ފުލުހުންތަކެއް މާލެ ތެރޭގައި ހަރަކާތްތެރިވަނީ. - ފޮޓޯ: މިހާރު
30 ސެޕްޓެމްބަރ 2017 - 22:46
މާރާމާރީތަކާއި ރޭވިގެން ހިންގާ ކުށްތައް އިތުރުވެފައިވާތީ ޒުވާނުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
އިދިކޮޅު ހަރަކާތްތައް ހިންގަމުން އަންނަ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޒުވާނުން ގޮފީގެ ރައީސް މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި ދެ ދުވަހުގެ ތެރޭގައި ތިން ޒުވާނަކު މަރުވީ މާރާމާރީ އާއި ޑްރަގުގެ ޝިކާރައަކަށްވެގެންނެވެ.
މިކަންކަން ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި މުއައްސަސާތަކުން އެކަން ހުއްޓުވަން ނުކުޅެދިފައި އޮތް މިންވަރު ހާމަވަގެން ގޮސްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ވަނީ ދެ ޒުވާނަކު މަރުވެފަ އެވެ. ބެލެވިފައިވާ ގޮތުގައި އެ ދެ ޒުވާނުން މަރުވީ ބާރުގަދަ ޑްރަގްސްއަކާ އެކު އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުންނެވެ. އެ މައްސަލާގައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
މީގެއިތުރުން ރޭ ހުޅުމާލޭ "ހާފްވޭ ހައުސް" ކައިރިން ހިންގި މާރާމާރީއެއްގައި ގއ. ދާންދޫ ގޯލްޑް ލީފް، ހާރިސް އަބްދުލް ޣަފޫރު 24، ވަނީ މަރާލައިފަ އެވެ. އޭގެ އިތުރުން ރޭ މާލޭގައި ވެސް ވަނީ މާރާމާރީއެއް ހިންގައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރު ނިޝާނާ ހަސަން ވިދާޅުވީ ރާއްޖޭގައި ޒުވާނުންނަށް ދަނޑުތަކެއް އެޅުމަށްވުރެ، އަމާން ވެއްޓެއް ގާއިމުކޮށް ދިނުން މާ މުހިންމު ކަމަށެވެ. ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ރައީސް ޔާމީން ކަންބޮޑުވުން ފާޅު ނުކުރެއްވުމާ ގުޅިގެން އޭނާ ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 29 މީހެއް މަރާލިއިރު، ސިފައިންނާއި ފުލުހުން ސިޔާސީ މީހުން ފަހައި ދުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ދާއިރު، ބޮޑެތި ކުށްވެރިން މަގުމައްޗަށް ދޫވެފައިވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލްޖިބްރާ
01 October 2017
ޒުވާނުން މިއޮށް މެދުއުޑުގައި ފިޔަޖަހަނީނު ! ދެން ކޮން އަމާން ވެއްޓެއް ؟
އަލްޖިބްރާ
01 October 2017
ދެން ޒުވާނުން ނޫން އެހެން މީހުން މިޤައުމުން ބޭރުކުރަންވީނު ؟
ބެރުދުންރި
01 October 2017
ޒުވާނުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް އިދިކޮޅު ޕާޓީތަކުން މިއަދު ސަރުކާރަށް ގޮވާލައިފި. ޒުވާނުން އެކަނިތޯ މިޤައުމުގައި ދިރިއުޅެންޖެހެނީ. އެހެން މީހުންނަށް އަމާންވެއްޓެއް މިޤައުމުގައި ބޭނުންނުވަނީތޯ؟
ރަބަރު
01 October 2017
ޒުވާނުން އެކަނިތަ މިގައުމުގައި ތިބީ ބަލަ ގައުމުގެ ކޮންމެ ފަރުދަކަށް ހިމާޔަތްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ.
ޒުވާނާ
01 October 2017
ހަޖަމްކުރޭ! ހަޖަމްކުރޭ! މި ސަރުކާރުން މި ރައީސް ޒުވާނުންނަށް ޒުވާނުންގެ ސިޓީ ގައި ޒުވާނުންނަށް ޤާއިމް ކޮށްދޭ ފަހި ފުރުޝަތުތަށް ޕާޓީތަކުން ހަޖަމު ކުރޭ ހަޖަމުކުރޭ! ޔޫތު ސިޓީ ގައި ދެ ޒުވާނަކު މަޖަލުގައި ޕާޓީ ޑުރަގުސް މަޅީގައި ޖެހި މަރުވުމުން ވަޅުލާފައި ސަހަރާއިން ނުނިކުމެވޭ އަނެއް ޒުވާނާ ވަޅި ހަރައި މަރާލީ؟؟؟؟؟ ހަޖަމް ކުރޭ ޕާޓީ ތަކުން ހަޖަމްކުރޭ!!!!!!
އަފުން
01 October 2017
ފަރުދީ ޒިންމާ ހަނދާން ނައްތައިލުމަށްފަހު އެކަކު އަނެކެއްގެބޮލުގައި ޒިންމާ އެޅުވީމަ ހުންނާނީ ހުރިހާ ކަމެއް ރަނގަޅުވެފަ. މި ޤައުމު ހަލާކުވެ މިދަނީ ސިޔާސީ މީހުންގެ ދެބޯގެރި ދުއްވުމާއި ފިތުނަ އުފެއްދުމުގެ ސިޔާސަތުގައި ދިވެހި ރައްޔިތުންޖެހި ފަރުދީ ޒިންމާގެ މަތިން ހަނދާން ނެތިގެން. ކަމެއް ދިމާވާ ކޮންމެފަހަރަކު ސިޔާސީ މޮޅު ގޭމަކުން ފިތުނަ އުފައްދާލެވޭތޯ ބަލާށެވެ. އޭރުން އޮންނާނީ އަމާންވެށި ގާއިމް ކުރެވިފައެވެ. މައުމޫނު، ނަޝީދު، ވަހީދު، ޔާމީން މިއިން ކޮންމެ މީހެއްގެ ވެރިކަމުގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ. ކޮންމެ ބަޔަކުވެސް އިދިކޮޅަށް ބަދަލުވުމުން، ބާރު ލިބިފަ އޮތް އިރު އެކަންކަން ނުހުއްޓުވުނު ހަނދާނެއް ނުހުރެއެވެ. އިދިކޮޅަށް ބަދަލުވުމާއެކު ސަރުކާރު ފޭލްވެއްޖޭ، އެވެނިކަމެއް ނުވިއޭ ގޮވާކަށް އެއްވެސް ލަދެއް ހަޔާތެއް ނުހުރެއެވެ. މިކަމުން އިހުލާސްތެރިކަން ހުރި މިންވަރު ވަރަށް ސާފެވެ.
ތ546ޔހ
01 October 2017
ނުހިނގާ. ދަމަކުން ބަޑިއެއް ޖަހައިގެން ކަމެއް ހިނގިއަސް އެއީ ނޯމް އެއްނޫން. މިހާޜު އެއީ ނޯމަލް. މިހާޜު މީހުން އަހަނީވެސް ކޮބާ ރޭގައި މީހަކު މަރާ ނުލާތަ؟ 30 މަރޭ. މަދު އަދަެއް ނޫނޭ. އެކަން ކުރާ ބަޔަކަށް މެޓައޭ ހީވިއަސް. އަދި މިއުޅެނީ ދައުރު ނުނިމިގެން.