ނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މަފާޒް: އެ މައްސަލާގައި ހަތަރު މީހަކަށް ވަނީ ދައުވާ ކޮށްފައި -- ފޮޓޯ: ހުސެން ވަހީދު/މިހާރު
27 ސެޕްޓެމްބަރ 2017 - 17:54
މިދިޔަ ޖުލައި މަހު މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާކޮށް، ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާކޮށް މިދިޔަ ބުދަ ދުވަހު ކޯޓަށް ފޮނުވާފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ސާމިހުގެ އިތުރުން ކުޑަކުއްޖެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެކަކަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު ބާކީ ތިބި ތިން މީހުންނަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުުމުގެ ދައުވާ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓޭޝަން އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވީ، ނަދީމަށް ހަމަލާދީފައިވަނީ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަމުގެ ބަދަލު ހިފުމަށް ކަމަށެވެ. އެ ހަމަލާގައި ނަދީމްގެ ވާތް ފަރާތު ކަންފަތް ކައިރި އަށް ވަޅި ހަރާފައިވާ ކަމަށާއި އެ ވަޅި ވެސް ހޯދިފައިވާ ކަމަށް ސާމިހު ވިދާޅުވި އެވެ. ހަމަލާދިނީ އެކަމަށް ތައްޔާރުވެގެން ސައިކަލުތަކެއްގައި ގޮސް، އޭގެ ތެރެއިން ބަޔަކު ކެފޭގެ ތެރެއަށް ވަދެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވަނީ ބަދިގޭގައި ބޭނުންކުރާ ޒާތުގެ ވަޅިކަން ފާހަގަކޮށްލަން. ސީނަށް ބެލި ބެލުމުން މިދެންނެވި ވަޅި ސީނުން އެއްކުރެވިފައިވޭ އެވިޑެންސްގެ ގޮތުގައި." ފުލުހުންގެ މޭޖާ ކްރައިމް މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ވާހަކަ ދައްކަވަމުން ސާމިހު ވިދާޅުވި އެވެ.
ހަމަލާގައި މަރުވި ނަދީމް
ނަދީމްގެ އިތުރުން އޭނާއާ އެކު ކެފޭގައި އިން އެހެން މީހަކަށް ވެސް ހަމަލާދޭން އެ ގުރޫޕުން މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބު ނުވީ އެތަނުގައި އެވަގުތު ތިބި މީހުން އެކަމާ ދެކޮޅަށް އުޅުމުން ކަމަށް ސާމިހު ވިދާޅުވި އެވެ.
"އެ މީހުންނަށް ކާމިޔާބު ނުވީ އެ ފަރާތުން ވެސް އަދި ކެފޭގައި ތިބި ފަރާތްތަކުން ވެސް އެކަން ވިޔަ ނުދިނުމަށް އެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމުގެ ތެރޭގައި. މި މަސައްކަތުގެ ތެރޭގައި ކެފޭގައި ހުރި ބައެއް މުދާތަކަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވޭ،" ސާމިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަމަލާދީފައިވަނީ މޫނު ނިވާކޮށްގެން ކަމަށް ވިޔަސް އެ މީހުން އަތުލައިގެންފައި ވަނީ 60 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް، ހޯދި ހޯދިންތަކުންނާއި ލިބުނު އެހެން މައުލޫމާތުތަކަށް ބިނާކޮށެވެ. އެ މައްސަލާގައި ފުރަތަމަ މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށް ސާމިހު ވިދާޅުވި އެވެ.
"މާލެ ތެރޭގައި މި މީހުން އުޅުނީ. އެހެން ނަމަވެސް މިއީ މީގެ ކުރިން މިފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތައް ކަން ފާހަގަ ކުރެވޭ ހިނދު އެ މީސްމީހުން އެކި ތަންތަނުގައި ފިލާ އުޅޭކަން ފާހަގަ ކުރެވިފައި ވަނީ،" ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވި ގޮތުގައި މަރުވި ނަދީމަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އެކަމަކު ހައްޔަރުކުރި ހަތަރު މީހުންނަކީ އެކި ކުށުގެ ރެކޯޑް އޮންނަ އަދި ބައެއް މައްސަލަތަކުގައި ދައުވާކޮށްފައި ތިބި ފަރާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި ދައުވާކުރާ މަފާޒަކީ މޮނިކޮން އަމުރަކާ ޚިލާފްވެގެން ދައުވާކޮށް، ޖަލަށްލި މީހެކެވެ. އޭނާ މިހާރު ވަނީ އެ ހުކުމް ތަންފީޒުކޮށް ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
28 September 2017
މިކަން ހުއްޓުވަން އުޅެނީ ކާކު؟ މާލޭގެ ގޭގޭގެ ކުލި ކޮންޓްރޯލު ކުރާވާހަކަ އެކަކުވެސް ނުދައްކާ ބީދައިން މިފަދަ މާރާމާރީ އާއި ގަތުލު އާންމު ހުއްޓުވަންވެސް ބަޔަކު ނުއުޅެއެވެ. ފުލުހުންނަށް އެކއެކި ފަރާތުން އިރްޝާދުލިބޭ ގޮތަށް ފުލުހްން މަސައްކަތް ކުރަން ތިބިއްޔާވެސް މިކަން ނުހުއްޓޭނެއެވެ.
ދުއްރަ
28 September 2017
ތިޔަ ގުރޫޕްތަށް ނައްތާލެވިގެން މާރާމާރީ ހުއްޓުވޭނީ، އެފަދަމީހުންނަށް މިނިވަންކަން ދެވޭތީ ނުހުއްޓުވިގެން މިއުޅެނީ . ޤާނޫނުނަށް ބަދަލު ގެނެސްގެން މިފަދަމީހުން މައިތިރިކުރަންވެއްޖެ.
ޅިޔަންބެ
28 September 2017
ފުލުހުން އެންމެ ރަގަޅުވާނީ ޑްރާމާ ކުޅެންށާއި ސްޓޭޖް ޝޯތައް ބާއްވަން. އެނޫން ކަމަކައް އެމީހުން އެއްވެސް މޮޅެއްނުވާނެ. މާލެތެރޭ އިންތިހާ ބޮޑެތި ޖަރީމާތައް ރޯމާ ދުވާލު އެންމެން ކުރިމަތީ ހުއްޓުމެއްނެތި ހިނގާއިރު ފުލުހުންނައް ރޭކާވެސް ނުލާ. އެކަމު އެމްޑީޕީ ހަރުގެތެރޭ މީހަކު އުކުނި ކޮއްޓާލިޔަސް ފުލުހުންނައް އެކަމެއް ހިނގިވަގުތާއި ނަމާ އެޑްރެސް ވަގުތުން އިނގޭ.
ހުވަދޫ އަލިބެއްޔާ
27 September 2017
މި ފުރަ މާލޭގައި ނުރައްކާތެރި ގޭންގް ހަދައިގެން މީހުން މަރަން ރާވާ، އެކަން ކުރަން ހިއްވަރުދޭ މީހުންވެސް ހިފާ ހައްޔަރު ކުރަން އެބަ ޖެހޭ.. ޢަމަލީ ގޮތުން ބައިވެރިނުވެ މިވެނި މީހަކު މަރަން، މިވެނި ގޮތަކަށް ހެކި ނައްތާލަން ނަސޭހަތްދީ ލީޑް ކުރާ މީހުން ހައްޔަރު ކުރެވެން އެބަ ޖެހޭ. މިކަމަކީ ނުކުރެވޭނެ ކަންތަކެއްނުން.. އިސްކޮށް މި އުޅެނީ އަތުގެ އިނގިލިން ގުނާލެވޭހާ މަދު ބައެއް.. ބޭނުން ވަނީ ހައްޔަރު ކުރެވޭނެ ހިއްވަރެއް. ސަރުކާރުން ގޭންގްތަށް ދެކެ ބިރު ގަންނާކަށް ނުޖެހޭ.
އފ
27 September 2017
އަހަރެމެންނަށް ވެސް އެނގޭ ޖަލުގަތިބެންޖެހޭ މީހުން މަގުތަކުގައި މަގުތަކުގައި ތިބެންޖެހޭމީހުން ހަލުގައިތިބީމާ އަމާންނުވާނެކަން.
ހަސަން
27 September 2017
ދިވެހި ފުލުހުން ހާދަ މޮޅޭ ... ބަދިގޭގަ ބޭނުން ކުރާކަހަލަ ވަޅިޔެއްކަންވެސް އިނގިއްޖެ. މިހާތަނަށް ހިނގާފަހުރި ގިނަ މަރުމައްސަލަ ތަކުގައި ކާފީ ހެކިނެތިގެން މިނިވަންވީ ކިހާ ކުއްވެރިއްނެތްތޯ ... ކޮނޑަށް ގިނަ ފައްތަކެއް އެރުވިޔަސް އަދި ނުފުދޭދެ.
އަދިވި
27 September 2017
އަދިވެސް މަރަށް މަރޭގޮވާ، އެއޮތީ މަރަށް މަރު ހިފާފަ. މަރަށް މަރަކީ ހައްލެއްނޫން.
ކުމާރު
27 September 2017
ޕެންސިލަކަސް ފޮހޭ ރަބަރަކަސް އެހެން މީހަކަސް ކޯޓަށް މައްސަލަ ފޮނުވީމަ އެނިމުނީކީ ނޫން.ގޭންގު ވަޔަލެންސް ހައްލުކުރެވޭނީ މައްސަލައިގެ ރޫޓް ކޯސް އަށް ފީނާ ބަލާ ހައްލު ހޯދައިން.ސިޔާސީ މީހުންގެ ކޯޓް ތެރެޔަށް މި ނުވިސްނޭ ނޫކަށިފުރައިގެ ޒުވާން ކުދިން ލައިން ހިމާޔަތް ދެންޏާ އެލް ސަލްވަޑޯ،ހޮންޑިއުރަސް ނޫނީ ޕެނަމާ ސިޓީ ހާލަތަށް މާލެ ވެއްޓެން މާގިނަ ދުވަސް ތަކެއްނުނަގާނެ
އިޔެ
27 September 2017
އެއްވެސް އިންސާނަކު މަރާލަން ޖެހޭ ސަބަބެއް ނޯންނާނެ. ފުލުހުންވެސް ނުޖެހޭ، މަރާލި ސަބަބަކީ ބަދަލު ހިފަންށޭ ބުނާކަށް. އަދި މިފަދަ ހަމަލާތައް ހުއްޓުވުމަށް މަސައްކަތްކުރާ މީހުންގެ އަގުވަޒަން ކޮށް، މީހަކު މަރާލެވޭ ވަގުތު އެތަނެއްގައި ހުރެ ކަމެއް ނުކުރާ މީހުންނަށް ވެސް އަދަބު ދޭން ޖެހޭ. މާލޭގައި އުޅޭ ކޮންމެ މީހަކަށްވެސް ސެލްފް ޑިފެންސް ޓްރޭނިންގް ލިބޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާ، މާރާމާރީ ހިންގުމުގެ ތާރީހު އޮތް ކޮންމެ މީހަކު ފަސޭހައިން އިނގޭނެ ޓެގެއް ކަރުގަ އަޅުވަން ޖެހޭ.
އަރިދެކުނު
27 September 2017
މާތްކަލާކޯ އަވަހަށް ތިމީހުން ދޫކޮއްލާ..އެހެންނޫނީ ސަރުކާރުތަކުން މިރާއްޖޭގަ ހަދައިގެން ތިއުޅޭ ގޭންގުތަކުން އަނެއްކާ ވެއްޖެ އެއްނު ބަދަލްހިފަން ޒުވާނަކު ކޮށާލަން..ބަލަ މިކަން ހުއްޓުވަން،އުޅޭނަމަ ތިޔައީކީމާބޮޑުކަމެއްނޫން...