ރޮހިންޖާ މުސްލިމުން އިންޑިއާ އިން ބޭރުކޮށްލައިފި ނަމަ އެ މީހުން ދެން ދާނެ ތަނެއް ނޭނގޭ. --ފޮޓޯ:އޭއެފްޕީ
08 ސެޕްޓެމްބަރ 2017 - 12:17
ނިއު ދިއްލީ (ސެޕްޓެމްބަރު 8) - އިންޑިއާގައި ދިރިއުޅޭ ރޮހިންޖާ 40،000 ރެފިއުޖީން އެ ގައުމުން ބޭރުކޮށްލަފާނެ ކަމުގެ އިންޒާރު ދީފި އެވެ.
މި އިންޒާރު ދީފައި ވަނީ މިއަންމާ އާއި އިންޑިއާ އިން ގުޅުން ބަދަހި ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ މިދިޔަ ބުދަ ދުވަހު މިއަންމާ އަށް ވަޑައިގެން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާ ބައްދަލު ކުރައްވައިފަ އެވެ. ދެ ބޭފުޅުން ވަނީ ރޮހިންޖާ މުސްލިމުންގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ވޭތުވެދިޔަ ހަތް އަހަރަށް ބަލާ އިރު ރޮހިންޖާ ރެފިއުޖީންގެ 40،000 މީހުން ވަނީ އިންޑިއާ އަށް ވަދެފަ އެވެ. އޭގެ ތެރޭގައި ރެފިއުޖީންގެ ގޮތުގައި އދ.ގައި ރަޖިސްޓްރީކޮށްފައިވާ 16،000 މީހުން ވެސް ހިމެނެ އެވެ.
މިއަންމާގައި މުސްލިމުން ދިރިއުޅޭ ރަކީން ސްޓޭޓުގައި އެންމެ ފަހުގެ ހަމަނުޖެހުންތައް އުފެދުމާ އެކު އިންޑިއާގެ ޖޫނިއާ ހޯމް މިނިސްޓަރު ކިރެން ރިޖިޖޫ ވަނީ އެ ގައުމުގެ އުޅޭ ރޮހިންޖާ ރެފިއުޖީން ޑިޕޯޓްކޮށްލާނެ ކަމަށް ވިދާޅުވެ ބިރު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އދ.ގެ ރެފިއުޖީންގެ ގޮތުގައި ރޮހިންޖާ މީހުން ރަޖިސްޓްރީކޮށްފައިވީ ނަމަވެސް ފަރުވާލެއް ނެތް ކަމަށާއި އެ އެންމެންނަކީ ވެސް ގަވާއިދާ ޚިލާފަށް އިންޑިއާގައި އުޅޭ މީހުން ކަމަށެވެ. އޮގަސްޓް 25 ވަނަ ދުވަހު ރަކީން ސްޓޭޓުގައި ހަމަނުޖެހުން ހިނގަން ފެށުމާ އެކު އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ މިއަންމާ ސަރުކާރާ އެކު އޮތް ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްެޖެ
09 September 2017
ގެރީގެ މައްސަލަތަކުގައި މުސްލިމުން ގަތުލު ކުރުން. މެދު އިރުމައްޗަށް ހަރުކަށި މޯދީ ކުރި ދަތުރުގައި ނަތަންޔާހޫއާއި އެކަނި ބައްދަލުކުރުން. ރޮހިންޔާ ގަތުލުއާންމު ހިންގަމުން ދިޔަ އިރު ސޫކީއާއި ބައްދަލުކޮށް ސަޕޯޓް ދިނުން. އިންޑިޔާ ކުރުގޮތަކަށް. ބަޔަކަށް މި ވަރު އެކުވެރި ގައުމެއް ނެތިގެން އުޅުނަސް މީ ހަސީލަތް ނުބައި ޖައްބާރު ހިންދުސްތާން.
އިންޑިޔާ
09 September 2017
ޖައްބާރު ހިންދުސްތާނުގައި ޖެހި ދިވެހިން ތިބީ އާސޯކުވެފާ ކަސައުޓީ ބަލަ ބަޅާ އެމީހުންގެސަގާފަތް ދަސްވެނިމިފައި މީއަދުގެ ހާލަކީ ކަލޯ އިސްލާމީރިވެތިއުސޫލުތަކުން އެއްކިބާވެ ބުދުދީނުގެ ގޮތްކުޑަހަޑިމޑުދާރު އަމަޅުތަށް އެންމެކަމުދާގޮތައްވެފައި މިތިބީ
ފަރީ
08 September 2017
އަނެއްކޮޅުން ދެން ތިބި މީހުން ޗުއްޓީ ހޭދަކޮށްލަން ބޭނުންވޭ މުޅި ރަށެއް. މަނަވަރަކާ އެއްކޮށް. އެތައް ހާސް ކައްކާއިން ވެސް ލައިގެން.
ނަގޫރޯޅި
08 September 2017
ދިވެހި ގައުމުކިތަންމެ ކުޑަޔަސް އަދިކިތަންމެ އާބާދީމަދަސް އަވައްޓެރިގިނަ ގައުމަތަކައްވުރެ ﷲގެމިންވަރުފުޅުން އަހަރުމެންގެ އަތްމަތިމާތަނަވަސް. ދިވެހިން އިންޑިޔާއައްދިއުން ހުއްޓާލާފަ އެހެންގައުމެއް ހިޔާރުކުރޭ. މިހެންހަދައިފިނަމަ ބުނާނެ އެއީކޮންބައެއްހޭ އަހަރުމެންދިނީމަ ކައިގެންއުޅޭބައެކޭ، އެކާމާއަޅާލާނެ ކަމެއްނެއް ބޭނުންވަނީ އަހަރުމެން ނުރުހޭކަން ފާޅުކުރަން، ދުވަސްކޮޅަކުމިގޮތައް ހިފަހައްޓާލެވިއްޖެޔާ ރާގުބަދަލުވާނެ، ހަމަޔަގީން
ނޯމެންކް
08 September 2017
ދިވެހިން ތަނަކަށް ދާން ޖެހޭތަ؟ މިތާ ދިރިއުޅެވޭތޯ ބެލީމަ ނިމުނީނު.
ސިކްރިތިއާނާކޮއިމަލާ
08 September 2017
އެކަމުގައި މަހޭ ވަކި ކީއްތަ ކުރާނީ! ނޫނީ ސަރުކާރައް ގޮވާލަބަލަ ސިޔާސީ ގުޅުން ކަނޑާލަން! ކީއްވެތަ އެކަން ކުރަން ނުކެރިގެން އެއުޅެނީ؟ ކަޓް ކާން ލިބޭވަރު މަދުވެދާނެ ތީތަ؟؟
އަޑޭ
08 September 2017
ކޮބާ މަހަލޫފޫ އަމީތާބައް ގުޅާބަލަ
ގޮންގް
08 September 2017
އިންޑިއާގެ ހިންދޫންނަކީ މުސްލިމުންދެކެ އިންތިހާއަށް ރުޅިއަންނަ ބައެއް.. އިޒްރޭލުގެ ޒަޔަނިސްޓުންނާއި ވަރަށް ގުޅުން ބަދަހި
ސުޅޭޅު
08 September 2017
އިންޑިޔާ އަކީ ދުވަހުން ދުވަހަށް ބޮޑާވަމުން ނުބައިވަމުން ކިބުރުވެރިވަމުން އަންނަ ތަނެކެވެ.
ކަވާ
08 September 2017
އިންޑިޔާ އިން މުސްލިމުންނަށް މިކަހަލަ ގޮތް ހަދަނެ ކަން ކުރިން އެނގޭ.،ސުކީޔަށް އެއްބާރު ލަން މޯދީދިޔައެއްނުން،.
އާންމު
08 September 2017
ދިވެހި މުސްލިމުން އިންޑިޔާ ބޮއިކޮޓް ކުރުމަށް ގޮވާލަން... ކޮންހާ ޑޮލަރެއް އިންޑިޔާއަށް އަޅާކަށް... އެހެން ގައުމެއް ހިޔާރުކުރޭ...
ކުލަ
08 September 2017
ރަންރީނދޫ ކުދިންގެ އޯގާތެރި އިންޑިއާ. ކޮބާ މަހްލޫފް ޝުކުރުގެ ޓުވީޓެއް ކޮށްލަބަލަ.