ރިޕޯޓް / މަރުގެ އަދަބު

މަރުގެ އަދަބު: ދެކޮޅު އަޑުތަކާއި ނޭނގޭ ބައެއް ކަންކަން

ހުމާމް ސުޕްރީމް ކޯޓަށް ވައްދަނީ: މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުން -ފޮޓޯ/މިހާރު

07 ޖުލައި 2016 - 09:38

41 comments

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމުން ކޯޓުތަކުގެ މަރުހަލާ މިހާރު އެވަނީ ނިމިފަ އެވެ. ދެން އޮތީ އެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތްތަކެވެ. ރާއްޖޭގައި 60 އަހަރަށް ފަހު އަލުން މަރުގެ އަދަބު ދޭން ފައްޓަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަނެއްކޮޅުން އެކި ފަރާތްތަކުން ދަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުންނެވެ.

މިހާރު އޮތް ސުވާލަކީ ސަރުކާރުން ބޭނުންވިޔަސް އެކަން ކުރެވިދާނެ ހެއްޔެވެ؟ މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅަށް ދުނިޔޭގެ ޕްރެޝަރު ކިތައްމެ ބޮޑަށް އަޔަސް އެކަން ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމަކީ އަދި އެކަން ކުރެވޭނެކަމުގެ ޔަގީންކަމެއް ނޫނެވެ. އެންމެ ފަހު ވަގުތު ވެސް އެކަން ހުއްޓުވުމުގެ ބާރު އޮތީ މަރުވި މީހާގެ ވާރިސުންނަށެވެ. އެންމެ ވާރިސަކު އެކަމާ، އެންމެ ފަހު ވަގުތު ދެކޮޅުހެދިޔަސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ހުމާމަށް މަރުގެ އަދަބު ދޭނެ އެވެ. އެކަމަކު އަދަބު ތަންފީޒުކުރުމުގެ މަރުހަލާގެ މަސައްކަތްތަކެއް ސަރުކާރަކުން އަދި ނުފަށަ އެވެ. ގަވާއިދުގައި ބުނާ ކަންކަން ކުރިއަށް ގެންދާނެ ގޮތެއް ވެސް އަދި ނޭނގެ އެވެ.

އުފައްދަން ޖެހޭ ކޮމެޓީ އަދިވެސް އެކުލަވައެއް ނުލާ

މަރުގެ އަދަބު ދިނުމުގެ ގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދަމަހައްޓައިފި ނަމަ، ގާނޫނީ ހުރިހާ އިޖްރާއަތުތަކެއް ފުރިހަމަވެފައިވާ ކަން ރައީސަށް އަންގާ ލިޔުން ތައްޔާރުކުރަން ހާއްސަ ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮޮމެޓީގައި ތިއްބަވާނީ ޕްރޮސެކިއުޓާ ޖެނެރަލާއި އުއްތަމަ ފަނޑިޔާރު ނުވަތަ އެމަނިކުފާނު ކަނޑައަޅުއްވާ ފަރާތަކާއި ކޮމިޝަނާ އޮފް ޕްރިޒަންސެވެ. މި ކޮމިޓީ އުފައްދާނީ ކޮން ފަރާތަކުން ކަމެއް ގަވާއިދުގައި ބުނެފައެއް ނުވެ އެވެ. އެ ގަވާއިދު ގެޒެޓްކުރީ ހޯމް މިނިސްޓްރީން ކަމަށް ވިޔަސް ކޮމިޓީ އެކުލަވާނީ އެ މިނިސްޓްރީންކަމެއް ކަނޑައަޅާފައެއް ނުވެ އެވެ.

ތިން މެމްބަރުންގެ ކޮމިޓީން ރައީސަށް އަންގާ ލިއުން ތައްޔާރުކުރާނެ ފޯމެޓް ހެދުމުގެ ބާރު އޮތީ ކޮމިޓީއަށެވެ. އެ ލިއުމުގައި ބުނަން ޖެހޭ މައިގަނޑު ވާހަކަ އަކީ، މަރުގެ އަދަބު ދިނުމުގައި ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ނިމިފައިވާ ކަމެވެ. މި ލިއުން ރައީސަށް ފޮނުވަން ޖެހެނީ މަރުގެ އަދަބު ސުޕްރީމް ކޯޓުން ދަމަހައްޓާތާ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

އެންމެ ފަހު ވަގުތު ވެސް ކުށްވެރިޔާ އަށް މައާފު ލިބުމުގެ ފުރުސަތު ގަވާއިދުގައި ބަންދެއް ނުކުރެ އެވެ. އަދި ވާރިސުންގެ ވިސްނުން ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެތީ މީޑިއޭޝަންގެ ބައި ކުރިއަށް ގެންދަން ޖެހޭނެ ކަމާއި އެ މަސްއޫލިއްޔަތު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ މަސައްކަތް ކުރަން ފަށާނީ ރައީސަށް ލަފާ ދޭ ކޮމެޓީގެ ލިއުން ރައީސަށް ފޮނުވުމުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް ގަވާއިދަކު ނެތެވެ.

"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާ ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ،"

ބައެއް ވަކީލުން ގަބޫލުކުރާ ގޮތުގައި މީހެއްގެ މަރު ހިމެނޭ ކަމަކަށް ވާތީ މީޑިއޭޝަންގެ ބައި، ސުޕްރީމް ކޯޓުން ހުކުމް ދެމެހެއްޓުމާ އެކު ފަށަން ޖެހެ އެވެ. މަރުގެ އަދަބު ތަންފީޒުކުރަން އޮންނަ ދުވަހު ވެސް، ވާރިސުން ނުވަތަ ވާރިސަކު، މަރުގެ ދިޔައާ އެކު ނުވަތަ މަރުގެ ދިޔަ ނުހިމެނޭ ގޮތަށް ނަމަވެސް ގާތިލަށް މައާފުކޮށްފި ނަމަ އޭނާ ސަލާމަތްވާނެ އެވެ. މަރުގެ އަދަބު ނޫން އެހެން އަދަބެއް ދެން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ދެކޮޅު

ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވިޔަސް ރާއްޖޭގައި މަރުގެ އަދަބު އަލުން ތަންޒީފުކުރުމާ ދެކޮޅު ފަރާތްތަކުގެ އަޑު އަންނަނީ ގަދަވަމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ދުންޔާ މައުމޫން ނެރުއްވި ބަޔާނެވެ. އޭނާ ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭތީ އެކަމާ އުފެދުނު ހިޔާލު ތަފާތުވުމުގަ އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި މަރުގެ އަދަބު ތަންފީޒުކުރަން އުޅޭ އިރު ރާއްޖޭގެ ޝަރުއީ ނިޒާމްގެ ހަރުދަނާކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ހާލަތުގައި މަރުގެ އަދަބު ދޭން ފެށުމުން ރާއްޖޭގެ ތަސަައްވުރަށް ބައިނަލްއަގުވާމީ މައިދާނުގައި ކިލަނބުކަން އަންނާނެ ކަމާއި ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުގެ އަމާޒުތަކަށް ވާސިލްވާން ވެސް ހުރަހަކަށް ވާނެ ކަމަށް ދުންޔާ ގަބޫލްކުރައްވަ އެވެ.

"މިހެންވެ ހާރިޖީ ވަޒީރުކަމުގެ މަގާމުން އަޅުގަނޑު މިއަދު އިސްތިއުފާދީފީމެވެ،" ދުންޔާގެ ބަޔާނުގައި ވިދާޅުވި އެވެ.

ހުމާމްގެ އިތުރުން ގާތިލް މުއްރަތުގެ މަރުގެ ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި

އޭނާގެ އިތުރުން ދުނިޔޭގެ ވަރަށް މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ތޯރިގު ރަމަޟާން ވަނީ ހުމާމް މެރުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކަން ހުއްޓުވަން ރައީސް ޔާމީންގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

"އިސްލާމީ ޝަރީއަތުގައި [މަރުގެ އަދަބު ތަންފީޒު ކުރުމުގައި] މަތިކޮށްފައިވާ ބުރަ ޝަރުތަކީ [ކުށްވެރި ވާކަން] އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމެވެ. ޒައްރެއްގެ މިންވަރު ވިޔަސް ޝައްކެއް އުފެދިފައި ވާ ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ޖެހޭނެ އެވެ،" ސަރުކާރުގެ ދައުވަތަކަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެ ވަޑައިގެން ތަގުރީރު ވެސް ކުރެއްވި ތޯރިގު، ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ލިއުއްވާފައިވެ އެވެ.

ހުމާމްގެ ޝަރީއަތުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އޭނާގެ ނަފުސާނީ މައްސަލައެއް ހުރި ކަމަށް އާއިލާ އިން ބުނެފައި ވިޔަސް ޝަރުއީ މަރުހަލާގައި އެކަން ބަލާފައި ނުވުން ހިމެނެ އެވެ. އަދި ހުމާމް މެރުން ފަސްކުރަން ޑރ. އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް ކޯޓުން ގޮތެއް ނުނިންމުމުގެ އިތުރުން އަފްރާޝީމްގެ 18 އަހަރު ނުފުރޭ ދެ ކުދިންގެ ބަސް ނުހޯދާ މަރުގެ އަދަބު ތަންފީޒުކުރަން އުޅުން ވެސް، ރަމަޟާން ނެންގެވީ، ޝަރީއަތުގައި ފުރިހަމަ ނުވާ ކަންކަމުގެ ގޮތުގަ އެވެ.

"މިކަމުން އަނެއްކާވެސް އެނގިގެން ދަނީ [ހުމާމްގެ ޝަރީއަތުގައި] އިސްލާމީ އުސޫލުތައް އޮޅުވާލައިގެން ތަރުޖަމާކޮށްފައިވާ ކަމެވެ،" ދެ ވާރިސުންގެ ބަހެއް ނެތި ހުމާމަށް މަރުގެ އަދަބު ދޭން ނިންމި ނިންމުމަށް އިޝާރަތްކުރައްވާ ރަމަޟާން ވިދާޅުވި އެވެ.

ރައީސް ޔަމީންގެ ވާހަކަފުޅަށް ބަލާއިރު މަރުގެ އަދަބު ތަންފީޒުކުރާނެކަމުގެ ބިރު އެބަ އޮތެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ގެންދަނީ އެކަން ހުއްޓުވައިދޭން ރައީސްގެ އަރިއަހަށް ސިޓީ ފޮނުވުމާއި ޕެޓިޝަންތައް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އެކަމަކު ސަރުކާރުން އެކަން ހުއްޓުވާފާނެކަމުގެ ނިޝާންތަކެއް ރައީސްގެ ވާހަކަފުޅަކުން އަދި ނުލިބެ އެވެ.

41 ކޮމެންޓް, 158 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 6%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޒާ

10 July 2016

ހުމާމް މަރާކައް އެއްވެސް މީހަކު އިދިކޮޅެއް ނަހަދާ އެކަމު ހުމާމް މެރުމުކުރިން، ފުލުހުން މީޑިޔާގަ އެބުނި ފައިސާ ހަރަދު ކުރިމީހުންގެ ސަރިޔަތް ވެސް ހިންގާ ނިމެންވާނެ ހުމާމް މެރުމުކުރިން! މިކަމާ ދެކޮޅު ވާނީ ކާކުބާ؟؟

The name is already taken The name is available. Register?

Insaaf

09 July 2016

މިތަނުގަ މަރުގެ ހުކުމް ތަންފީޒު ކުރުމާައި ދެކޮޅަށް ވާހަކަ ދަންކާ މީހުންނަށް ބުނަން އޮތީ ހުމާމް މައްސަލައި ކިތަންމެ ވަރަކަށް ތަހްޤީގް ކުރިޔަސް ގާތިލަށް ވާނީ ހަމަ އެންމެ މީިހެކޭ، އެއީ ހުމާމް އޭ، ގާތިލް މެރުމާއި ދެކޮޅަށްވާހަކަ ދައްކާ މީހެއް ނުވަތަ އެއިން މީހެއްގެ އާއިލާގެ މީހެއް މިފަދަ އަނިޔާވެރި މީހެއްގެ ޝިކާރަޔަކަށް ވީމަ ކަންކުރާނީ ކިހެނެއް؟ ހަމަ މާފު ކުރާނީތަ؟

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

08 July 2016

މަރަށް މަރު ހިފާވާހަކަ ދައްކަނީ ދީނަށް އުޅޭކަމަށް ދެއްކޭށާއި، އަފުރާޝިމް މަރުގެ މައްސަލައިގަ ޔާމިންއަށް ރައްޔިތުން ތުހުމަތުކުރަުން އައި ކަންކަން ފޮރުވުމުގެ ބޭނުމުގައި. ދީނާއި އެއްގޮތައް ކަން ކުރައްވާނަމަ ކީއްވެތޯ ދީނާއި ހިލާފު އެހެން މައްސަލަތައް ހައްލު ނުކުރައްވައި، ފިޔަވަޅު ނާޅަ، ހުކުމް ނުކުރައްވާ ހުންނަނީ؟ ދީނުގެ އެއްބަޔައްތޯ އިމާންވާން ޖެހެނީ؟ ދުނިޔޭގެ ދީނީ އިލްމުވެރިންނަށް ވުރެ ޔާމިން މޮޅުވެގެން މިއުޅެނީ ކޮންތާކުން ކިޔަވައިގެންތޯ؟

The name is already taken The name is available. Register?

އިބޫ

08 July 2016

އުޅެ ބައެއް މައްސަލަ 1- ހުމާމް ވަނީ އެކި ދުހު އެކިގޮތަށް ކޯޓް ގައި އެއްބަސް ވެފައި، އެއްދުހު ބުނާނެ ތިމަންނާކަމަށް އަނެއްދުހު ބުނާނެ ނޫނެކޭ 2- ހުމާމް އެކަހެރި ކޮށް އެހާ ދުހު ތަހުގީގަށް ބައިންދާފަ އިންއިރު، މެޑިކަލް ކޮންޑިޝަން ބަލާފަ ނެތުން 3. މެންޓަލް އިވެލުއޭޝަން އެއް ހަދާފަ ނެތުން 4- ހުމާމަް ގެ ހެކި ވެރިން ހާޟިރު ނުކުރުން 5- ހުމާމް ގެ ހެކިވެރިންނަށް ނޯޓް ކުރާ މީހުންގެ ކުއްލި މަރު 6- ހޯމަ މިނިސޤޓަރ އުމަރ އެބަ ބުނޭ ސަޓޯ ކިޔާމީހަކު ބައިވެރި ކަމަށް، އެހެނަސް އޭނާ ޢާއި ސިޔާސީ ފަރާތް ތަކާއި ހުރި ގުޅުމުގެ ސަބަބުން އޭނާ ސަލާމަތް ވުން 7- ބޭރު ބަޔަކު އައިސް ގަތުކު ކުރިކަމަށއ ކުރީގެ ރަޢީސް ނަޝީދު ވިދާޅުވެފައިވާ އިރު، އެކަމާއި ސުވަލު ކުރެވިފައި ނެތުން 8- ހުމާމް އާއި އެއިރުގެ ހޯމް މިނިސޤތްރީގެ ވެރިން ވަކިން ބައްދަލު ކޮށް ޑީލް ހެދުން 9- ޑރ އަފްޜަޝިމްގެ ޕޯސްޓ މޯރޓެން ހަދާފައި ނެތުން

The name is already taken The name is available. Register?

ރޮކް

08 July 2016

މަރަށް މަރު ތަންފީޒު ނުކުރާހާ ހިނދަކު މިގައުމުން ކުއްކުރުން ނުހުއްޓޭނެ.

The name is already taken The name is available. Register?

ފަހުބަސް

08 July 2016

ހުމާމު މެރުމަކުން އެއްވެސް މައްސަލައެއްނެއް ސުވާލަކީ ހުމާމު ޑރ އަފްރާސީމް ގަތުލް ކުރަން ޖެހުނު ސަބަބު ކޯޓުތަކުން ސާފްކުރިތޯ؟.. ހުމާމް އާއި އަފްރާސީމް އާއި ދެމީހުން ދުވަހަކުވެސް އެކުގާ ގޭންގް ހަދައިގެން އުޅުނުކަމެއް އެއްވެސް މީހަކައް މިހާތަނައް އެނގެފަނެއްކަން. ޔާގީންވާ ހާލް. ދެން ހުމާމު އެކަންކުރީ މަޖުބޫރު ކަމެއްނެތިކަމައް ސަރީއަތުގައި އަފްރާސީމް މެރިކަމައް ވާ އިޢުތިރާފް ޢާއިމެދު ސުވާލް އުފެދޭ ހަމަބުއްދި ހުރި އެއްވެސް އިންސާނަކު ގަސްދުގާ މީހަކު މެރުމައް ނިޔަތްގަންނައިރު އެކަން އެކުރަނީ ހަމަ އޭނާގެ ހޮބީ އަކައްތޯ ސުވާލް އުފެދޭ.. ދެން އޮތް ސުވާލަކީ މުޅިސަރީއަތް ނުނިންމާ ހުމާމުގެ ހުކުން ތަންފީޘް ކުރަން ރައީސް ބޭނުން ވަނީ ކީވެތޯ..؟ މީހަކު މގަސްތުގާމެރި ސަރީއަތެއް ރައްޔިތުންނައް ސައްކުނުކުރާވަރު ހާމަކޮންބޮޑު ސަރީއަތެއް ނުގެންދެވީ ކީވެތޯ ނޫނީ މިކަމުގައި ގައުމީސަލާމަތައް ނުރައްކާ ކަމެއް އުޅެނީތޯ؟

The name is already taken The name is available. Register?

ރޯނުއެދުރު

07 July 2016

ހަގީގަތަށް ވާހަކަ އެއް ބުނީމަ ވަނީ ސަރުކާރު ލާރި ދީފަ ހުރި މީހަކށްތަށް؟؟؟ ވަރަށްކެރި ހުރެ މި ދަންނވަނީ ނޫސްވެރިން އަތުގަ ހުންނާނެ އާރޓިކަލްތަށް ހުމާމްގެ ޝަރީއތް ދިޔަ ގޮތުގެ ނިކަން ހާމަ ކުރަށްވަބަލަ ހަގީގަތް ..އެރޭ ހުމާމް ހައްޔަރު ކުރި ފުލުހުންވެސް މިކަމަށް ހެކިވާނެހުމާމް ހައްޔަރު ކުރި ވަގުތު ބިރުން މީހާ ތުރު ތުރު އަޅާ ހުރިކަން..މީހާ ބިރުން ގޮސް ތުރު ތުރު އަޅާ ހުރިކަން.... ..ހުމާމް ވަރަށް ތަފްސީލުކޮށް ވަނީ ކިޔާދީފަ ހުމާމާއެކު އެކަމުގަ ޝާމިލް ވާ މީހުންވެސް ....މަރުގެ ހުކުމާ ދެކޮޅު ހަދާ މީހުން ދެން ނިކުންނަން ވީނު މުއްރަތުގެ ދިފާއުގަވެސް ؟؟؟ ބަޔކަށް ހީވަކަހަލަ ހުމާމް އަށް އަފްރާޝީމ

The name is already taken The name is available. Register?

އަލީ

07 July 2016

ޙުކުމެއް ތަންފީޒު ކުރުމަށްވުރެ މުހިއްމީ އިތުބާރުކުރެވޭ ޝަރީޢަތުގެ މަޖިލިހެއް އޮތުން. ތަޙުޤީގު ނުނިއްމާ ކުރީގެ ޑިފެންސް މިނިސްޓަރެއްގެ މައްޗަށްވެސް މިވަނީ ނުޙައްޤުން ޙުކުމެއްކޮށް އަދި އެ ޙުކުމް ދަމަހައްޓަންވެސް ދަމަހައްޓާފަ. ފަނޑިޔާރުންނަކީވެސް ހަމަ އާދައިގެ/އުނި އިންސާނުން، މަލާއިކަތުންނެއް ނޫން. އެހެންވީމަ ގޯހެއް ހެދިއްޖެކަން ޔަޤީންވާހިނދު ގޮތްދޫކޮށް އިސްލާޙުވުމީ އިސްލާމީ އެންމެ ރިވެތި އުސޫލު

The name is already taken The name is available. Register?

އަލީ

07 July 2016

މިތާގައި ހުމާމް މެރުމައި އެއްކޮޅަށް ކޮމެންޓް ކުރާ ކޮންމެ މީހަކު "އަލީޝާކިރު" އަށް މިވަނީ ސަރުކާރުން ލާރިދީގެން ކޮމެންޓް ކުރާ މީހަކަށް. މަށަށް ސަރުކާރަކުންވެސް އަދި އެހެން މީހަކުވެސް އެންމެ ލާރިއެއްވެސް ނުދޭ. އެކަމަކު މަވެސް ހުމާމް މެރުމާ އެއްކޮޅު. ދެން ލާރި ނަގައިގެން ކޮމެންޓް ކުރާ މީހުންނަށް ހީވެދާނެ ދޯ އެހެންމީހުންވެސް ކޮމެންޓް ކުރަނީ ލާރިއަށޭ.

The name is already taken The name is available. Register?

އިބޫ

07 July 2016

ރާއްޖޭގެ 80% މީހުން މަރަށް މަރު ހިފަން ތާއީދުކުރޭ. ރައްޔިތުންގެ ބަސް. ޑިމޮކްރަސީއަކީ ރައްޔިތުންގެ ބަހޭ ބުނާމީހުން މިހާރު ކޮބާ. މިހުކުމް ތަންފީޒު ކުރުން ވަރަށް މުހިއްމު އިބްރަތަކަށްވެސް. ވާރިސުން މިކަމާ ދެކޮޅުހަދާފާނެތީ އަހަރެން ބިރުގަނޭ. "ގިޞާޞް ހިފުމުގައި ދިރުމެއްވޭ" ޑރ އަފުރާޝީމް އަވަހާރަ ކޮށްމިލާ އަދިވެސް އހަރެން ހިތާމަ ކުރަން

The name is already taken The name is available. Register?

އިބުރޭ

08 July 2016

މަރަށް މަރު ހިފުމެއް ނޫން މއްސަލައަކަަސް ވެގެން މިއުލެނީ ރާއްޖޭގެ ޝަރުއީ ދާއިރާ ގެ ކަންތަށް ހުރި ގޮތަށް ވިސްނާބަލަ މަރު ހިފުމަކީ ދީނުގައި އޮތް ގޮތް ކަމަށް ވީމަ އެކަމާ ދެކޮޅެއް ނުހަދަނެ އެއްވެސް މުސްލިމަކު އެކަމަކު އެ މަރާ ލެވެނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކަން ކުރި މީހާ ކަމަށް ވާން ޖެހޭ ނެ ކަމށް ދީނުގައި އަންގަވާފައި އޮންނަނީ ކޮމެްޓް ކުރުމުގައިވެސް މިތިބަ ގެންގުޅެނީ ހަމަ ޝަރުޢީ ދާއިރާގެ އުސޫލު ދެން ކިހިނެއް ރަނގަޅުވާނީ ކޮބާ ދެން އެހްން ކަންކަމުގެ ހުކުމް އެކަން ޮކ ދޯ

The name is already taken The name is available. Register?

ކިޔުންތެރިޔާ 767

08 July 2016

މަރަށް މަރު ހިފުމާ ބެހޭގޮތުން ވޭތުވެ ދިޔަ 2 އަހަރު ވޯޓެއް ނެގިކަމެއް ނުދެނަ ހުރިން. 80% މީހުނޭ ތިބުނަނީ ކިހިނެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454