ޚަބަރު / މީހުން މެރުން

ރޭގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ރޭ މަރާމާރީ ހިންގި ސަރަހައްދުގައި އޮތް ވަޅިއެއް ކައިރީގައި މީހަކު މަޑުކޮށްލައިގެން. މި މާރާމާރީގައި އެކަކު މަރާލާފައިވާއިރު އަނެކަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުން.

މާލޭގައި ރޭ ހިންގި މާރާމާރީގައި ދެ މީހަކަށް ވަޅިން ހަމަލާދީ، އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަން ކަށަވަރުކޮށްދިނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މަރުވީ ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހުމަދެވެ.

މި ހަމަލާދިނުމަށް ބޭނުންކުރި ވަޅި އާއި ހަމަލާދޭން ދިޔަ މީހުން ދުއްވި ދެ ސައިކަލެއް މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެ އެވެ.

މާރާމާރީގައި ޒަހަމްކޮށްލި ދެވަނަ މީހާ އަށް އައިޖީއެމްއެޗްގައި މިހާރު ވެސް އަންނަނީ ފަރުވާދެމުންނެވެ.

މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ތެރެއިން ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ޖުލައި 27 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި މަރާލީ ޓާމިނަލް ކެފޭގެ ތެރޭގައި އިންދަ އެވެ. އަދި ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް 25، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. މި ދެ މަރާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގެ ތުހުމަތަށް އަދިވެސް ފުލުހުން އަންނަނީ މީހުން ހޯދަމުންނެވެ.

23 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 57%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެން އަތްޖަހާ

24 September 2017

25 އަހަރަށް ޖަލަަށް ނުލާތި. 25 އަހަރުގެ މާނައަކީ 1 އަހަރު. ސިޔާސީ މިހަކު 3 އަހަރަށް ލާފަ ހުއްޓާ 25 އަހަރަށް ޖަލަށްލާ މީހާ ޖެހިގެން އަންނަ އަހަރު ފެންނަނީ މަގުމަތިން. މީ ހަޤީޤަތް.

The name is already taken The name is available. Register?

އަލީ!

24 September 2017

ދެން އެމީހުންގެ ދިފާއުގައި ރައީސް މީހާ އަރާ ބުނޭ ލައިގެން ހުރި ސޯޓް ގެ މައްސަލައެކޭ އެއީ.

The name is already taken The name is available. Register?

ބޫމް

24 September 2017

މިއީ މިސަރުކާރުން ތަންފީޒުކުރި ކިތައްވަނަ މަރުބާ؟ ޔާމީނު އެ ވިދާޅުވިހެން މަރުގެ ޙުކުމް އެބަ ތަންފީޒުކުރޭވިއްޔަ.

The name is already taken The name is available. Register?

އައްޑޫ ރަދުން

24 September 2017

ބުންޏަސް ގަބޫލު ނުކުރާނެ ވާހަކައެއް ބުނެފާނަން...ތިގޮތަށް ޕޮލިހުން މީހުން ކުރިމަތިން ބިޑި އަޅުވައިގެން ހެންވޭރު ކޮޅުން ހައްޔަރު ކުރާމީހުން ސޯޝަލްސެންޓަރު ކައިރިއަށް ދޫކޮއްލާފަ އެބަހުރި...ދެން ދުވަސްކޮޅަކަށް މާލެއިން ގެއްލި ގަންނަނީ...ނޫސްވެރިންނާއި އާންމުން އެމީހުން ޖަލުގަ ތިބީތީވެ އުފަލުން އެމީހުން އުލިގަމުގަ އުފަލުން..

The name is already taken The name is available. Register?

ހަސަންް

24 September 2017

ގޭންގު ތަކައް ފުޓްސަލް ދަޑު ދީ އެގޭންގުގެ ނަން ޖަހާފަ އެމީހުން ނައްހަރަދުކުރަނީ ސަރުކާރުން... ޕޮލިސް ގެ ކަމަކީ މުޒާހަރާ ހުއްޓްވުމާ ސްޓިކާޖެހުން.......

The name is already taken The name is available. Register?

ތެއާސާ.

24 September 2017

އަހަރެމެންގެ ކަމަކަށް ވާންވީ އަތްޖެހުން. #ދެންއަތްޖަހާ

The name is already taken The name is available. Register?

ކަތްދަ

24 September 2017

އަތް ޖަހައިގެން ކުށްމަދުކުރުމުގެ ޕްރޮގްރާމެއް ޖައްސަން ފެނޭ.

The name is already taken The name is available. Register?

އިންޞާފު

24 September 2017

މީހަކު މަރާލާއިރަށް ހޯމްމިނިސްޓަރު އިސްތިއުފާދޭންޖެހޭތޯ؟ އިސްތިއުފާ ދޭންޖެހޭނަމަ ސަބަބަކީކޮބައިތޯ؟ ހޯމްމިނިސްޓަރުގެ ދަރިންތޯ މަގުމަތިވެގެން މީސްމީހުންގެ ގަޔަށް ވަޅިހަރަމުން އެދުވަނީ؟ ބަލަ ކޮންމެ ދަރިއަކީވެސް ދެމަފިރިއަކާ ޙަވާލުކުރައްވާ މާތްﷲ ސުބުހާނަހޫ ވަތަޢާލާ މިދުނިޔެއަށް ޚަލްޤުކުރައްވާ ބައެއް. އެކަމާޙަވާލުވެފައިވާ މީހުންގެ ޒިންމާއަކީ ކޮބައިތޯ؟ ދަރިންބަލާބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ ޒިންމާއަކަށްވާއިރު އެމީހުންގެ ދަރިންގެ ފަރާތުން ހިންގާ މިކަހަލަ ޖަރީމާތަކުގެ ޒިންމާ ނަގަންޖެހެނީ ހޯމްމިނިސްޓަރުތޯ؟ އެހެންކަމަށްވާނަމަ މިފަދަ ކަންކަން ނުހުއްޓޭނެ. މައިންބަފައިން ޒިންމާނަގާ ކުދިން އިސްލާހުކުރޭ. ހޯމްމިނިސްޓަރުގެ ޒިންމާއަކީ ޤާނޫނީގޮތުން މިފަދަ ކަންކަމާދޭތެރޭ އަޅަންޖޭ ފިޔަވަޅުތައް އެޅުންކަމަށްވާއިރި އެކަން އެމަނިކުފާނު ކުރައްވާނެ. ތިމާމީހާގެ ދަރިންގެ ކިބައިން މިފަދަކަންކަން ވިޔަނުދިނުމަށްޓަކާ މަސައްކަތްކުރުމަކީ ކޮންމެ ބައްޕައަކާއި މަންމައެއްގެ ވާޖިބެއް.

The name is already taken The name is available. Register?

އިގްބާލް

24 September 2017

ދެން ކަންކަން ނުވާވަރުން ހޯމްމިނިސްޓަރު ފޮނިކަނޑަނީ ކީއްވެ؟ އެންމެފަހަރަކުވެސް ހޯމް މިނިސްޓަރު ތިޔަހެން ބުނެފިނަމަ އަހަރެމެން އިސްތިއުފާއަށް ނުގޮވާންނަން.

The name is already taken The name is available. Register?

ކަމާލް

24 September 2017

އަދި މިހާތަނަށް ތި ހޯމް މިނިސްޓަރުގެ ޒިންމާއެއް ފެނިފައެއް ނެތް. ދެން މިހެން ބުނީމަ ބުނާނެ އެމެރިކާގަވެސް 1800އި ގެ އަހަރުގަ މީހަކު މަރާލިމީހާ އަކީ ކާކުކަން އެގުނީ ދާދި އިހަކަށް ދުވަހުއޭ ބަލަ މީ އެމެރިކާޔަށް ވުރެ ކުޑަތަނެއް އެވެނި މީހާގެ ދަރި މިވެނި މީހާޔަށް އެގޭ ވަރުގެ ކުޑަތަނެއް ވަރަށް ސަލާމް ހޯމްމިނިސްޓަރު ބޮލައްލައިގެން އުޅޭ

The name is already taken The name is available. Register?

ޢަންދާ ގާނޫން

24 September 2017

އަސްލުވެސް ދޭންޖެހޭ !!! އެވަރު ނުވިސްނޭ މީހަކު ކޮމެންޓް ނުކޮށް ހުރޭ .

The name is already taken The name is available. Register?

Citizens

24 September 2017

އެންމެން ކުރިމަތީ ތިމީސް މީހުނަށް ޙުކުމް ތަންފީޒް ކޮށްބަލަ، ދެން ތިބިބަޔަކަށް ޢިބްރަތަކަށް ވެސް ވާނީ އޭރުންތާ ... ވެރިކަމާ އިދިކޮޅަށް އެއްޗެއް ބުނާއިރަށް ޖަލަށް ލެވޭ ގޮތަށް، މިކަންވެސް ތަނކޮޅެއް އަވަހަށް ކުރަން ހިނގާބަލަ ... ކިތަށް ފުރާނަ މިދަނީ ...

The name is already taken The name is available. Register?

ތަންފީޒު

24 September 2017

މަރުގެ ހުކުމް ތަންފީޒުކުރަނީކަމަށް ވެދާނުން. އެކި ޤައުމުގައި އެކަން ކުރަނީ އެކިގޮތަށް, މިހާވަރަށް އަޑަށް ބާރުލާފަ, މަރުގެ ހުކުމް ތަންފީޒުކުރާނަމޭ ބުނަނީ މިގޮތަށް ކުރަންބާ.

The name is already taken The name is available. Register?

ފަރުހާދު

24 September 2017

މީހުންގެ ގަތުލު ހިނގުމުގެ ކުރިން އޭނަ އަށް ނަފްރަތު މާހައުލު އުފެދޭ. ދުލާ ގަލަމުން. އަސްލު ގަތުލު ހިނގަނީ މާ ފަހުން. އަފްރާޝީމް، ޔާމީން..ގެ ކަންތައް ހިނގީ މިހެން.

The name is already taken The name is available. Register?

ރަންދެލި

24 September 2017

މުއްދަތު ޖަހައިގެން އިތުރު ކުރާ ބަޔާއެކު ޖުމްލަ 7 ދުވަސް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454