އާޖެންޓީނާގެ ކުރީގެ ކެޕްޓަން މެސީ (ވ) އާއި މަރަޑޯނާ.
29 ޖޫން 2016 - 11:36
ބީނޯސް އޭރީޒް، އާޖެންޓީނާ (ޖޫން 29) - އާޖެންޓީނާ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ލިއޮނަލް މެސީ ނިންމާފައިވާ ނިންމުން ބަދަލުކުރަން އާޖެންޓީނާގެ ރައީސް މައުރީސިއޯ މަސްރީ އާއި ކުރީގެ ފުޓްބޯޅަ ތަރި ޑިއެގޯ މަރަޑޯނާ އެދިއްޖެ އެވެ.
ކޮޕަ އެމެރިކާގެ ފައިނަލުން އާދީއްތަ ދުވަހު ޗިލީ އަތުން ބަލިވި މެޗަށް ފަހު މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. އުމުރުން 29 އަހަރުގެ މެސީ މާޔޫސްވީ ގައުމީ ޓީމާ އެކު ތަށްޓެއް ހޯދަން ޖެހިޖެހިގެން ތިން އަހަރު ލިބުނު ފުރުސަތު ގެއްލުމުންނެވެ.
"މެސީ އެބަޖެހޭ ޓީމުގައި މަޑުކުރަން. އޭނާ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާނީ ދުނިޔޭގެ ޗެމްޕިއަނަކަން ވާން ފުރާފުރިހަމަވެ ހުރެ،" އާޖެންޓީނާ އަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ ބުންޏެވެ.
އާޖެންޓީނާގެ ރައީސް މައުރީސިއޯ މަސްރީ ވިދާޅުވީ މެސީ އަށް ފޯންކޯލެއް ކުރެއްވި ކަމަށާއި ގައުމީ ޓީމާ މެދު ފަހުރުވެރިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފާޑުކިޔުންތައް އަޑުނޭހުމަށް މެސީ ގާތު އެދިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަންނަ ހަފުތާގައި މެސީއާ ބައްދަލުކޮށް އޭނާ އަށް ވިސްނައިދޭނަން،" ރައީސް ވިދާޅުވި އެވެ.
އާޖެންޓީނާއާ އެކު އޭނާ އަށް ހޯދުނު ކާމިޔާބީތަކަކީ 2005 ވަނަ އަހަރުގެ ޔޫތު ވޯލްޑް ކަޕް ކާމިޔާބުކުރުމާއި 2008 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހާސިލްކުރުމެވެ. އެކަމަކު ސީނިއާ ޓީމާ އެކު ބޮޑު ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. އޭނާ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބެންޗުން ފުރުސަތު ލިބުނުއިރު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފުލްކޮށް ކުޅުނެވެ. އެކަމަކު އެ ފަހަރު ކުއާޓާ ފައިނަލުން ޖަރުމަން އަތުން ބަލިވެ ކެޓީ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ނަމަވެސް ޖަރުމަން އަތުން އަނެއްކާވެސް ބަލިވީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުނީތާ
29 June 2016
ނުކުރޭ ޕްލީޒް
ޒިޔާ
29 June 2016
އުއްމީދަކީ މެސީ ނިންމުން ބަދަލުކޮށް 100000 ސަފޯޓަރުންގެ އަޑު އަހާ ހިއްވަރާ އެކު ގައުމީޓީމަށް ކުޅުން.. ދުނިޔޭގެ މޮޅު ކުޅުންތެރިން އެވޯޑް ހޯދި މޮޅު ކުޅުން ތެރިން އެބަހުރި ބޮޑު މުބާރާތެއްގެ ތަށި ކީއްކުރަން ފައިނަލަށް ވެސް ދެވިފައިނެތް.. ގައުމީ ޓީމުގައި ތައްޓެއް ނުލިބި ނުވަތަ ފައިނަލް އެނުކުޅެ ކެރިއަރ ނިންމާލި މީހުން ވަރަށް ގިނަ.. މިސާލަކަށް.. ބެކަމް، އޮވެން، ނެޑްވެޑް، ޑާވިޑްސް، ބާކޭމްޕް، ފިގޯ، ރުއި ކޯސްޓަރ، އަދިވެސް ބައިވަރު.. ކްރިސްޓިއަނޯ ރޮނާލްޑޯ ވެސް އަދި އޮތީ މިލިސްޓްގައި ލިސްޓް ވަރަށް ދިގު..
ބޯ ބުރާންޗާ
29 June 2016
ކަލޯ ރޮނާއޭ ނުކިޔާ، ރޮނާވަނީ ޔޫރޯ ފައިނަލުގައި ގްރީސްއާ ދެކޮޅަށް ޕޯޗްގީޒް ޓީމަށް ކުޅެފައި.. ތިޔަ މީސްމީހުނަކާ ރޮނާއަކާ އަޅުވައެއް ނުކިޔޭނެ އިނގޭ
މޮހޮދޭ، މާލެ
29 June 2016
މެސީ ޤައުމީޓީމަށް ކުޅުން ހުއްޓާލުން އަދި މާއަވަސް. 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ނިމެންދެން މަޑުކުރުން ރަނގަޅު ކަމަށް ފެނޭ.
ނަސީތާ
29 June 2016
2018 ކީއްކުރަން، 2080 ވަނަ އަހަރު ރިޓަޔާ ކުރަން މަށަށް ފެންނަނީ...