މިިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވަންނަން ދަނީ.
26 އޯގަސްޓް 2017 - 18:40
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ވަން މައްސަލައިގަައި ދައުވާކުރަން ފޮނުވި އިރު އެކި ފުލުހުން ދީފައިވާ ބަޔާންތައް ތަފާތު ކަމަށާއި އެހެންވެ އެ ބަޔާންތައް އެއްގޮތްކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މަސައްކަތްކުރަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން މިއަދު ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ވިދާޅުވީ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީގެ އޮފީހުން ފޮނުވި ބަޔާންތަކުގައި އެކި ފުލުހުންގެ ވާހަކަތައް ތަފާތު ކަމަށެވެ. އަދި އެ ބަޔާންތައް އެއްގޮތްކުރަން ފުލުހުން ޕީޖީ އޮފީހަށް ހާޒިރުކޮށް އަލުން ބަޔާން ނަގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީޖީ ބިޝާމްގެ އެދިލެއްވުމަށް، އެ އޮފީހަށް، ބަޔާން ދިން ހުރިހާ ފުލުހުން ގެންދިޔަ. އެ މީހުން ގެންގޮސް ބޮލަށް ޗިޕް ޖަހަނީ ކޯޓުގައި ބަޔާން ދޭންވީ ގޮތާއި މެމްބަރުންގެ ފަރާތުން ކޮށްފާނެ ސުވާލުތަކަށް ޖަވާބުދިނުމުގައި އެއްގޮތްކުރަން،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުން ދިން ބަޔާންތައް އެއްގޮތްކުރުމަށާއި ކޯޓުގައި ވާހަކަދައްކަންވީ ގޮތް ޕީޖީ އޮފީހުން ކިޔައިދިނުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހެއްކަށް ނުފޫޒު ފޯރުވުން ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ހެއްކަށް ނުފޫޒު ފޯރުވައިގެން އަޅުގަނޑުމެން ގެންގޮސް ބަންދުގެ މުއްދަތު މި ޖަހަނީ. ހެއްކަށް ނުފޫޒު ފޯރުވާތީ ހައްޔަރުކުރަންވީ ޕްރޮސެކިއުޖާ ޖެނެރަލް އޮފީހަށް ގެންގޮސް ފުލުހުންނަށް ބަޔާންދޭންވީ ގޮތް ކިޔައިދިން މީހުން،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިދިކޮޅު 13 މެމްބަރަކަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށަން ވަނީ ދައުވާގެ ލިޔުންތައް ހަވާލުކޮށްފަ އެވެ. މިއީ ފަހުގެ ތާރީޚުގައި ވެސް މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާ އުފުލާފައިވާ ފުރަތަމަ ފަހަރެވެ.
މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އިދިކޮޅު މެމްބަރުންގެ މައްޗަށް ދައުލަތުން ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އަންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުގަދަމީހާ
28 August 2017
ކަލޯގަޔާ ރާއްޖޭގެ މަޖިލިސް މެމްބަރުން އޮންނަކަން މިފޮޓޯއަށް ބަލާފަ ސުރުޚީ ކިޔާލުމުން އަދިކިރިޔާ މިއެނގުނީ އަދި ތިހެން 4 ވަރަކަށް މީހުން ބާކީކުރިޔަސް މެންބަރުން އެބައޮތް
ބޫންބޫން
27 August 2017
ކަލޯމެން ތިކަަންހުއްޓާލާފައި އެންމެ ފަހަރަކުވެސް މިސްކިތަކަށް އަރާ ދެރަކުވަތް ނަމާދެއްކޮއްބަލަ އަބަދު ތިކޮވަލިތަށް ގޮވާއަޑު އހަންފޫހިވަނީ
އަސީލު
27 August 2017
ދިރި ތިބީންނަށް ފެންނާނެ ވަރަށް ރަގަޅަށް މާޒީގައި ވެގެން ތިޔަގޮތް . ޣައިރުޤާނޫނީ އަމުރަށް ކިޔަމަން ނުވާނަމޭ ކިޔައި ބަޔަކުމީހުން އަމުރަށް ކިޔަމަން ނުވި މަންޒަރާއި ކޯޓުތަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ނަތީޖާ ، މިކަމަނާއަށް ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކޯޓަށް ނުފޫޒު ފޯރުވުމާއި ގުޅިގެން އަދި ބޭއިންސާފުން ޤާނޫނު އަސާސީ އާއi ޚިލާފަށް ކުރާ ކޮންމެ ކަމަކީ ޖަވާބު ދާރީވާން ޖެހޭނެ ކަމެއް.
އައިއެފް
26 August 2017
ޕީޖީ އޮފީހުގައި ބިސާމް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގެ ލީގަލް ސެކެއްޓަރީ ވަޒީފާ. އެކަމަނާ އަދިވެސް ހިތައްއަރަނީ މިއީ އެވަޒީފާއެ. މިނިވަން ޕީޖީއެއް އުޅޭފާޑަކަށް ނޫން އެއުޅުއްވަނީ. ބިސާމުގެ ހައިސިއްޔަތު އޮޅުނީމަ ވާގޮތްމީ. ތާރީޚުގައި ލިޔެވޭނެ މިކަންކަން.
މީދޫ ކޮސް ސައީދު
26 August 2017
ކޯޓް ތަކަށް އެއްމެ ނުފޫޒް ފޯރުވާ މީހާ އަކީ ދަންވަރު ޕީޖީ ތި ބައްދަލު ކުރާ މީހާއެވެ.
ނައިބު
26 August 2017
މައްސަލަ ތަހުގީގު ކުރަނީ މަހުލޫފުތޯ؟ ތިޔަހުރިހާ މައުލޫމާތެއް އެނގެނީ.
އަތްފުނާ
26 August 2017
މަހުލޫފު ކަލޭ ހަމަހޭގައިތަ ތިހުރީ.ފުލުހުން ހެކިދޭނީ އެމީހަކަށް ފެންނަކަމެއްގެ މައްޗައް.ފުރަތަމަ ފުލުހަށް ފެންނައެއްޗެއް ތިންވަނަ ފުލުހަށް ފެނިދާނެ މުޅިއެހެން ގޮތަކަށް.ދެ ފުލުހަކު އެކައްޗެއް ކިޔާކަށެއްނުޖެހޭ.ކަލޭ ތީ ހާދަ އެއްޗެތި އެނގިގެން ވަހަކަ ދައްކާ މިހެކޭ.ތިގޮތަށް ވަހަކަ ދައްކަތިއްޔޭ ރައްޔިތުންނާ ފުލުހުން ފިތުނަ އުފެދެނީ.އަދި ބުނެފިޔައެއްނު ބޮަލަށް ޗިޕު ޖަހަނިއްޔޭ
އިހުސާނު
26 August 2017
މަހުލޫފު އެބުނާ އެއްޗެއް ސާފުވެއްޖެތަ؟ ބީތާ ވިޔަސް ތީ ބޮޑުވަރު. ތި ބޮލުގަ އަތްފުނާ އަޅާވަލަ
ސޮނިކް
26 August 2017
އަދި ހަބަރު ކިޔާލާ
އަހުމަދުބެ
26 August 2017
ބިޝާމް ވަގުތުން އިސްތިއުފާދޭން ވީއެވެ.