ.
މި މައްސަލާގައި ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ގެންދަން މި އަހަރު ހުއްދަ ލިބުނު ހަރަމައިން ކުންފުނީގެ މީޑިއާ އޮފިޝަލް މުހައްމަދު އަފްޒަލް ވިދާޅުވީ އިތުރު ކޯޓާ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އެ ކުންފުންޏަށް ލިބުނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މައްކާ އިން ހޮޓާ ހަމަޖައްސައި އެހެން އިންތިޒާމްތަކާ އެކު މީހުން ގެންދަން ދައްޗެއް ނެތް ކަަަމަށް ވިދާޅުވި އެވެ.
"އެކަމަކު ހައްޖުވެރިން މައްކާއަށް އަރަންޖެހޭ އެންމެ ފަހު ތާރީހާ ދެމެދު ބާކީ އޮތީ އެންމެ ފަސް ދުވަސް. އެހާ ކުރު މުއްދަތެއްގެ ތެރޭގައި މާލެ އިން ހަމަޖައްސަން ޖެހޭ ގިނަ ކަންތައް ހަމަޖެއްސޭކަށް ނެތް. ބައެއްގެ އަތުން ފައިސާ ނަގާފައި ނުގެންދެވިއްޖިއްޔާ އެއީ މާބޮޑު ގެއްލުމަކަށް ވާނެ،" އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިސާ ޖެހުމާއި ފްލައިޓް ހަމަޖެއްސުން އަދި ވެކްސިން ޖެހުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަން ފަސް ދުވަހުގެ ތެރޭގައި ނުނިންމޭނެ އެވެ. އިތުރު މީހުންނާ ހަވާލު ނުވާން ނިންމީ މިި ދަތިތައް ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް މި އަހަރު ފުރަތަމަ ހަމަޖައްސައިދިން 1،000 ކޯޓާގެ ތެރެއިން 700 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ 300 ކޯޓާ ދިނީ ސިސިލްފަރާއި ޒައީމާ އާއި ހަރަމައިން ކުންފުންޏަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަރުޖަމާނު
29 August 2017
ރައީސް އޮފީހަށް ލިބުނު 500 މީހުންގެ ކޯޓާ ހަމަނުޖެހުނީ އެއޮފީހުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ދުއްތުރާ ކުރުމުގައި އަވަދިނެތި އުޅުމުގެ ސަބަބުން ކަމަށް ބެލެވޭ.
ނެޝަނަލިސްޓް
25 August 2017
ދެރަކަމެއް! ނަމަވެސް އެހާކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިންތިޒާމްތައް ހަމަޖައްސަން ދަތިވާނެ!
އަހްމަދު
24 August 2017
ފ އަތޮޅު ނުދިނީމަ ދިވެހިންނަށް ލަނޑެއް ދިނީނޫންބާ.
މުނާ
24 August 2017
ތިޔަ ކޯޓާ ބަހައްޓާ އަދި ފަސްދުވަސް ވަންދެން ރައީސް އޮފީސް ޖީބުގަ.
އިބޫ
24 August 2017
ކޮންމެހެން މިހަރު ހުއްދަ އޮތް ޕާޓީ ނޫނަސް މިކަން ކުރެވެނެ މީހުން ތިބޭނެ ދޯ... ޢޯޕނަް ކޮށްލިނަމަ އިތުރު ޕާޓީ ތައް އައީސްދޯ ހިޔަލީގެ ގްރޫޕަށްތަ އަނެއްކާވެސް ދޭން ޖެހެނީ
މީމުހާ
24 August 2017
ދެން އަތްޖަހާ ބާރަށް އަތްޖަހާ!!
އަހުމަދު
24 August 2017
"އެކަމަކު ވަގުތު ކުޑަތަންވެފައި އޮތުމުން އިންތިޒާމްތައް ހަމަޖެއްސުމުގައި އެ ކުންފުނިތަކަށް ދަތިތަކެއް ކުރިމަތިވާނެތީ، އެއްވެސް ކުންފުންޏަކުން އެ ޖާގައާ ހަވާލެއް ނުވި އެވެ." ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރޭން ކޮރަޕްޝަނުން ހޯދާ ޖާގައިގަ މީހުން ނުގޮސްފާނެތީ ކުންފުނިތަކުން ނުހޯދީ. އުމުރު ދުވަހު އެއްކުރާ ފައިސާ ހޭދަކުރަން ގިނަ މީހުން ބޭނުންވާނީ ސައްހަ ދަތުރަކަށް.
ހެސް . ކިޔާފަދޯ
24 August 2017
ދެން ކީއްކުރާނީ ދީ ، އެކަމަކު 2016 ގައި ކޮންމެސް ޕާޓީއަކުން ކެނޑިގެން އެހެން ޕާޓީއަކާ ގުޅިފައިވާ ޢާއިލާއެއްގެ ބަޔަކު، ހައްޖަށްދާންވެގެން މިއަހަރު ޝައުބާންމަހު ފައިސާ ދެއްކީމާ ހަމަކުއްކިޔަކަށް އެއާއިލާއަށް ދެވޭގޮތްވެ އެމީހުން ފުރުވާލެވޭނެގޮތްވެސް ހަމަ ދިމާވީވިއްޔަ ދޯ . އެހެންވީމާ އެމީހުންއެ ފޮނުވާދެއްވީ ރައީސް އޮފީހުގެ ޙާއްޞަ އެހީއެއް ލިބިގެންކަމަށް މި ބެލެވެނީ . ދެއްތޯ؟ އަދި އެކަމަކު ނުފުރާކަމަށް ވަނީ . ދެން ދެވޭގޮތް ވީތާ ދީ ،
ކުޑޭ
24 August 2017
ތިކަން ހައްލުވީސް އެ ފައުންޑޭސަނާ ހަވާލުކުރިނަމަ
ވަޒަންބެ
24 August 2017
މެޑަމް ބޭނުން ބަޔަކަށް ބަހާލާ.
ސާދާސީދާ
24 August 2017
ބެހިޔަސް ނުވާނެ. ޙައްޖުކުރަން މީހުން ނިންމަންވީ ޙައްޖު ދުވަހަަށް 1 ހަފުތާއަށް ވީމަތޯ؟