20 ސެޕްޓެމްބަރ 2017 - 15:20
ހާލުގައި ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް، ބަރުމާގެ ސިފައިން ކުރަމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ގޮވާލައްވައިފި އެވެ.
އޯއައިސީގެ ކުއްލި ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު އާސިމް ވިދާޅުވީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ މެދު ރާއްޖެއިން އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.
މިޔަންމާގެ ސަރުކާރުން އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އދ. ގެ ނިންމުންތަކަށާއި އިންސާނީ ހައްގުތަކުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށް ވެސް އާސިމް ގޮވާލެއްވި އެވެ.
ފޮރިން މިނިސްޓަރު ތަގުރީރު ކުރެއްވި އެ ބައްދަލުވުމަކީ ރޮހިންޖާ މުސްލިމުންގެ ހިމާޔަތުގައި ވާހަކަ ދެއްކުމަށް ބޭއްވި ކުއްލި ބައްދަލުވުމެކެވެ.
އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ބޭފުޅުންތަކެއް ވަނީ އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފަ އެވެ.
ގަތުލް އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި މިިދިޔަ ހުކުރު ދުވަހު ނެގި ވޯޓުގައި ރާއްޖެ ބައިވެރިިވެފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެ ހުށަހެޅުން ފާސްވި އިރު، މި ދުވަސްވަރު ބައިނަލް އަގުވާމީ މުޖްތަމައުގެ ސަމާލުކަން ހުއްޓިފައިވަނީ، މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން ނައްތައިލުމަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ގަތުލުއާންމުތަކަށެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އެ ހުށަހެޅުމަކީ މިޔަންމާގެ މުސްލިމުންނާ ގުޅޭ ހުށަހެޅުމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖީތު
21 September 2017
ވޯޓެއް ނެގިއްޔާ ފިލާނެ. މިއަށްވުރެ ދެފުށް ދެގޮތް ގައުމެއް އ.ދ. ގައި މަދުވާނެ.
ސޮކްތެރެޕީ
21 September 2017
ނަޝީދު ތާއީދުކުރަނީ ސޫކީ ކިޔާ އަންހެނަކައް ޔާމިނަ ތާއީދު ކުރެވެނީ މިހެންވީމަ.
ޗާނަލިސްޓް
20 September 2017
ރީދޫހުން ޖެހި ސިކުޑީގެ ގޮވާފަތިބޭ ގަމާރު ކުދިންނަށް ތަންދޮރު ނޭގުން އެއީ ހައިރާން ވާންޖެހޭވަރު ކަމެއްނޫން...، ތޯތޯ...ޔޯޔޯ....އޭނާ ބުންޏޭ، މީނާ ބުންޏޭ.... މީ އެކުދިންގެ ހާލު... ވާނުވާ
ޒާލިމު
20 September 2017
ފުރަތަމަ ކަމަކަށް ކުރަންވީ ރާއްޖެއާއި ދޭތެރޭ ފިޔަވަޅު އަޅަންވީ. އެއީ ރޮހިންޖާގައި މިހިންގާ ޢަމަލްތަކާއި ދެކޮޅޭ ކިޔާފައި ރައްޔިތުން ހައްދާފައި ބައިތިއްބާފައި އަނެއްދުވަހު އެ ޢަމަލްތަކާއި ދެކޮޅަށް އ.ދ. ގައި ވޯޓު ދޭންވީމަ ޖަލްސާއަށް ހާޝިރު ނުވެ ފިލި މައްސަލާގައި. ހަމައެއާއި އެއްކޮށް ރޮހިންޖާއަށް އެހީވާށޭ ކިޔާފައި ދިވެހިން އަތުން ފައިސާ އަތުލަމުން ދާތީ! އެފައިސާވެސް ހަމަޔަށް އެމީހުނަށް ދޭނެކަމާއި މެދު ނުހަނު ޝައްކު. ބުންޏޭ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން މިހާރުން މިހާރަށް ފިޔަވަޅު އަޅާށޯ........ ޗީޑި ދައްކާ ހަޑި ވާހަކަ....
ޕޮކަންޑިމޭން
20 September 2017
ބޭކާރު ވޯޓްތަކަށް ހާޟިރުވުމަށްވުރެ މިސަރުކާރަށް މުހިއްމުވަނީ ފާޅުގައި ރޮހިންޔާ މުސްލިމުންގެ ނަންކިޔުމަށްފަހު އެމީހުންގެ ދިފާޢުގައި ވާހަކަދައްކާ އަޑުއުފުލުން. ރޮހިންޔާއާ އެއްވެސް ވަރަކަށް ނުގުޅޭ ވޯޓެއްގައި ބައިވެރިނުވެގެންއޭ ކިޔާ ހޭދެބައިވެގެން އުޅުނީ އިދިކޮޅުފަރާތްތައް.
ޢަލީބަލީ
20 September 2017
ނަސީބު ތިޔަނަށް ގޮސްފަވެސް އެޖެންޑާގައޮތް އެއްޗެއް ނޯޅުނުކަން. މިފަހަރު ސީދާ ރުހަންޔާއާ ބެހޭ ބައްދަލުވުންކަން ހަނދާންކޮއްދިން މީހަކަށް ތެންކިއު.
ފެނޭދޯ
20 September 2017
ކޮބާ ތަމެންނަށް ފެނޭތޭ މިހާރު މަމެންގެ ޕަވަރު. ފެނޭދޯ. މިފަހަރު ސޫކީ އަށް ރަނގަޅަށް ރާކަނި މަސް ކާން ދޭނަން. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ބަލަންތިބޭތި އިނގޭ.
ރާއްޖެ
20 September 2017
ކޮމަންވެލްތްއިން ވަކިވުމަށް ފަހު ރާއްޖެއަށް ވީ ގެއްލުން އެއްވެސް ނޫހަކުން ނުލިޔަނީ ކީއްވެބާ؟
އަހުމަދާއެވެ
20 September 2017
އަހަރެން ގެ މުޅި ދިރިއުޅުން ހަލާކުވި، އެއީ އަހަރެންނަކީ ކޮމަންވެލް ސްކޮލަޝިޕަށް ބިނާވެގެން ޕީއެޗްޑީ ހަދަން ހިޔާލުކުރ މީހެއް
ހަހަހަ
20 September 2017
ލޮލް
2018 ދޭންވީ ވައްކަމައްތޯ
20 September 2017
އެއްކަލަ ކަމުނުދާ ގަބޫލު ނުކުރާނެކަމައް ބުނާ އދ އައްދިޔައީދޯ މަނަމަ ބޯހަރުކަމުގަ ހުންނާނަން ތިކަހަލަ މީހުންނައް ރީތިކޮއް ބުނާނެ އުނބައްޖެހި މީހުން ޗީޑި ރައްޔިތުން ގަބޫލުކުރޭ މީހަމަ އަމާޒުލާހޫރޭ ދައުލަތެއްކަން