ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) މެސީ (މ) އަދި ނޭމާ.-- ފޮޓޯ: އޭއެފްޕީ
22 ސެޕްޓެމްބަރ 2017 - 20:02
ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 22) - ފީފާ އިން މިދިޔަ އަހަރު އަލަށް ތައާރަފްކުރި ފީފާ ބެސްޓް އެވޯޑްގެ އެންމެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ބާސެލޯނާގެ ލިއޮނަލް މެސީ އާއި އެންމެ ފަހުން އެ އެވޯޑް ހޯދި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޕީއެސްޖީގެ ނޭމާ ޝޯޓްލިސްޓްކޮށްފި އެވެ.
ފީފާ އިން އެންމެ ފުރަތަމަ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށީ 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ފީފާ އިން އެވޯޑް ދިނީ ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑާ އެއްކޮށްލައިގެންނެވެ. ބެލޮންޑިއޯއާ ވަކިވެ ފީފާ އިން މިދިޔަ އަހަރު ބެސްޓް ފީފާ އެވޯޑްސް ތައާރަފްކުރި އިރު ބެލޮންޑިއޯ އެވޯޑް ވެސް ވަކިން އަނެއްކާ ދޭން ވަނީ ފަށައިފަ އެވެ.
މިދިޔަ އަހަރު ފުރަތަމަ ފަހަރަށް މި އެވޯޑް ހޯދީ ރޮނާލްޑޯ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލެސްޓާ ސިޓީގެ ކްލައުޑިއޯ ރަނިއޭރީ އެވެ. މި އަހަރުގެ ފީފާ އެވޯޑް އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ލަންޑަންގަ އެވެ.
ގިނަ ބަޔަކަށް ބެލެވިފައިވާ ގޮތުގައި ރޮނާލްޑޯ މި ފަހަރުގެ އެވޯޑް ދިފާއު ކުރާނެ އެވެ. އެއީ ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ ވަނަ އަހަރު ކާމިޔާބު ކުރުމުގެ އިތުރުން އެ ޓީމަށް ސްޕެނިޝް ލީގާއި ޔުއެފާ ސުޕަ ކަޕް ހޯދައިދިނުމަށް އެހީތެރިވެފައިވާތީ އެވެ.
މިދިިޔަ ސީޒަނަކީ ބާސެލޯނާ އަށް އެންމެ ކާމިޔާބު އަހަރެއް ކަމުގައި ނުވިޔަސް ލިއޮނަލް މެސީ ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ގިނަ ރެކޯޑްތަކެއް ހެދިއިރު، މުހިއްމު ލަނޑުތަކެއް ޖެހި އެވެ.
ދުނިޔޭގެ ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވުމުގެ ކުރިން މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ވެސް ނޭމާ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު މިހާތަނަށް އެ ޓީމު ކުޅުނު މެޗުތަކުގައި އަންނަނީ ތަފާތު ދައްކަމުންނެވެ.
މި ފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ޔުވެންޓަސްގެ މަސިމޯ އަލެގްރީ، ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ އަދި ރެއާލުގެ ޒިނެދިން ޒިދާން އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު އެ އެވޯޑް ގެންދިޔަ އެމެރިކާގެ ކާލީ ލޮއިޑް، ވެނެޒުއޭލާގެ ޑޭނާ ކަސްޓެޔާނޯސް އަދި މި ފަހަރު ޔޫރަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނެދަލެންޑްސްގެ ލިއޭކޭ މާޓެންސް އެވެ.
ފީފާ އިން ވަނީ އެންމެ މޮޅު ގޯލަށްދޭ ޕުސްކަސް އެވޯޑާއި ސަޕޯޓަރުންގެ އެވޯޑަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ސަޕޯޓަރުންގެ އެވޯޑަށް މި ފަހަރު ވާދަކުރަނީ ބޮރޫސިއާ ޑޯޓްމަންޑާއި ސެލްޓިކް އަަދި އެފްސީ ކޮޕެންހާގެން ސަޕޯޓަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޮ
24 September 2017
މެސީ އަށް ތިލިއްޖިއްޔާ ރަނގަޅު
ލައިން
23 September 2017
ތިޔާއަށްވުރެއް ރިޔާލްގެ މާސެލޯ ޔުވެންޓަސްގެ ބުފޮން ޝޯޓްލިސްޓުވުން މާ އައުލާކަން ބޮޑު އެއީ ލީގު ނަގައި ޗެމްޕިއަންސްލީވު ފައިނަލަށް ޓީމު ގެންދިޔުމުގަ އެންމެ މުހިންމު ދައުރެއް އަދާކުރި 2 މީހުން... ގޯލު ޖަހާ މީހުން އެކަނިތަ ފުޓު ބޯޅައިގަ މުހިންމުވަނީ؟ ދެން އެންމެންވެސް ފޯވާޑުންނަށް ހަދައިފަ ދެންތިބި ޑިޕާޓްމަންޓްތައް އުވާލަންވީ
ޒަމޯ
23 September 2017
ވަރަށް ސަލާމް މާނިހު އޭކޭއޭ ސީއާރު ސެވަން އަށް، ކްރިސްޓީ މި ސީސަން ފެޝުނު ފަހުން ގެއްލިގެން ހޯދާމީހެއް، އެންމެފަހުން ފެނިފަ ވަނީ މޮރޮކޯ ބޮކްސަރާ އެއްކޮށް، ޖަވާޒް ކީކޭބުނަނީ މިއަށް
ނޭމާ VS މެސީ
23 September 2017
ނޭމާ އަށް މެސީއަށް ވުރެން މޮޅުވެވިދާނެތަ؟
ކެނެޑީ
23 September 2017
ހިޔެއްނުވޭ. ނިމުނު ސީޒަންގަވެސް ރެއާލް ޓީމެއް ގޮތުގަ މޮޅުވީމަ ރޮނޯލްޑޯގެ ނަންމައްޗަށް އަރައިގެން އުޅެނީ، ރޮނާލްޑޯ ދަށެކޭ ނޫން މިބުނަނީ އެކަމަކު ބާސާގެ ޓީމުގެ މިޑްފީލްޑް އަދި ޑިފެންސް މާބޮޑަށް ދަށްވީމަ މެސީ ދަށްހެން ހީވެގެން މިއުޅެނީ.
ބޭބެ
23 September 2017
ޒުވާން ކުދީންނޭ! ފުޓްބޯޅަ ކުޅުމުގެ ސްޓައިލް މިމީހުންގެ ފަރާތުން ކޮޕީކުރަންވީ ހަމަ ބޭނުންވަރަކަށް! އެކަމަކު ނަމަނަމަ މިމީހުންގެ ހުރިހާ ސްޓައިލްތައް ކޮޕީ ނުކުރާތި! އެކަކު ކަންފަތު މުދި ލާފަ! އަނެކަކު އަންހެން ކަނބަލުންގެ އިއްޒަތާއި ކަރާމާތް ވެއްޓޭ ފޮޓޯއެއްގެ ޓީޝާޓެއް ލައިގެން އަދި ޓެޓޫ ޖަހައިގެން!އަނެކަކު ބުމަ ހަދައިގެން.! މީ ހައްތަހާވެސް އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ސްޓައިލްތައް ކަން ކޮންކޮމެން އަބަދުވެސް ހަނދާން ބަހައްޓާތި!
ރަދީފް
23 September 2017
ބޭބޭގެ ނަސޭހަތް ގަބޫލުކުރަން.
ސޯދިގު
23 September 2017
މެސީ ވަރެއްހަމަނެތް އަމިއްލަޔައް ބުރަމަސަތްކަތުން ގޯލުޖަހާ ހަމައެކަނި ތިތަނުން ފެންނަން ހުރީ މެސީ ދެންތިބީ ބަޔަކު ނަގާ ދޮލަނގައް ލީމަ ގޯލުޖަހާމީހުން އެގޮތައް މަމިއޮއް މުސްކުޅި ކޮރުމީހާޔައްވެސް ޖެހިދާނެ
ޙަގީގަތް
22 September 2017
މެސީ ނޫނީނެތް ޖެހިޖެހިގެން 11 އަހަރު ޓޮޕް 3 ގަ ހިމެނުނު ކުޅުންތެރިއެއް. ރޮނާލްޑޯއަށް އެވޯޑްތައް ލިބިފަހުރީ ޓީމްގެ ކާމިޔާބީއަށް. މެސީ ހޯދަނީ އޭނަގެ ތަފާތުކަމުން. ރޮނާލްޑޯގެ ކަމަކީ ޓެޕްކޮށްލުން. މިޑްފީލްޑްގަ ކުޅެމުން ޗާންސް ކުރިއޭޓްކޮށް އެސިސްޓްދީ ސްކޯކުރަމުންދާ މެސީގެ ރެކޯޑްތައް މުގުރާލުން ވ އުނދަގޫވާނެ. އެމްބާޕޭ އަދި ކިރުބޯ ކުއްޖެއް.
ބުރޯ
22 September 2017
ބޮރޯ ތިއީއަދިއިއްޔެ ފުޓްބޯޅަބަލަން ފެށިކުއްޖެއްދޯ! އިޓްސްއޯކޭ.
ޙަނިމް
22 September 2017
ރޮންލްޑޯއަކީ ފޯވާޑެއް، މެސީއަކީ އެޓޭކިން މިޑްފިލްޑަރެއް. ދެމީހުންގެ ޑިއުޓީސްތަފާތު، ފުޓްބޯޅަ ނޭނގެންޏާއަދި ވާނުވާއެއްނޭނގޭނެ. ދެމީހުންނަކީވެސް މޮޅުދެކުޅުންތެރިން.
މަސީ
22 September 2017
ދުވަސްކޮޅަކުން މިއެވޯޑައް މެސީގެބަދަލުގަ ވާދަކުރާނީ ޕީއެސްޖީގެ އެމްބަޕޭ.
ޟެޓަ
22 September 2017
މެސީއްށް ކާމިޔާބުހޯދެނީ ހަމައެކަނި ބާސާގަ! ބޮޑުހަގީގަތް. މިސީޒަނުގަ ރޮނަލްޑޯ 5މެޗައް ސަސްޕެންޑްކޮށް ފޯމުގެއްލުވާލަންވަނީ މަސަތްކަތްކޮއްފަ.
ރޯނުއެދުރު
23 September 2017
ރޮނާޑޯ އަހުލާގީ މައްސަލަ އެއްގަ ސަސްޕެންޑްކުރީ ތަންކޮޅެއް އާވީމަ ބޭފުޅާޔައް އަދިނޭނގެނީ ވާނުވާ
ޜޯނުއެދުރު
23 September 2017
އެމެޗްބެލިންތޯ؟؟؟ ރޮނަލްޑޯއަށް ނުހައްގުންދެއްކި ކާޑެއްއެއީ! ސުއަރޭޒް ޑައިވްކުރީމަ ބަސާއައްޕެނެލްޓީދިނީ، އަދިވެސް ބާސާބަލިވާނެ ރެއާލްއާޖެހިއްޖެއްޔާ.