އެމްސީބީ މާލޭ ބްރާންޗް: ޝަރޫއިން ދައުވާކުރީ ޑޮލަރު ނުދެވުނީ އެމްސީބީގެ އިހުމާލުން ކަމަށް ބުނެ --ފޮޓޯ/މިހާރު
03 އޮކްޓޯބަރ 2017 - 10:58
ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލު ކުރި ގޮތުން ގެއްލުން ވެފައިވާ ކަމަށް ބުނެ އެމްސީބީ އަތުން 150 މިލިއަން ރުފިޔާ ހޯދަން ޝަރޫ ކުންފުނިން ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ.
ފެނަކަ އާއި ސްޓެލްކޯ އަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކުމަށް ޝަރޫ އިން ބޭންކަށް ފައިސާ ދިނުމުން ބޭންކުން ޑޮލަރު ނުދިން މައްސަލައިގައި ޝަރޫ އިން އެމްސީބީއާ ދެކޮޅަށް ދައުވާކުރީ އެ މުއާމަލާތުގައި ޝަރޫ އަށް ޑޮލަރު ދޫކުރަން އެމްސީބީން ދެކޮޅު ހެދި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 150 މިލިއަން ރުފިޔާ ހޯދަން އެމްސީބީއާ ދެކޮޅަށް ކުރި ދައުވާ ޝަރޫ އިން މިދިޔަ ބުރާސްފަތި ދުވަހު އަނބުރާ ގެންދިޔައީ އެ މައްސަލައިގެ ހުކުމް އެ ދުވަހު އިއްވަން ކޯޓުން ހަމަޖައްސާފައި ވަނިކޮށެވެ.
އެމްސީބީއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ ޑޮލަރު ގަތުމަށް ފެނަކަ އާއި ސްޓެލްކޯ އިން އެ ކުންފުންޏަށް ދެއްކި ފައިސާ އަނބުރާ އެ ދެ ކުންފުންޏަށް ދެއްކުމަށް ކޯޓުން ކުރިން ހުކުމް ކޮށްފައި ވަނިކޮށެވެ. ޑޮލަރު ގަތުމަށް ފެނަކަ އިން 17 މިލިއަން ރުފިޔާ ދިން އިރު ސްޓެލްކޯ އިން ތިން މިލިއަން ރުފިޔާ ދިނެވެ. އެ ހުރިހާ ފައިސާއެއް އަނބުރާ ދައްކަން ޝަރޫ އަށް މިހާރު ވަނީ ޖެހިފަ އެވެ.
ފެނަކަ އަށް ޑޮލަރު ދޭނެ ކަމަށް ބުނެ ފައިސާ ނެގި މައްސަލަ ކުރިން ފުލުހުން ވެސް ބެލި އެވެ. އެ މައްސަލައިގައި ބައެއް މީހުން އޭރު ހައްޔަރު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޛަހާ
04 October 2017
ތިޔައީ އައްޑޫ މީހުން ގެ ތަނެއް، ކުންފުނިއަށް ނަން ދީފަވަނީ އަނބި ގޮއްޔެގެ ނަމުން
ގުއިއްޒު
04 October 2017
މޮރިޝަޝް ބޭންކް ހުރި ހުރިހާ ފައިސާއެއް ކޯޓު މެދުވެރިކޮށް ޝަރޫއަށް ހޯދަދީފާނެތީ ބޭންކުން ބިރުގަތީ. އެހެންވީމަ ބޭންކުން ފައިސާކޮޅެއް ޝަރޫއަށް ދީފަ ތިކަމް ތިހައްލުކުރީ. ޕިންކޭ މެން ދަންނަމޭ ޝަރޫ.
ބިރުގަންނަނީ ކާކުދެކެ
03 October 2017
މި ޝަރޫ ލާންޗު ސާވިސް މީ ކޮންބައެއްގެ ހިއްސާ އޮންނަ ކުންފުންޏެއްތޯ އެއްވެސް ނޫހަކުން ނުބުނަނީ ކީއްވެތޯ؟ ގުލޭމް ސެލޫނުގެ ކޯޓުކޭހާ ބެހޭ ހަބަރުގައި އެތަނުގެ ހިއްސާދާރުންގެ މައުލޫމާތު ހިމަނާފައޮތް.