14 ސެޕްޓެމްބަރ 2017 - 13:42
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ސީއީއޯ ފާރޫގް މުހައްމަދު ހަސަން އެ މަގާމުން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ފާރޫގު އެ މަގާމުން ވަކިކުރަން ނިންމީ އެލްޖީއޯގެ ބޯޑުންނެވެ.
އެ މައްސަލަ ފާރޫގުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވުމުން އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ވަނީ ފާރޫގު ވަކިކުރީ ވަޒީފާގެ އެއްބަސްވުމާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، އޭނާއަށް އެ މަގާމު އަލުން އަނބުރާ ދިނުމަށާއި އެދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކާއި ގެއްލުމުގެ ބަދަލު ދޭން އަންގާނެ ތަނެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
ފާރޫގު އެ މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގައި މުހައްމަދު ޝަފީގު މަހްމޫދު މިދިޔަ އަހަރު ވަނީ އެ މަގާމަށް އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދުކޭތަ
14 September 2017
ތިމާ މީހާއަށް އެގެންވާނެ ތިިކަން ނުވާނެ ކަން، ކިތައްމެ ވަރަކަށް ފޭސްބުކުގައި ސަރުކާރަށް ސަޕޯޓު ކުރިޔަސް ކަންކަން ނުހިންގެ މީހުން ޖެހޭނީ ގެޔަށް ދާން.
ފޮނިކަލޯ
14 September 2017
ތިހެދީ ހަމަރަނގަޅައް މިހާރު އޮންނާނީ ރަނގަނޅައް ހަފުތާ ބަންދައް ކުޑަހުވަދޫ އަށް ދެވިފަ ، ވަރައް ވެދުން