އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ބަޔަކު މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
26 ސެޕްޓެމްބަރ 2017 - 06:14
ސީރިއަސް މައްސަލައެއްގައި، މިސާލު ނަގަން މި ޖެހެނީ ސިޔާސީ ކަންތައްތަކަކާ ގުޅުވައިގެންނެވެ. ރިޝްވަތު ދިނުމުގެ ތުހުމަތަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ސިޔާސީ ޕޯޑިއަމެއްގައި ދެއްކި ވާހަކައެއް ކޮރަޕްޝަންގެ އަމަލަކަށްވެ ކުށް ސާބިތުވެގެން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ޖަލަށް ލައިފި އެވެ. ބިރު ދެއްކި ކަމުގެ ތުހުމަތަށް ހައްޔަރުކޮށް، ބަންދުން ސަލާމަތްވާނެ ދުވަހެއް ނޭނގިފައި ތިބި މީހުން ވެސް އެބަ ތިއްބެވެ.
އެކަމަކު މަރުގެ ބޮޑެތި މައްސަލަތަކާއި ޓެރަރިޒަމާ ގުޅުން ހުރި ވަރަށް ސީރިއަސް މައްސަލަތަކުގައި ޝައްކުކުރެވޭ އެތައް ބަޔަކު މިނިވަންކަމާ އެކު އެބަ އުޅެ އެވެ. އެ މީހުން ބަންދުގައި ބައިތިއްބަން އެކަށީގެންވާ ވަރަށް ހެކި ލިބޭ ކަމަކަށް ނުވެ އެވެ. ނުވަތަ އެ މީހުންނާ ދެކޮޅަށް ހެކި ހޯދުމާއި ހައްޔަރުކުރުމުގައި ކޮންމެވެސް ގާނޫނެއް ނުވަތަ ގަވައިދަކާ ޚިލާފުވެވިގެން އެ މީހުން ދޫކޮށްލަން ޖެހެނީ އެވެ. އެއީ މައްސަލައެއް ނޫނެވެ؛ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް ހައްޔަރުކޮށް ނުވަތަ ހެކި ހޯދައިގެން އެއްވެސް މީހެއްގެ މިނިވަންކަން ނަގާލައި ނުހައްގު އަދަބެއް ދީގެން ނުވާނެ އެވެ.
ނުރައްކާތެރި މީހުންގެ ގޮތުގައި ބެލެވޭ އެތައް ބަޔަކު ހައްޔަރު ނުކުރެވި މިނިވަންކަމާ އެކު އުޅެމުންދާ މައްސަލާގައި ފާޑުކިޔުން އަމާޒުވަނީ ސިޔާސީ ގޮތުން ކަމަށް ވިޔަސް މިކަމާ ސިޔާސީ ކަމަކަށް ވުރެ ސީރިއަސްކޮށް ވިސްނަން ޖެހިއްޖެ އެވެ.
ނުރައްކާތެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަށް މިހާރުވެސް ހުރީ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެފަދަ ކަންކަމާ ގުޅުން ހުރި ކަމަށް ޝައްކުވާ ބަޔަކު އެބަ އުޅެ އެވެ. އެކަމަކު އެއިން މީހެއްގެ ގައިގައި އަތްލެވެން ނެތީ ކީއްވެތޯ އެއީ ވަރަށް ބޮޑު ސުވާލެކެވެ. މިފަދަ ބައެއް މީހުން ހައްޔަރުކުރި ނަމަވެސް ދުވަސްކޮޅަކުން އެ މީހުން ދޫކޮށްލަން ޖެހެ އެވެ. ސިޔާސީ މިސާލު ނަގަން ޖެހެނީ އެ ހިސާބުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމާ ދިމާކޮށް މަގުމައްޗަށް އެއްވި މީހުން ފަހަތަށް ޖައްސަން ސަލާމަތީ ބާރުތަކުން މަސައްކަތްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުން އަދި ފިލައިފާނެ ކަމަށް ގަބޫލުކުރެވުން ހިމެނެ އެވެ. މިފަދަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ބޮޑީ ކޮން ބަޔަކާ މެދުގައިކަން އާންމު ވިސްނުމުން ވިސްނާލިޔަސް އެނގެ އެވެ.
"މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެއްޖެ. ޓެރަރިޒަމް ފަދަ މައްސަލަތަކުގައި މީހަކު މި ހައްޔަރުކުރަނީ އާންމު އުސޫލުން ހޯދާ ހެއްކަށް ބަލައިގެންނެއް ނޫން. ގިނަ ފަހަރަށް މި ހުށަހަޅަނީ އިންޓެލިޖެންސް ރިޕޯޓް. މާ ވަރުގަދަ ހެއްކެއް ނުހޯދޭ. ދުނިޔޭގެ ފެންވަރުގައި ހިންގާ ޓެރަރިޒަމާ ގުޅުން ހުރި އަމަލުތަކާ ގުޅޭ މައްސަލަތަކުގައި އާންމު ހެކި ހުށަހެޅުމަކީ، ހަމަ ގިނަ ފަހަރަށް ކުރެވޭނެ ކަމެއް ނޫން،" މިފަދަ މައްސަލަތަކާ ބެހޭ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.
އޭނާ ބުނީ ޓެރަރިޒަމާ ގުޅުން ހުރި ކަންކަމުގައި ހެކި ހޯދުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގާނޫނީ ތަފާތު ހަމަތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެކަމަކު އޭނާ ވެސް އެއްބަސްވި ގޮތުގައި، އެއް ބާވަތެއްގެ ހެކީގެ މައްޗަށް ބިނާކޮށް އެކި ފަހަރު އެކި ގޮތަށް ކަންތައް ވަމުންދާ ކަމަށް ބެލެވޭނެ ކަންކަން އަންނަނީ ހިނގަމުންނެވެ.
"ބައެއް މީހުންނަކަށް ނުވިސްނޭ ޓެރަރިޒަމްގެ މައްސަލަތަކުގެ ސީރިއަސްކަން ހުރީ ކިހާ ވަރަކަށް ކަމެއް. ޓެރަރިޒަމްގެ ވާހަކަ ދެއްކުން ވެސް އޮތީ ސިޔާސީ ވެފައި. ގޯސްވަނީ އެ ވާހަކަ ދައްކާ މީހަކު،" ނުރައްކާތެރި މީހުން ދޫވެގެން ދާއިރު އެކަމާ ވާހަކަ ދައްކަން ކެރޭ މީހަކު ވެސް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް، ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެހެންވެ މިކަމާ ސީރިސްވާނެ މީހަކު ނެތް. ޕްރެޝަރެއް ނެތް. ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑުކަން ގަބޫލުކޮށް، އެކަމާ ވަރަށް ބޮޑަށް އުޅެންވެއްޖެ،"
ހަނގުރާމައަށް ދާން އުޅެނިކޮށް ރާއްޖެ ގެނެސްފައިވާ އެތައް ބަޔަކު ހެކި ނެތިގެން ދޫވެފައި ތިބި އިރު މީހުން ވަގަށް ނެގުމާއި ރަހީނުކުރުން ފަދަ ކަންކަމުގައި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް އެ މީހުން ހައްޔަރު ނުކޮށް ކުރިއަށް އެބަ ގެންދެ އެވެ.
"މިއީ ވަކި ބަޔަކަށް އަދަބު ލިބޭތީ ނުވަތަ ވަކި ބަޔަކު ސަލާމަތްކުރަން ޖެހޭތީ ދައްކަން ޖެހޭ ވާހަކައެއް ނޫން. ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް ޓެރަރިޒަމްގެ ވާހަކަ ދައްކަން އެބަ ޖެހޭ. ވަރަށް ނުރައްކާ މީހުން އެބަ އުޅޭ. މިކަން ސިޔާސީ ކޮށްގެން ނުވާނެ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ހަރުކަށި، ނުރައްކާ މީހުންނަށް ކޮންމެ ސަރުކާރަކުން ވެސް ލުއި ގޮތްތައް ފަހިކޮށްދީފައިވާ ކަމަށް ބުނަން ޖެހޭ ކިތަންމެ ކަމެއް ހިނގާފައި އެބަހުރި ކަމަށެވެ. މިފަދަ މީހުން "ހައްދައިިގެން، ސިޔާސީ ފައިދާ ނަގަނީ" ކަމަށް ސިޔާސީ މީހުންނަށް ގަބޫލުކުރެވުނަސް އެއީ އޭގެ އިދިކޮޅަށް ހިނގާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
"ފައިދާ ނަގަނީ އެ މީހުން. އެންމެ ފަހުން، މަޑުމަޑުން ގޮސް މިހާރު މި އޮތީ ވަރަށް ގޯސް ހިސާބެއްގައި،" އޭނާ ބުންޏެވެ.
އެންމެ ނުރައްކާ ތުހުމަތުކުރެވޭ މީހުން މިނިވަންކަމާ އެކު އުދުހޭއިރު ކޮޅެއް މެދެއް ނޭނގޭ އަރަތެއް ފަދަ ތުހުމަތުތަކުގައި އެއްބަޔަކު ޖަލުގައި ތިބެން ޖެހުމުން އެކަން ވާނީ ސިޔާސީ އެވެ. އެ ވާހަކަ ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރިދެކުނު
29 September 2017
މިގައުމު ހަލާކުގެ ތެރެއަށް އެއްލާލައިފި..ސިޔާސީގޮތުން އެވެރިންނަކަށް އެއްވެސްމަންފާއެއް ނުކުރާނެ.ގޭންގުތަށް ނަށްތާލައި މަސްތުވާތަކެތީގެ ވަބާ މިގައުމުން ފިލުވާލެވިގެން ނޫނީ ގައުމު ހަމައަކަށް ނޭޅޭނެ...# 5 އަހަރުގެ 1 ދައުރު ވެރިކަން ކުރެވޭގޮތަށް ގާނޫނަށް ބަދަލްގެންނަންވެސް ޖެހޭ...
އަލީގ
26 September 2017
ތިކަމުންވެސް ސާފުވަނީ މިގައުމުގެ ވެރިންނަކީ ކޮބައިކަން.
ރަންދެލި
26 September 2017
ކަނޑުފޭރުމުން ފެއްޓި ބަޔަކު ނިމިދާނީ ވެސް ކަނޑު ފޭރުމުގައި. އެއީކީ ހައިރާން ވާން ޖެ ހޭ ކަމެއް ކަމަކަށް ނުދެކެން!
އިބްރާހިމް
26 September 2017
ބޮޑެތި ކުއްވެރިން ނަކީ ޔާމީން، ނަޝީދު، މައުމޫނު، ވަހީދު ސިޔާސީ ގޮތުން ވާގިއެދޭ މީހުން! އެހެންވީމަ ކީއްކުރާނީ!
ރުމާލު3
26 September 2017
މަމެންގެ މިސަރުކާރުގައި ބޭނުންހާ ގޮތަކަށް އުޅޭކަށް ފުރުސަތެއް ނުދެވޭނެ.. ސޮރީ ގޭގައި ބަސް އަހައިގެން ތިބޭ މީހުން ޖަލަކަށް ނުލާނެ.. ވަރަށް ސަލާމް
އަރޫ
26 September 2017
އެކަމަކު ނާޒިމްސާރ އޭނަގެ ގޭގަ އޭނަގެ އަނބިމީހާ ކާރީ ނިދާފަ އޮއްވަ ހައްޔަރުކޮށް ގެންގޮސް ޖަލަށްލީ ؟؟!!
ގާދިރު
28 September 2017
ވަޅިހިފައިގެން މީހުންމަރާކޮށަމުންދުވާ މީހުންނައް ތި ޕީ ސަރުކާރުގަބޭނުންހާގޮތަކައްއުޅެވޭނެ ހަލާލެއް ހަރާމެއް ބަލާކައްނުޖެހޭއެބުނަނީދެން އތްޖަހަ
މަރީނު
26 September 2017
މިގައުމުގައި މަރުވެ ދިޔަ އެއްވެސް ފުރާނައަކަަށް އަދި ނިސްބަތްވާ އާއިލާއަކަށް ލިބުނު ހިމާޔަތެއް އިންސާފެއް އަހަރެންގެ ހަޔާތުގައި ނުދެކެން.. މަޖުލިސް މެމްބަރަކަށް ވިޔަސް، ނޫސއ ވެރިޔަކަށް ވިޔަސް، ދަނޑުވެރިއަކަށް، މަސްވެރިއަކަށް، އިލްމުވެރިއަކަށް ވިޔަސްމެއެވެ. މަހުޝަރު ދުވަހުން އަހަރުމެންގެ މައްޗަށް އެކުލަވާލާފަވި ފަނޑިޔާރުންނާއި، އިންސާފު ދަމަހެއްޓުމުގެ ޒިންމާ އެޅިފައިފާ މުވައްސަސާތަކުގެ ވެރިން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެސް ޝަރީއަތްކުރެވޭނެއެވެ. އެދުވަހަކުން ފިލައިގެން ދޮގުހަދައިގެން އޮޅުވާލައިގެން، މައްސޫލިއްުޔަތުން ބަރީއްޔަވެގެން ނުދެވޭނެއެވެ.
ނޫނެކޭ
26 September 2017
ރަނގަޅު ވާހަކައެއް. އެކަމަކު މަހުޝަރާ ހަމަޔަށް މަޑުކުރުމަކީ އަހަރުމެންނައް ދެއްވާފައިވާ ފިކުރު ކުރުމުގެ ބާރައް ފުށުއަރާކަމަކަށްވޭ. އެބަހީ އަހަރުމެންގެ ދަރިންގެ މުސްތަގްބަލް އުޖާލާކުރަން ބޭނުންވާތީ. ހެޔޮކަންތަކަށް ވާގިވެރިވުމަށް އެދި ދުޢާކުރުން އަދި އަމަލާ އި ހިކުމަތުން ބާތިލު ވަކިކުރުން.
އިޝޫ
26 September 2017
އަނަސް ގެ މަރުގެ މައްސލައިގައި ރައީސް ވިދާޅުވީ ޓީޝާޓަ މައްސަލަ އޭ، އޮޅުމެކޭ!! މި ހާލަތުގަިއ ގަުމު އޮތީ ދެން ވަނެ އެއޗެއް މިވަނީ
ހަވަރު
26 September 2017
ނުރައްކާ މީހުން ހަމަ އުދުހެންވީ. ދިވެހި ރައްޔިތުން ދެކޭގޮތުގަ އެއީ ގޭންގް ސްޓާރުންނެއް ނޫން. އެއީ ޒުވާނުން. ނުރައްކާތެރި މީހަކާމެދު ފުލުހުން ހަރުކަށި ވެއްޖެނަމަ އެންމެން އެދުވަހު ހަތަރުދަމުން ގޮވާނީ ޒުވާނުންގެ ޙައްގުތަކަށް ފުލުހުން އަރައިގެންފިއޭ، ޒުވާނަކަށް އަނިޔާ ކޮށްފިއޭ، އެކަންކުރި ފުލުސްމީހާ މަގުމަށްޗަށް ނެރެ އަނދަގޮނޑި ޖަހާށޭ. ފުލުހުން މަސްއޮޑިގެ ތަޅާލި ދުވަހު ރައްޔިތުންގެ ފެންވަރު ވަރަށް ރަނގަޅަށް އެނގިއްޖެ. ދެން ތިވާހަކަ ނުދައްކާ ތިބޭ. ވައްސަލާމް
ޒެޑްސް 1
26 September 2017
ކުރީގައި ދިޔަ ދުވަސް ތަކެއް މާރާމާރީ ހިންގާ ގޭންގް މެންބަރުން ބަންދުގައި ތިބި ދުވަސް ވަރެއް، ހެއްކަށް ނުފޫޒު ފޯރުވާފާނެތީ. މިހާރު ހެއްކަށް ނުފޫޒު ފޯރުވާތީ ބަންދުގައި ތިބެންޖެހެނީ ސިޔާސީ މީހުން.
ހުސެންބެ
26 September 2017
އާ މިލިއުން ކިޔާލުމުންވެސް އެގޭ..ޓޭޕު އަޅާފަ ހުރިކަން..މިނޫސް ކިޔާލާ ކޮންމެ ފަރާތަކައްވެސް އެގޭނެ...