ޚަބަރު / ސ. ހިތަދޫ

ހިތަދޫ މީހެއްގެ އަތުން ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައެއް ބަލަނީ

ހިތަދޫ ބޮޑު: މި މި މަގުގައި ހުންނަ "ނިއު ސީޒަން" ފިހާރައިގެ ސޭޓް އަތުން ރޭ ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައި.

އައްޑޫ ހިތަދޫ މީހެއްގެ އަތުން ރޭ ހަ ލައްކައެއްހާ ރުފިޔާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 ހާ އިރު، އެ މައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފޭރުނީ ހިތަދޫ ނިއު ސީޒަން ފިހާރަ ބަންދުކޮށްފައި އެ ފިހާރައިގެ ސޭޓް ފައިސާ ހިފައިގެން ސައިކަލްގައި ގެއަށް ދަނިކޮށް ފަޅު ގެއެއްގެ ތެރޭގައި ފިލައި ތިބި ބަޔަކު ނިކުމެ އެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެ އެވެ.

ފޭރުނު ފައިސާތަކުގެ ތެރޭގައި ހިމެނެނީ 75،000ރ. އާއި 35،000 ޑޮލަރެވެ.

5 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 73%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާލް

09 September 2017

ތީ އެންމެދުވަހެއްގެ ސޭލްސުތަ އަނެއްކާ......?

The name is already taken The name is available. Register?

ފޭރޭ

09 September 2017

ހިތަދޫގައި ތިބޭ ޕޮލިހުންގެ މަސްއޫލިއްޔަތަކީ ސައިކަލް އަދި ކާރުގައި ދާ އަންހެން ކުދިން ހުއްޓުވައި ޗެކް ކުރުން. ފިރިހެން ޕާޓޭމެން ޕޮލިހުން މަޑުކުރަން ބުންޏަސް މަޑު ނުކޮށް ކިތައްމެ ދުވަހަކު ދިޔަކަމާއި މިހާރުވެސް ދާކަން ހުރިހާ މީހުންނަށް އިނގޭ. ނަމަވެސް ނުކަމެތި ޕޮލިހުންނަށް އެއީ ކޮންބައެއްކަން އިނގޭއިރުވެސް ފަހުންވެސް ފިޔަވަޅެއް ނޭޅޭ. އިހައްދުވަހު ގެސްޓްހައުސްއެއްގެ ހުރި ސާމާނު ވަގަށް ނެގި މީހުން މިހާރު އުފަލުގައި ރަށުތެރޭގައި އެބައުޅޭ. ވަލްހަމްދުލިއްލާހި.

The name is already taken The name is available. Register?

ރަދީފް

09 September 2017

ކޮންކްލޫޝަން: ޒުވާނުން ކޯފާ ވެއްޖެނަމަ ވަރަށް ގޯސް ވާނެ.

The name is already taken The name is available. Register?

ޫުުބގޖ

09 September 2017

ގިނައިން އައްޑުއަށް ޑިއުޓީއަށްދަ ރަށްރަށުގެ ޕޮލިސްކުދިންގެ ކަމަކީ ވޭންތެރޭގައި ތިބެ އަންހެންކުދިންނަށް ލޯއެޅުން އަދި ވެހިކަލްދުއްވަންނޭގޭއިރުވެސް މާ ފުއްޕާފައި ދުއްވަންދާނެ. ޢެމީހުންނަށް ހީވާކަހަލަ އެމީހުންގެ މަސްއޫލިއްޔަރަކީ އަންހެންކުދިން ބަލައި ޗެކް ކުރުންހެން. ރަނގަޅު ކުއްޖަކާއި ބެހިބުލެވެނީ ކަމަށްވާނީ. ޢެދުވަހކުން ޕޮލިހުން ސައިޒްވެ ފުރިގަމޔަށް ޑިއުޓީ އަދާކުރާނެ

The name is already taken The name is available. Register?

ރާއްޖެ

09 September 2017

ދަންވަރު ގޑީގަ އެހާ ގިނަ ފައިސާ ހިފައިގެން އެކަނި އުޅޭހާ މިރާއްޖެ އަމާން ނޫންކަން ނުވިސްނެނީބާ އަދިވެސް؟ ޕޮލިހަށް ކުރިން ގުޅާލިނަމަ މިހާާރު ކުރަަން ޖެހުނު މަސައްކަތް ފުލުހުންވެސް ކުރާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454