ޚަބަރު / މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ބުދަ ދުވަހު ހަވީރު ހިނގި އެކްސިޑެންޓުގައި ތ. ތިމަރަފުށީ އިރަމާގޭ، އިބްރާހީމް ރަޝީދު އާދަމް، 62، މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށް ހުކުރު ދުވަހު އެވެ.

މި އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

ހައްޔަރުކުރީ އެކްސިޑެންޓްވިއިރު ސައިކަލް ދުއްވަން އިން މީހާ ކަމެއް ވެސް ނޭނގެ އެވެ. ދެ މީހަކު ހައްޔަރު ކުރި އިރު، ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރަޝީދު އެކްސިޑެންޓްވީ ހަބީބު ބޭންކް ކުރިމަތީގައި އޭނާގެ ސައިކަލް ޕާކް ކުރަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ރަޝީދުގެ ސައިކަލްގައި ޖެހިގެންނެވެ.

11 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާހޯރަ

04 September 2017

ސައިކަލް ދުއްވި މީހާގެ މައިންބަފައިންނާއި ބަލަދުވެރިން، އޭނާ ތަރުބިއްޔަތު ކުރި މުދައްރިސުން، އެކުގަ އުޅޭ ރައްޓެހިން އަދި ގައުމުގެ ޒިންމާދާރުވާންޖެހޭ އެހެން މުއައްސަސާތައް ކޮބާ؟ ކަމެއްވާއިރަށް ފުލުހުންގެބޮލަށް ކަނޑާލިޔަކަސް ނުވާނެ

The name is already taken The name is available. Register?

‫1234

03 September 2017

‫14 އަހަރާ 16 އަހަރުގެ ދެ ކުދިންކަމަށް ވަނީ އެ ސައިކަލު ދުއްވީ

The name is already taken The name is available. Register?

ނިމުނީ

03 September 2017

ސައިކަލްގެ ވެރިޔާ ސައިކަލްގެއްލިގެން ފުލުހަކަށް ނާންގާ. ރައްޓެއްސެއްކައިރީ ނުބުނޭ. އަދި ސޯޝަލްމީޑިޔާގައި ވެސް ނުޖަހާ. އޭނާ އޮޅުވާލުންތަކެއް ގެންގުޅޭހެން ހީވަނީ

The name is already taken The name is available. Register?

ހާމިދު

03 September 2017

އެކްސިޑެންޓްތަކުގައި މީހަކު މަރު ނުވަންޏާ ތުހުމަތު ކުރެވޭމީހާ ހައްޔަރު ނުކުރާކަން ފާހަގަވޭ! މިއީ ކޮން ހަމައަކުން ކުރާ ކަމެއްބާ؟

The name is already taken The name is available. Register?

ށަވިޔަނި

03 September 2017

ދެމީހަކު ހައްޔަރު ކުރި އިރު އެއީ ކޮން ބައެއްކަން ނުބުނެދެވޭތީ ތި ބުނާ އެއްޗަކަށް އިތުބާރެއް ނެތް.

The name is already taken The name is available. Register?

އަހުމަދުބެ

03 September 2017

ބަންދުގެ މުއްދަތު ޖަހަމުން ޖަހަމުން ގޮސް ދޫކޮށްލާ މައްސަލަ ބަލަން ޖެހެއެވެ.

The name is already taken The name is available. Register?

އަބުލާ

03 September 2017

ކޮމެންޓްތައް ކިޔާލުމުން ސާފުވަނީ ދިވެހި ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް އެއްވެސް ބަޔަކު މިހާރު އެއްވެސް މިންވަރަކަށް އިތުބާރު ނުކުރާކަން. މިއީ ފުލުހުން ވަރަށް ބޮޑަށް ވިސްނާން ޖެހޭ މައްސަލައެއް. ކަންމަތި ތަކުގައި ތިބޭ ގޭންގް ކުދިން ކާރިޔަށް މަޑުކޮށްފަ މުއާމަލާތުކުރުމުގަ ގެންގުޅޭ އޯގާތެރިކަން ކަމާއި ހިތްހެޔޮކަން އާދައިގެ ރައްޔިތުމީހާ އާއި ދޭތެރޭގަ ވެސް ބާއަވަންޖެހޭ. ބިރުގަންނަންވީ ހެއްދެވި ފަރާތަށް، ގޭންގު މީހުންނާއި އެމީހުންނަށް ހިއްވަރުދޭ ވެރިންނަކަށް ނޫން.

The name is already taken The name is available. Register?

ނަޑެއްލާ

03 September 2017

އިތުބާރު ވަނީ ގެއްލިފާ. އެއްވެސް ދިވެހި ދަރިއަކު ތަމެންނަކަށް އިތުބާރެއް ނުކުރޭ ނުކުރޭ. ފޭކު ބައެއް. ވ ސަލާން.

The name is already taken The name is available. Register?

ހޭބަލިވެގެން ހަމަ ދުއްވަނީ

03 September 2017

ހައްޔަރު ކުރުމުން ނުފުދޭ، ތިޔަހެން ހައްޔަރު ކުރި ޗާންދަނީމަގުން ކުޑަކުއްޖާ ގޮވައިގެން ހިނގާފައި ދިޔަ މާބަނޑު މީހާ ގައިގައި ޖެއްސި ޒުވާނާ ވެސް، ޖުމްހޫރީމައިދާން ކައިރިން ފުލުހެއް ގައިގައި ސައިކަލުން ޖައްސައިފައި ދިޔަ ޒުވާނާވެސް 2 ފުރާނަ ދުނިޔެ އާއި ވަކިވި އިރު 2 ޒުވާނުންނަށް ލިބުނު އަދަބަކީ 10 އަހަރަށް ލައިސަންސް ހިފެހެއްޓުން. އަދިވެސް އެދެމީހުން ފުރަ މާލޭގެ މަގުތަކުގައި ސައިކަލު ދުއްވާ..... ކޮބާ އިންސާފް؟ މިއީބާ މިރާއްޖޭގައި ފުރާނައިގެ އަގަކީ..

The name is already taken The name is available. Register?

ޙަސަން އަޙްމަދު

03 September 2017

ޒުވާނަކު ފޫހި ފިލުވާލީމާ ގެއްލެނީ ކުށެއް ނެތް ފުރާނައެއް. ޟަމީރުގެ ތަރުބިއްޔަތު ލިބިފައި ނެތީމަ ފިލަނީ.

The name is already taken The name is available. Register?

ހަމަހޭ

03 September 2017

ބައެއް ޒުވާނުންގެ މައުލޫމާތު ހާމައެއްނުކުރެވޭނެ. ދުވަސްކޮޅެއްފަހުން ބަޔަކު ސުވާލުކޮއްފިއްޔާ ބުނާނެ އެއީ ކަމާގުޅުންހުރިބައެއްކަމުގެ ހެކިނެތިގެން ވަނީ ދޫކޮއްލާފައޭ. ހަގީގަތުގަ ހައްޔަރުކޮއްފީމޭ އެ ބުނާބަހުގެ އެއްވެސް އިތުބާރެއް ނެތް. ކޮންމެވެސް ކަމެއް ކުރާކަން އަންގާލަ ދިނުމުގެ ގޮތުން ބުނެލިއެއްޗަކާ ބޮޑަަށް ވައްތަރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454