ދިވެހީންތަކެއް ހައްޖުގެ އަޅުަކަމުގައި: ހާލުގައި ޖެހުނު ހަތަރު ދިވެހީންނާ ހައްޖު ކޯޕަރޭޝަނުން ވަނީ ހަވާލުވެފައި.-- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު/ މިހާރު
26 އޯގަސްޓް 2017 - 13:42
ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވި މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ހައްޖުގެ އަޅުކަމަށް މިދިޔަ ބުރާސްފަތި ދުވަހު މައްކާ އަށް ދިޔަ ދެމަފިރިއަކާ އުމުރުން ދުވަސްވީ ދެ މީހަކު ހާލުގައި ޖެހުމުން، އެމީހުންގެ ކަންކަމާ ހައްޖު ކޯޕަރޭޝަނުން ވަނީ ހަވާލުވެފަ އެވެ. އެމީހުންނަށް ސައުދީއަށް ދެވުނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނަމުގައި ވިސާ ޖަހާފައި އޮތުމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވި އެކަން ހިނގާދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓު އެ މިނިސްޓްރީ އަށް ފޮނުވުމަށް ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނަށް އަންގާފައިވާނެ ކަމަށެވެ. އަދި މާދަމާ އެ ރިޕޯޓު ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ހަތަރު ދިވެހިން ހައްޖަށް ގެންދިއުމުގެ ކަންތައްތައް ބެލުމަށް ފަހު އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އަޅާނެ އެވެ.
"މިވަގުތު އެނގޭ އެއްޗަކީ އެއީ ރާއްޖެ އަށް ލިބުނު 1،000 ކޯޓާގެ ތެރެއިން، މިއަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ އެއްވެސް ކުންފުންޏެއްގެ ކޯޓާގެ ތެރެއިން ގޮސް ތިބި ބައެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ.
ދިވެހި ހައްޖު މިޝަންގެ ރައީސް އިބްރާހިމް އަހުމަދު ވިދާޅުވި ގޮތުގައި ހަތަރު ދިވެއްސެއްގެ އަތުން ފައިސާ ނެގި މީހާ، އެ މީހުން ސައުދީއަށް ފޮނުވީ ވެސް ހުންނާނެ ތަނެއް ހަމަ ނުޖައްސަ އެވެ.
ދެމަފިރިންނާ ހަވާލާދީ އިބްރާހިމް ވިދާޅުވީ އެ ދެ މީހުންގެ އަތުން 70،000ރ. ނެގި ކަމަށާއި އެކަން ކުރީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ އެވެ. އަދި ހައްޖަށް ދެވޭނެ ކަމުގެ ލިޔުން ވެސް ނަސްރުﷲ ދިން ކަމަށް، އެ ދެމަފިރިންނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު ހައްޖަށް މީހުން ގެންދާނެ ކަމަށް ބުނެ މަލީޝާ ހައްޖު ޖަމާއަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައެއް ފެންމަތިވި އެވެ. ދުއިސައްތައެއްހާ މީހުންގެ އަތުން 11.9 މިލިއަން ރުފިޔާ ނެގުމަށް ފަހު އެ ކުންފުނީގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފު (މާލް) ފިލައިގެން ލަންކާގައި އުޅެނިކޮށް ހައްޔަރުކޮށް ވަނީ ރާއްޖެ ގެނެސްފަ އެވެ.
އެ މައްސަލަ އަދި ވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.
މަލިޝާ އިން ފައިސާ ނެގި މީހުން ފަހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރަދުގަ އެވެ.
ހައްޖަށް މީހުން ގެންދިއުމުގައި މަކަރާއި ހީލަތުން ފައިސާ ނަގަމުންދާތީ، އެކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް 2014 ވަނަ އަހަރު ސަރުކާރުން ހައްޖު ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް ވެސް އުފެއްދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
27 August 2017
2012 ގަ ހިނގި މަލީޝާ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާ ގަޔޯ ... ރާއްޖޭގެ އިންސާފް. ދެން އަތް ޖަހާ ....
ާކަނބުލޮ
27 August 2017
މީހެއްގެ އަބުރުކަތި ލުމަކީ ވަރަށްފަސޭހަ ކަމެއް. އެއްވެސް މީހަކު ކަމުގެ ދެކޮޅުނުބަލަ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއްނޫން.
ޥަޒީރު
27 August 2017
ނަސްރުﷲ މެން ކޮށްފަ ނުކުރާނެ ކަމެއް ނޯވޭ ، ވާނީވެސް އެހެން ، ރުފިޔާ ހުރިހާ އެއްޗަކަށްވީމަ
އދ
27 August 2017
ތަޚްތާ ނުކުޅެންޏާ އޯކޭ.
މަވަރެއްނެތް
26 August 2017
މިފަހަކަށް އައިސް ހައްޖު އުމްރާ ފަދަ މަތިވެރިި އަޅުކަމަށް މީހުން ގެންދިއުމުގައި ވެސް މިދަނީ މަކަރާއި ހީލަތް ހަދަމުން. އަދި މިފަދަ ކަންކަމުގައި ދައުލަތުގެ އިސްލާމީ ކަންކަމާ ގުޅޭ ފަރާތްތަކަށް ކުރެވޭ އިޝާރާތްވެސް މަދެއްނުން. އަދި މިފަދަ ކޮންމެ ފަހަރަކު ސަރުކާރުން ހާލުގައި ޖެހޭ މީހުން ދައުލަތުގެ ޚަރަދުގައި ހައްޖަށާއި އުމްރާއަށް ފޮނުވާ އަދި ދަތިތަކުން ފިލުވުމުން ނުސީދާގޮތުން މިކަމަށް ތަރްހީބު ދެވޭ. މިފަދަ ކަންކަން ކުރާ ފަރުދުންނާއި، ކުންފުނިތަކާޢި އަދި ކުްނފުނި ތަކުގެ އިސްވެރިން ބްލެކްލިސްޓް ކޮށް އޮންލައިނުން އެންމެނަށް ފެންނަގޮތަށް 10 ވަރަކަށް އަހަރު ބެހެއްޓުމުން އިސާހިތަކު ހުއްޓިވިދާނެ.
ސޮރު
26 August 2017
ތިކަމުގައި ކުއްވެރިވާނީ އެއްމެ ފަހުން ތިދެމީހުން ތޯއްޗެއް..
ދަނޑިފުޅު ދޫނި
26 August 2017
ކޮންކަމަކުންތޯ މަކަރާ ޙީލަތް ނުހަދާނީ
ޒެޑްސް 1
26 August 2017
ސައޫދީ އަރާބިޔާ އިން އެއޮތީ އެ ގައުމަށް އެތެރެވާން ވިސާ ދީފަ. އެ 4 މީހުން ނަށް ވިސާ ދިނީ ރާއްޖެއަށް ދިން ހައްޖު ކޯޓާ އިން ބޭރުން. ދެން އެމީހުން ސައޫދީ އަރަބިއްޔާ އަށް ދިޔައީ އަމިއްލަ އަށް. ދެން އެމީހުން ރާވާފައި އޮތީ މައްކާ ގައި ތިބޭނެ ތަނެއް ހަމަޖައްސަން. ނަސްރު މިކަމަށް މީހެއްގެ ފޯނު ނަންބަރު ދިން. އެމީހާ އާއި އެމީހުންނާއި ފޯނުން ގުޅުނު. މިކަން ކުރަން ނަސްރުގެ އެހީ ހޯދީ. މި ގުޅުން ހިނގި. ނަސްރު މިކަމަށް ފައިސާ ނެގި. މިއީ ރުހުމުގަ ދިން ފައިސާ. ކޮބާ މައްސަލަ އަކީ؟
ޙަސަން
26 August 2017
ބަލާނަމޭ! މި ހިސާބުން ތިކަން ނިމުނީ، މިނިސްޓްރީ އާއި އެހެން ތަންތާނގައި އުޅޭ ބޮޑެތި މީހުންނަށް ނޫނީ ކިހިނެތް ތި ގޮތަށް ވިސާވެސް ލިބޭނީ.... އަހަރެންނަށް ހީވަނީ މިހާ ހިސާބުން މި ޚަބަރުވެސް ނޫންތަކުން ވާނުވާއެއް ނުބަލާނެ ހެން
ޖިމީ
26 August 2017
ހިސާބައް ވުރެ މޮޅު މީހަކަށް ވެގަނެގެން މޮޅުތަކެއް ވާނެ ކަމަށް ތިކުރި ކަމަކީ 1ނަންބަރު ޤަމާރުން ކުރާކަހަލަ ކަމެއް. ސަރުކާރަށް ތިޔަ މީހުންނަށް ބަލަދު އެރީނު.