ވިޔަފާރި / އެޗްޑީސީ

ހުޅުލެ ލިންކު ރޯޑާ އެކު، ހުޅުމާލެ މަތިން ސީ ޕްލޭން ދަތުރުކުރުން ހުއްޓޭނެ: އެޗްޑީސީ

ހުޅުމާލެ އިން ހުޅުލެއަށް ދަތުރުކުރަން އަލަށް ހަދާ ލިންކް ރޯޑުހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރަނީ.

ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރަން ހަދާ އާ ލިންކް ރޯޑު ނިމުމުން ހުޅުމާލޭ މަތިން ސީޕްލޭން އުދުހުން ހުއްޓޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ މަތިން ސީޕްލޭން ދަތުރުކުރާތީ އެކަމުގެ އުނދަގޫ ވަރަށް ގިނަ ބަޔަކަށް ކުރަމުން ދާ ކަމަށެވެ. ނަމަވެސް އާ މަގާ އެކު އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި އާ ލިންކް ރޯޑް ހެދުމާ އެކު، މިހާރު ބޭނުންކުރަމުން އަންނަ މަގު ކޮނެ، ހުޅުލޭގެ ވޯޓާ ރަންވޭ ފުޅާކުރަން ވަނީ ނިންމައިފަ އެވެ.

"އެ މަގު ހަދާ ނިމުމުން ސީ ޕްލޭން ދަތުރުކުރާނީ ހުޅުމާލޭގެ ފަރު މަތިން. މިހާރު ވަރަށް ގިނަ ބަޔަކަށް އުނދަގޫވޭ ހުޅުމާލެ މަތިން އަބަދު ސީ ޕްލޭން ދަތުރުކުރާތީ،" ސައިމަން ވިދާޅުވި އެވެ.

އުތުރުކޮޅުން އައިސް ހުޅުލެއަށް ޖައްސާ ނަމަ މިހާރު ސީޕްލޭންތައް ތިރިކުރަން ފަށަނީ ހުޅުމާލޭ މަތިންނެވެ. ބޯޓުފަހަރުގެ އަޑު ގަދަކަމުން، ގިނަ ބަޔަކަށް އޭގެ އުނދަގޫ ދިމާވެ އެވެ. އަދި އެއީ ރައްކާތެރިކަމުގެ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށް އާންމުން ދެކެ އެވެ.

ހަތަރު ކިލޯ މީޓަރުގެ އާ ލިންކް ރޯޑުގައި ވެހިކަލް ދަތުރުކުރަން ހަތަރު ލޭން އޮވެ އެވެ. މި މަގު އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް ބެލެވެ އެވެ.

މާލޭ/ހުޅުލޭ ބްރިޖާ ގުޅުވައިގެން ހަދާ މި މަގު ޑިޒައިންކޮށް ތަރައްގީކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ. އެ ކަމަށް ބޭނުންވާ ބިމުގެ ބޮޑު ބައެއް މިހާރު ވަނީ ހިއްކާފަ އެވެ.

15 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 18%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބްރޯކަރ

09 October 2017

މަހާޖައްރާފު ހަދަން ހަރަދުވީ 36 މިިލިއަން

The name is already taken The name is available. Register?

ލަވަ

05 October 2017

ހުޅުމާލޭ ބައެއް ފިހާރަތަކުގައި އާއި ތަންތަނުގައި ސްޕީކަރު ބަހައްޓައިގެން ރޭގަނޑުގަޑީގައި ވަރަށް ބާރަށް ލަވަޖަހާތީވެސް އުނދަގޫވޭ އަދި ހަމައެހެންމެ މިފަހުންހެދި ކުޅިވަރު ކުޅޭތަންތަނުގައި ރޭގަނޑު 11 ޖަހަންދެން އަދުގަދަ ކުރަމުންދާތީ ކުދިން ނުނިންދެވިގެން އެތައްއިރަކު ހުންނަން ޖެހޭ ވަރަށް ދެރަ ކުޅެ ހަޅޭއްލަވާއިރު ނަމާދުވަގުތެއް އެހެން ވަގުތެއް ނުބަލާ، އެއްވެސް މީހަކު އަނެކަކާ ދޭތެރޭ ވިސްނާލުމަކީ އޮތްކަމެއް ކަމަކަށް ނުފެނޭ ޕާކްތަކާއި ކުޅޭތަންތަން ހެދުމުން ވަރަށް އުފާވި ނަމަވެސް އެތަންތަން ވެސް ރަނަގަޅަށް ރެގުލޭޓް ނުކުރެވޭނަމަ އޭގަސަބަބުން އެތައްބަޔަކަށް ވަރަށް ބޮޑަށް އުނދަގޫވޭ، އެޗް ޑީ ސީ ން މިކަންކަމަށް ވެސް ގޮތްތަކެއްް ހައްދަވާއިދެއްވާނަމަ .... ހާދަ ރަނގަޅޭ ހިތައްއަރާ ...

The name is already taken The name is available. Register?

ޓޮނޭ

05 October 2017

އެހެންވީމާ ހުޅުމާލޭގެ ހުޅުލެއާވީކޮޅުގައިވެސް ދެން 6 ބުރިޔަށްވުރެ މައްޗަށް އިމާރާތްކުރަން ހުއްދަ ދެވޭނެތާއެވެ. މިހާރު ޢިމާރާތްތައް ތިރިވެފައި ޕޭމަންޓާއި މަގުތައް ފުޅާވީމާ ހަވީރު ފަސްގަޑިބައިވާއިރުވެސް އިރުން ހުޅަނގަށް ހުންނަ މަގުތަކަށް ހިޔާކޮޅެއް ނުލިބެއެވެ.

The name is already taken The name is available. Register?

ބަތްޕޮޅި

05 October 2017

މިއަށްވުރެ ހިނިއަންނަވާހަކައެއް މީންޒަމާނަކު ނުކިޔަން ތިރިން މަގެއްހެދީމާ .މަތިން ދުއްވާބޯޓެއްގެ ދުއްވާގޮތް ބަދަލުވަނީ؟ ތިމަގު ނެހެދެނީސް ހުޅުމާލެމަތިން ދުއްވުން ނުހުއްޓުވޭނެ ދޯ؟

The name is already taken The name is available. Register?

ޒިޔާދުއަހުމަދު

05 October 2017

ހުޅުމާލެ ހާދަ ސަޅިއޭ....މަވެސް ބޭނުން ހުޅުމާލެގަ އުޅެން... އެކަމަކު މުއިއްޒުގެ އަމިއްލަ އެދުން ބޮޑުކަމުން ދެނީ އޭނަގެ ޕާޓީ މީހުންނަށް ފްލެޓް ވެސް......އެޗްޑީސީން ވަރަށް ބޮޑަށް އިސްކަންދޭ ހުޅުމާލޭގެ ތަރައްޤީއަށް... ސާފްތާހިރުވެފަ އުޅެން ފަސޭހަތަނެއް.

The name is already taken The name is available. Register?

މެންޓަލިސްޓް

04 October 2017

ހެލިކޮޕްޓަރ ފަދަތަކެދި ދުއްވޭނެދެއްތޯ ؟؟ ސީޕްލޭންވީމައި ގޯސްވާނެ ،،،،

The name is already taken The name is available. Register?

ހަސަނެ

04 October 2017

ތީމަކެއް ފަސޭހަކޮށްދޭ ބައެއްތަ؟.. މިހާރުވެސް މާލޭގަ އޮތް ވެހިކަލެއް ނުގެނެވިގެން މިއުޅެނީ. ދެމީހަކު ދައްކާވާހަކައެއް ނޭންގެ. ކަންކުރަންވީ އުސޫލެއް ނޭންގޭ.. އަހަރެމެންގެ ހައްގެއް ހިފަހައްޓައިގެން ތިތިބެނީ ހެވިފަ.. ހުރިހާކަމެއްވެސް ހުރީ މިކަހަކަ ގޮތަކަށް.. ރައްޔިތުންގެ ތާއީދު ހޯދައިގެން ވޯޓް ހޯށުމަށްވުރެ ރައްޔިތުންނަށް ކަންކަން އުނދަގޫކޮށްގެން ފެއިލްވާން އުޅޭހެން ހީވަނީ.

The name is already taken The name is available. Register?

ދޮލަރު އަލީ

04 October 2017

24 މިލިޔަން ޑޮލަރު. ކިތައް ބަޔަށް ބަހަން ޖެހޭތޯ.. މިކަމަކުން ސަލާމަތެއް ނުވި...

The name is already taken The name is available. Register?

ކަކުނިލޯ

04 October 2017

4 ކިލޯ މީޓަރުގެ މަގު ފުޅާމިން އެގެން ނެތުމުން 4 ލޭން އޮންނަވާހަކައޮތުމުން ލޭނެއްގައި 15 ފޫޓު އިންނާނެކަމަށް މަގުގެ ފުޅާމިނަކީ 60 ފޫޓުކަމަށް ބަލާގެން ހިސާބެއްހަދާލަމެވެ. 1 ކިލޯމިޓަރު އަކީ 3280.84 ފޫޓެވެ. ވީމާ 4 ކިލޯމީޓަރަކީ 13123.36 ފޫޓެވެ. މަގުގެ ފުޅާމިނަކީ 60 ފޫޓކަމަށް ވަންޔާ ޖުމްލަ ބިމުގެ އަކަފޫޓަކީ 787401.60 އެވެ. އެންމެފަހުން ހޫލުމާލެސަރަހައްދުން ބިންހިއްކީ ރޭޓަށް ބަލާލާއިރު މައުމޫނު 11 ރުފިޔާއަށް އަކަފޫޓެއް ހައިމާކުން ހިއްކިއިރު އަންނީ ބޮސްކާލިސް މެދުވެރިކޮށް 7.50 ހިއްކިއެވެ. އަދި މިސަރުކާރުން 9ރުފިޔާއަށް އަކަފޫޓެއްހިއްކާފައިވާތީވެ މި ހިސާބުކުރުމަށް 11 ރިފޮޔާއަށް އަކަފޫޓެއްކަމަށް ބަލާގެން ހިސާބު ހަދާލަނަމެވެ. އެހެންކަމުން 787401.60 އަކަފޫޓު ގުނަ 11 ހެދުމުން އަންނަނީ 8،661،418 އެއީ 561،700.20 އޫއެސް ޑޮލަރ އަދި ޕްރޖެކްޓް އެވޯޑްކުރި ފައިސާ އެއީ 24 މިލިޔަން ޑޮލަރު. މަގުހިއްކުމަށް ދާހަރަދު 561700.20 ބާކީ 23،438،299.8 ޔޫއެސް ޑޮލަރ އެއީ ރިވެޓްމަންޓް އަށާއީ ތާރު އެޅުމަށް މީބާ ތަރައްޤީކާލާ

The name is already taken The name is available. Register?

ޟަރޫ

04 October 2017

ހުޅުމާލެ މަގުތަކުގައި ކޮންމެ 100 ފޫޓަކުން ސްޕީޑް ބްރޭކް ހަރުކުރިއްޔާ މާ ތާހިރުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454