މިއަންމާގެ ނައިބް ރައީސް ވެން ތިއޯ އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
21 ސެޕްޓެމްބަރ 2017 - 11:12
ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 21) - މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ޖަރީމާ ހިންގި ރަކީންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މިއަންމާގެ މަންދޫބު އދ.ގައި ވިދާޅުވެއްޖެ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން މިއަންމާގެ ދެ ވަނަ ނައިބް ރައީސް ހެންރީ ވަން ތިއޯ ވިދާޅުވީ ރަކީންގެ ހާލަތު ރަނގަޅުވަމުން އަންނަކަން އުފަލާ އެކު އިއުލާން ކުރާ ކަމަށެވެ. ވެން ތިއޯ އދ.ގައި ތަގްރީރު ކުރެއްވީ އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީގެ ބަދަލުގަ އެވެ.
އޭނާ ވިދާޅުވީ ސެޕްޓެމްބަރު 5 ވަނަ ދުވަހުން ފެށިގެން ރަކީންގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ކަމަށެވެ. އެކަމަކު އެހާ ގިނަ ރެފިއުޖީން ބަންގްލަދޭޝް އަށް ދާ ސަބަބު ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ. އިން ބުނިގޮތުގައި މިއަންމާ އިން 420،000 ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.
ވެން ތިއޯގެ ތަގްރީރުގައި ރޮހިންޖާ އެ ނަން ބޭނުންކޮށްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ އިޝާރާތްކުރައްވާފައި ވަނީ މުސްލިމުންނަށެވެ. ރަކީންގައި ހަމަނުޖެހުން ހިނގަން ފެށުމުގެ އަސްލެއް ކަމަށް ވެން ތިއޯ ވެސް ވިދާޅުވީ އޮގަސްޓް 25 ވަނަ ދުވަހު ސިފައިންގެ ޕޯސްޓަކަށް މުސްލިމުން ހަމަލާ ދިނުމެވެ.
"އިންސާނީ އެހީ ފޯރުކޮށް ދިނުން އެއީ މިއަންމާ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް. އެހީ އަށް ބޭނުންވާ އެންމެންނަށް ވެސް އެހީ ފޯރުކޮށް ދޭނަން،" ވެން ތިއޯ ވިދާޅުވި އެވެ.
މިއަންމާގެ ރަކީންގައި ހިންގާ ޖަރީމާތަކާ ގުޅިގެން އަން ސަން ސޫކީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެކަމަނާ ދެއްވި ތަގްރީރުގައި ވަނީ ފާޑު ކިޔުންތަކަށް ޖެހިލުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
21 September 2017
ހުރިހާ އެންމެން ބަންގާޅަށް ވައްދާފަ މިހާރު ނެތޯ ހަމަ ނުޖެހުމެއް. އެތާ އިންސާނަކު އެބަ އުޅޭތަ؟
ބަރުބުރުމާ
21 September 2017
ހުރިހާމުސްލިމުން މިޔަންމާ ދޫކޮށްދިއުމަށް ކަލޭމެން އަންގަނީ. ނުދާން ގަދަހަދާނަމަ މަރާލަނީ. އެހެންވީމާ އެންމެން ތިރަށްދުކޮށް ދިޔައިމާ ދެންކޮން ހަމނުޖެހުމެއް އޮންނާނީ.. ކަލޭމެން ބޭނުންވާގޮތްވީމާ އެއޮތީ ހަމައަށްއެޅިފައި.
ސަޅިބައިސާ
21 September 2017
ކާފަރުންގެ ބަހާއި ޢަމަލު ދިމައެއް ނުވާނެ. އެއް އަތުން ޒައިތޫނި ފަތްކޯޅިއެއް ހިއްލާލާއިރު އަނެއް އަތުން ކަނޑިންޖަހާ އެއްހާސް މުސްލިމުންގެ ބޯ ބުރިކޮށްލާނެ.
ފޮނިކަލޯ
21 September 2017
ތި، މީހާ ދައްކާ ވާހަކަ ކިހިނެއްތޯ ގަބޫލް ކުރާނީ އެބުނީ ރަކީންގައި ކަމެއް ހިނގައިގެން އުޅޭކަމެއް ނޭނގޭ ވަހަކަ ތިމީހާ އަކީ ދުނިޔޭގެ އޮޔެއް ވަޔެއް ޖެހޭހިސާބުގައި ދިރިއުޅޭ މީހެއްބާ