ދުބާއީގެ އެންމެ ވަރުގަދަ އެއް ކުންފުނި، އިމާރު ހޮސްޕިޓަލިޓީ ގުރޫޕުން ހިންގަން ފަށަން ހަމަޖެހިފައިވާ އއ. އެތެރެ މަޑިވަރު. އެ ރަށް 2020 ވަނަ އަހަރުގެ ތެރޭގައި ހުޅުވަން ވަނީ ނިންމާފައި.
06 ސެޕްޓެމްބަރ 2017 - 12:08
އއ. އެތެރެ މަޑިވަރުގައި ތަރައްގީކުރާ މަތީ ފެންވަރުގެ ރިސޯޓު، ޔޫއޭއީގެ މަޝްހޫރު އިމާރު ހޮސްޕިޓަލިޓީ ގްރޫޕުން ހިންގަން ފަށާ ގޮތަށް ހަމަޖަައްސައިފި އެވެ.
އެ ރަށަކީ ހ. ކުރެދިމާގެ، އާދަމް އަބްދުލްޣަފޫރަށް ސަރުކާރުން 2006 ވަނަ އަހަރު ކުއްޔަށް ދީފައިވާ ރަށެކެވެ. އަދި ކުރިން އެ ރަށް ހިންގަން އޭނާ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމުން ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުން ބާތިލުކުރި އެވެ. އެކަމަކު ފަހުން އެ ރަށް އޭނާ އަށް އެ ރަށް ދިނީ ކޮން އުސޫލަކުން ކަމެއް ނޭނގެ އެވެ.
ދުބާއީގެ އިމާރު ހޮސްޕިޓަލިޓީ ގްރޫޕަކީ މެދުއިރުމަތީގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރަމުން އަންނަ ކުންފުންޏެވެ. އެގޮތުން 29 ހޮޓެލް، ރިސޯޓު އެކި ގައުމުތަކުގައި ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ވެސް ދުބާއީ 11 ހޮޓެލް އަދި ސާވިސް ރެސިޑެންސް ހިންގަ އެވެ.
އެ ކުންފުނިން ހިންގާ ތަންތަނުގެ ތެރޭގައި ދުބާއީ މަޝްހޫރު ބުރުޖު ޚަލީފާއި ދުބާއީ މޯލް ފަދަ އެތައް ޕްރޮޕަޓީއެއް ހިމެނެ އެވެ.
ދުބާއީގެ ދަ ނޭޝަނަލް ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ފިނޮޅު އިންވެސްޓްމަންޓްގެ ޗެއާމަން ޣަފޫރު ތަރައްގީކުރާ ރަށް "އެޑްރެސް މަޑިވަރު މޯލްޑިވްސް ރިސޯޓް، ސްޕާ" ނަމުގައި 2020 ވަނަ އަހަރު ހުޅުވަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ އިމާރުން ރާއްޖޭގައި ހިންގަން ފަށާ ފުރަތަމަ ރިސޯޓު ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އެޑްރެސް ހޮޓެލްސް އަކީ އެ ކުންފުނިން ހިންގާ އެންމެ އަގު ބޮޑު ހޮޓެލް ބްރޭންޑް ނަމެވެ.
އިމާރު އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އެތެރެ މަޑިވަރުގައި ބީޗް ވިލާ އާއި މޫދު ކޮޓަރީގެ ގޮތުގައި 80 ވިލާ ތަރައްގީކުރާއިރު އޭގެތެރެއިން ބައެއް ވިލާތައް ވިއްކާލަން ވެސް ނިންމާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކަރު ތުއްތު
06 September 2017
ސިންގަޕޫރު ބަޔަކަށް ލަޑު ދީފައި އަނެއްކާ އަނެެއް ބަޔަކު ހޭއަރުވާލަނީ ތާއެވެ.ފުރަތަމަ ވަކީލް ފީ ދައްކާފައި ހުންނާށެވެ
ހެޔޮ ދުޢާ
06 September 2017
މީހުން ލައްވާ މަސައްކަތް ކުރުވާފައި ކަންތަށް ނިމުމުން ލާރި ނުދީ ފިލާ މީހުންގެ މުދަލުގައި ﷲ ބަރަކާތް ނުލައްވާށި އެވެ.އެފަދަ މީހުނަށް ކާމިޔާބު ނުދެއްވާށި އެވެ..އާމީން
ޡިޔާ
06 September 2017
އެންމެ ފަރެއް ފަޅެއްވެސް ދިވެއްސަކު ދަތުރެއް ދާން ނުބާއްވާތި.
ސީރިއަސް
06 September 2017
ޢެރަށް 2006 ގައި ދިނިީ ޕިކްނިކް އައިލެންޑް ހިންގަން. ލީސް ހޯލްޑަރ ކޭޕް މޯލްޑިވްސްއަށް ސަބްލީސް ކޮށްގެން ޕިކްނިކް އައިލެންޑް ހިންގަމުން ދިޔައީ. ކޮންޓްރެކްޓް ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ އެއް ނޫން. ރަށް ރިސޯޓަކަށް ބަދަލުކުރާތީ ޕިކްނިކް އައިލެންޑްގެ އެގްރިމަންޓްގެ ދަށުން ރިސޯޓެއް ނުހިންގޭނެތީ.
ނުލަފާ ތުއްތު
06 September 2017
ސިންގަޕޫރު ކުންފުންޏެއް ލައްވާ ރަަށް ހަދާފައި އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށް ޖަސްޓިސްގެ އަގު ކޮމެޓީ ލައްވައި ކުޑަކުޑަ އަގެއް ކިޔާފައި އޭތި ކޮޅު ދީފައި އެމީހުން ރަށުން ބޭލީއެވެ.
އެތރފ
06 September 2017
އެލާރިކޮޅުވެސް ނުދޭ..... މައްސަލަ އޮތީ ޝަރީޢަތުގައި