ހުޅުމާލޭގައި މިރޭ މަރާލި ހާރިސް އަބްދުލް ޣަފޫރު
29 ސެޕްޓެމްބަރ 2017 - 23:10
ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ. އަދި މާލޭގައި ވެސް ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި އެ މާރާމާރީގައި މަރުވީ ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ހާރިސްގެ ހަށިގަނޑުގެ އަށް ތަނަކަށް ވަނީ ވަޅި ހަރާފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
މާރާމާރީ ހިންގި ހިސާބަކީ މީހުން އުޅޭ ސަރަހައްދާ އެކަހެރިކޮށް، އަނދިރިކޮށް އޮންނަ ހިސާބެކެވެ. އެއީ ކޮޅު ބެދިގައި އޮންނަ ގޯޅި މަގެކެވެ. ވަށައިގެން އޮންނަނީ ގަސްތައް ހެދިފަ އެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ، އެތަނުގައި ތިބި ބައެއް މީހުން ބުނީ ވަޅި ހަރާފައި ވަނީ ސައިކަލެއްގައި ދިޔަ މީހަކު ނުވަތަ ކަމަށާއި މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށެވެ.
ހުޅުމާލޭގައި މިރޭ ވަޅި ހެރި ސަރަަހައްދު ފުލުހުން ބަންދުކޮށްފައި
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 11:30 ހާއިރު މާލޭގައި މާރާމާރީ ހިންގީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީ ހުންނަ "ޖީސިކްސް" ކެފޭ ހިސާބުން ކަމަށެވެ. އެ މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.
ހުޅުމާލޭގައި ރޭ ވަނީ ޒުވާން އަންހެނަކާއި ފިރިހެނަކު ވެސް ކުއްލި ގޮތަކަށް މަރުވެފަ އެވެ. ބެލެވިފައިވާ ގޮތުގައި އެ ދެ ޒުވާނުން މަރުވީ ބާރުގަދަ ޑްރަގްސްއަކާ އެކު އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީހަގީގަތު
29 December 2019
މީދެން %100 އިސްލާމީ ޤައުމެކޯ
ކަށިކެޔޮ
01 October 2017
ދެބޯގެރި ދުއްވަނީ
އަމަތްޔާތް 2 ރުމާލު
30 September 2017
ސަރުކާރަށް ވާ އެއްކަމެއްވެސް ނެތް މުވައްޒަފުނަށް މަޖުބޫރުކޮށްގެ ރުމާލު 2 ކަށް ގެންދިއުން ފިޔަވާ. ބޭނުންވަނީ ދުނިޔެއަށް ވަރަށް ގިނަމީހުން ތިބި ޕާޓީއެއް ކަންތަންގާލަން.
މައިލޯ ދަޅު
30 September 2017
ގޮނޑި ވިއްކުން ނިމުމަކަށް ގެނައީމަ ސަރުކާރަށް ނިމުނީ ..!
އދ
30 September 2017
ތިޔައީ ޒުވާނުންގެ މެކްސިކޯސިޓީ. ތިޔަތާ ދިރިއުޅުމަކީ ބޮޑު އަޒާބެއް.
އަހުމަދުބެ
30 September 2017
ބައެއް ކެފޭ އަދި ރެސްޓޯރަންޓް ތަކަކީ ގްރޫޕް ކަކުގެ ހާލި ތަކެކެވެ. ރޭގަނޑު ހުންނާނީ އަނދިރިކޮށްފައެވެ. އެތަންތަން ޗެކް ކުރާހެނެއް ހީއެނުވެއެވެ. ޗެކް ކުރަން ވީއެވެ.
ސޯޓް
30 September 2017
ޗެކް ކުރަންދިއުމުގެކުރިން އޮންނަނީއެނގިފައި...
ނުޑުލްސް
30 September 2017
ސުވާލެއް... ކީއްވެބާ އަބަދުވެސް ގދ ނުވަތަ ގއ ކުދިން މިކަން ކަމުަގަ އަބަދުވެސް ގިނަވަނީ ނުވަތަ އިންވޮލްވް ވަނީ؟
އަލިބެ އަލިބެ
30 September 2017
އެއީ މިގައުމުގަ ތިބި އެންމެ ހެޔޮލަފާ މީހުން އުޅޭ ދެއަތޮޅަށް ވާތީ، އަދި މިލިސްޓަށް ސ ވެސް އިތުރުކޮށްލަން ޖެހޭ.
ދެކުނު
30 September 2017
ބުރޯ ކީއްވެތަ އިންޑިޔާގަ އެހާ މާރާމާރީ ގިނަ އީ، ގަޅި ނޫނިއްޔާ ޖަވާްބް ލިބިފަ ހުއްނާނީ
އަލިބޭ
30 September 2017
ކަލޭ ތީ ރޭސިސްޓެއް. ބައިބޯ އާބާދީ ބޮޑެތި ރައްރަށުގެ މީހުން ހުރިހާ ކަމެއްގައިވެސް ހިނެލޭ މިންވަރު އިތުރުވާނެ.
ބޮލައްތުރާ
30 September 2017
ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅަކީ ގ އެއް ނޫން.
އަޖައިބު
05 October 2017
ތި ހީކުރީ މާމޮޅު އެއްޗެއް ކަމަށް ތިޔަ ބުނެވުނީ؟ ސޮރީ އެކަމަކު އެހާއެއް ނޫން. ނޮންސެންސް! :/
މާހުދާދު
30 September 2017
ފޮޓޯއިން ފެންނަވަރަށް މަގު އަނދިރިކޮށްއޮތީމަ ސަޅީ، މިބުނީ ޒުވާނުންގެ ސިޓީއެއްވައްތަރު ބޮޑަށް ޖަހަނީ،،،
ހަސަން
30 September 2017
ޕީޕީއެމް ގެ މި ސަރުކާރު ދެމިއޮތްހާ ހިނދަކު މިކަން ހުއްޓިދާނެ ކަމަކަށް ނުބެލެވޭ. މި ސަރުކާރުގެ ކަމަކީ ސިޔާސީމީހުން ހިފައި ހައްޔަރު ކިރުން. ފުލުހުންނާއި ސިފައިންގެ ވެސް ކަމަކީ އެއީ. މިނިވަން މުވައްސަސާއެއްގެ މިނިވަންކަމެއް ނެތް. ސަލާމަތީ ބާރުތަކުގެ އަނިޔާވެރި ވަކިތައް އަމާޒޔވެފައި ވަނީ ރައްޔިތުންނަށް. ވައްކަންކުރުމަކީ މި ސަރުކާރުގެ ސުންނަތެއް. ކަރަޕްޓް ސަރުކާރު ހިންގަން ތިބީވެސް ހުސް ކަރަޕްޓް މީހުން. މާރާމާރީއަކީ މާބޮޑުކަމަކަށް ނުވޭ. ވަރަށް ސަލާމް.
ހަމަ
30 September 2017
ލަދުކުޑަކަމުން ޤައުމު މިޙާލަތުގައި ވާއިރު، ޕޯޑިއަމްތަކަށް އަރައި ރައްޔިތުންނޭ ކިޔައިގެން ވާހަކަ ދައްކަން ކެރެނީވެސް