އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބޫ: ގާސިމަށް ހުކުމްކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
25 އޯގަސްޓް 2017 - 17:08
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލިޔަސް އިދިކޮޅު ސިޔާސީ ލީޑަރުން ހުސްވާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގާސިމަށް ހުކުމްކުރީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށާއި އެއީ އޭގެ މަގްސަދަކީ ސިޔާސީ ހަރަކާތްތަކުން ގާސިމް ދުރުކުރުން ކަމަށެވެ. އެކަމަކު އެ ހުކުމް ކުރިޔަސް އިދިކޮޅު ލީޑަރުން ހުސް ނުުވާނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ރައީސް ޔާމީން ގަބޫލު ކުރައްވައިގެން ނުވާނެ ލީޑަޝިޕް ހުސްވެދާނެ ކަމަށް. އެހެންހީވާ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ގޯހެއް. އެއް ބަޔަކު ނެތިއްޔާ އަބަދުވެސް އަނެއް ބަޔަކު ތިބޭނެ. ދެން ނިކުންނަން ޖެހިއްޖެއްޔާ ނިކުންނާނެ ބޭފުޅުން މިތިއްބެވީ،" ކައިރީގައި ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް ކުރި އެ ހުކުމާ އެކު، އޭނާ އަދާ ކުރައްްވަމުން ގެންދަވާ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ހުސްވީ އެވެ. އެކަމަކު އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވޭނީ އެ ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚައްޖަ
26 August 2017
ބަލައެއީ އެމްޑީޕީ ކުދިން ބޭނުންވާގޮތް ވީމަ އިބޫ އެހެން އެބުނީ އެމީހުންމަކަރުން ޔާނުލައްވާ މީހުން ޖަލައް އެލަނީ މިހާރު ރީދޫ ކުދިން އަތްޖަހާފަހޭނެ
ކާފަ
26 August 2017
ގާސިމް ޖަލަށްލާން ހުކުމް ކުރީމަ ދެރަވޭ. އެކަމަކު މިހިނގާ ތަރައްގީއަށްވެސް ހާދަ ތާއީދެއް ކުރެވެޔޭ. ދެން ކިހިނެއްތަ މަ ވޯޓްދޭންވީ.
ހުސޭނުބެ
26 August 2017
ލީޑަރުންނެއްނޫން!!! ރޯނުއެދުރުން!!! އެކަހަލަ މީހުން ހުހެއްނުވާނެ!!
ޢަލިބޭ
26 August 2017
ތި ހެނީ އެއްކޮލުން. ހިތުގައިއޮތީ މިވީ ހާދަ ރަނގަޅުކަމެކޭ. ބާޣީންގެ އެކަކު ދުއްވާލެވުނީއޭ. އަދިވެސް އެބައުޅޭ. މާހެޔޮ އެދޭބަޔަކަށް ވެގެން ތިއުޅެނީ އެމީހުންވެސް ޖަލަށްލާންވެގެން. އަދި އެބަހުރި ޒިޔާޒް އޭނާ ޖަލަށް ލީމާ ހަމަވާނެ. ނޫން އަދި ޖަމީލުކަލޭގެ ހުންނާނެ.ދޯ. ކުރިންބުނެފަ އޮތީ ހުރިހައި ބާޣީން ޖަލަށް ލާނެކަމަށް. ތއީ ހިންދީފިލްމުގައިވެސް ވާގޮތެއް.
މާމިގިލީ ހޮޅުއަށި
26 August 2017
މާމިގިލި ގޮނޑިއަކީ އަބަދުވެސް ގާސިމްގެ ގޮނޑިއެއް. ޕިންކް ކުލައިގެ މީހުން ކަށިން ދިޔަ ފެލުނަސް އެގޮނޑި ޕިންކު ކުލަޔަށް ބަދަލެއް ނުކުރެވޭނެ. މިއީ ލައްކަ ވާހަކަ.
ޢަލިބޭ
26 August 2017
މާމިގިލީ ގޮނޑިއަކީ މާމިގިލީ ރައްޔިތުންގެ ގޮނޑިއެއް އެ ގޮނޑި ދެންވެސް ދޭނީ ރައްޔިތުން ބޭނުންވާ މީހަކަށް. ވަރަށް ސަލާމް
ނައްރީތި
26 August 2017
ދެން ޖެހޭނީ މިކަލޭގެ ނަމްބަރާ! ތިހިރީ ފޭލި ވެފަ!
ކޯކް
26 August 2017
ޢިބޫ ތިބުނީ ގާސިމް ޖަލަށް ލިޔަސް އޯކޭއޭ. ޢަދިވެސް މީހުން އެބަތިއްބޭދޯ.
އަލީ ނަސީރު
26 August 2017
ބަލަ، ތިއީވެސް މައްސަލަ އެއް ނޫނޭ. ދެންވެސް ބޯހިއްލާ ލާ މީހަކު ކޮށާލީމަ ނިމުނީނު! އަޖައިބުހީވޭ.
މަބޫ
25 August 2017
އިބޫގެ ތިވާހަކައިން ހީވަނީ އިބޫ ބޭނުންވާގޮތްވީހެން.
މެންޓަލިސްޓް
25 August 2017
އަސްލުއިދިކޮޅު ލީޑަރުންގެ ބަސްމޮށުންހުންނާންވާނީ ،،، ގާސިމްއެއް ޖަލަކުނުބެހެއްޓޭނޭ ،،، ތިމަންނާވެން އޭނާ މިނިވަންކުރާނަމޭ ،، ސިޔާސީ ހުކުމްކުރުން މިގައުމުން ނިންމާނަމޭ ،،، މީނޫންތޯ ދައްކަންވީ ވާހަކައަކީ ،،، ކުރަންވީކަމަކީ އިސްތިއުނާފްކުރުމާޢި ބޭރުގެ ޖަމިއްޔާތަކާއި އަމާލްކުލޫނީއާޢި ޖޯޖްކުލޫނީއާޢި އާރނޯލްޑްއާޢި ވިލްސްމިތްއާޢި ޓޮމްހޭންކްސްާޢި މެޑޯނާޢާއި ޕިޓްުބުލްގެނެސް ގާސިމްގެ ލޯޔަރުންނަށް ހަމަޖައްސަންވީނޫންތޯ ؟؟ އޭޜުންނޫންތޯ ޕަބްލިސިޓީ ލިބި އޭނާގައިގައި ބޭރުން އަޅައިގަނެ ނުނެއްޓީގެން އެންމެފަހުން ދޫވާނީ ،،،، ވަރަށްވެދުން