މޯލްޑިވިއަންގެ ބޯޓު ހުޅުލޭ ފަޅަށް ދެންމެ ވެއްޓިފައި.---ފޮޓޯ: އެމްއެންޑީއެފް
04 އޮކްޓޯބަރ 2017 - 16:38
މޯލްޑިވިއަންގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް ދެންމެ ވެއްޓިއްޖެ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ބޯޓު ވެއްޓުނީ ދެންމެ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ އެެއް ފިޔަގަނޑު މޫދުގައި ޖެހި އަރިއަޅާލައިގެން ކަމަށެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޭންޑިންގަ ވީމަ އިރާދަކުރެއްވީތީ މާ ބޮޑު ގެއްލުމެއް މީހަކަށް ނުވެ ސަލާމަތްވި،" ހާރިސް ވިދާޅުވި އެވެ.
ނިޔާމަ ރިސޯޓުން ފުރައިގެން އައިސް ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ 18 މީހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ.
އާސަންދަ އިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބޯޓުގެ، އުމުރުން 24 އަހަރުގެ ކްރޫއަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ ބޯޓު ހުޅުލޭ ފަޅަށް ދެންމެ ވެއްޓިފައި.
"ބޮޑު އަނިޔާއެއް ވެފައެއް ނުވޭ. ބޮޑު އިންޖަރީއެއް ވެފައެއް ނުވޭ. އަތަށް ތަދެއް އަރާފައި ވާތީ ހޮސްޕިޓަލަށް ގެނައީ،" އާސަންދަ އިން ބުންޏެވެ.
ބޯޓު ނެގުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ހާރިސް ވިދާޅުވީ ފަސިންޖަރުން ހުޅުލޭ އައިލެންޑް ހޮޓަލަށް ގެންގޮސްފައިވާއިރު ހުރިހާ ސާމާނެއް ވެސް މިހާރު ނަގާފައިވާ ކަމަށެވެ.
މީގެ ދެ ތިން އަހަރު ކުރިން ޅ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ޓީއެމްއޭގެ ބޯޓެއް ވެސް ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ނުވެ ސަލާމަތް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަ
05 October 2017
ކުންފުނިން ކޯކޮންޕިޓެން ހަންދާންނެތުނީމަ ޖެހޭ ބަތްޔެއްތީ
ޖެނެރޭޝަން
05 October 2017
ކުޑއިރު ދެކުނިން ސިންގަޕޯރ އެއަރލައިންސް ހުޅުލެއަށް ލޭންޑް ކުރަން 5 އެޓެމްޕްޓް ކުރިތަން މޫސުން ވަރަށް ގޯސް ދުވަހަކު، އެންމެ ފަހުން ނުޖެއްސިގެން އޭތި ދިޔައީ ލަންކާއަށް، މޯލްޑިވިއަން ކީއްވެތޯ ޑައިވަރޓް ނުކުރީ
މރ ބްލެކްް
05 October 2017
ކަންކަން ދިމާވާނެ، ކެޔޮޅުން އަތުން ބުޅިވެސް ކެނޑޭނެ، ތިވަރު ކަމެއް ވެދާނެ، ކިތަންމެ ބަލައިގެން އުޅުނަސް އެއްގަމުގައި އެއްޗެއް ދުއްވުމާއި ހާސްބައި ތަފާތުވާނެ. ކަނޑާއި ވައިގެ އުޅަނދަކީ ކެޕްޓަންގެ 100% ފުލްކޮންޓްރޯލް އޮވެގެން ދުއްވޭނެ އެއްޗެއްސެއް ނޫން... ކިތަންމެ ބަލައިގެން ދުއްވިޔަސް އިރާދައި ގަ ވާންހުރި ކަމެއް ވާނެ،
ރިޒާވް
05 October 2017
ގަ ފިއުލް ވެސް ނެތީތޯ މިއޮއްފަދަ ޖެޓް ފިއުލް(އޭ 1) އަގުހެޔޮ ދުވަސް ވަރެއްގަ، މޫސުން ރަނގަޅު ހިސާބަކަށް ބޯޓް ޑައިވަރޓް ކިއްލަން. އެފަރމަޓިވް
ދުވެލި
05 October 2017
މީގެ ދުވަސް ކޮޅެއް ކުރިން އަޅުގަނޑު އެއާރޕޯޓުން މާލެ އަންނަން އެރި ފެރީގައި، އަޅުގަނޑާއި ޖެހިގެން ޕައިލެޓް ޔުނިފޯމްގައި ހުރި ޒުވާނަކު، އެ ޒުވާނާގެ ގައިން ދުވީ ބަނގުރާ ވަސް، އަޅުގަނޑު ނޭގޭގޮތައް އޭނާގެ ދެލޮލަށް ބަލާލިން، ލޯ ހުރީ ރަތްވެ ފެން ހެދިފައި.... އަޅުގަނޑު ހިތައް އެރީ ސަހަރޯ މިހާދަ ދެރަކަމެކޭ. މިރާއްޖޭގެ މީހުންނަކީ މުސްލިމުންކަމަށް ވިޔަސް، މިއަދު ބަނގުރާ ބޯ މިހުން ބައިވަރު، އެހެންކަމުން ޕައިލަޓުން ފްލައިޓަށް އެރުމުގެ ކުރިން އެބަޖެހޭ ބްރީތް ޓެސްޓް ހަދަން، ދިވެހިން ވިމަ ނުބޯނެ ކަމަށް ބަލައިގެން ނެތް ސަލާމަތެއް.
ދުވެލިމަތަ
05 October 2017
ގުޑް ޕޮއިންޓް.
ޖޯޖް
05 October 2017
ވެއްޓުނު ބޯޓް ދުއްވަންއިނީ ފިސާރި ޤާބިލް ޕައިލެޓެއް އަހަރެން އޭނާދަންނަން، އެ އީރާބޮއެ އުޅޭޒާތަށް ވުރެން މާޕްރޮފެސަނަލް ޕައިލެޓެއް.. ފާޑުފާޑުގެ ވާހަކަ ނުދައްކާ މަޑުން ތިބޭ.
ހާފިޘް
05 October 2017
ތެދެއް. ދުއްވަން ހުރީ ނިކަން އެކްސްޕިރިއެންސް ހުރި 'ހަރު' ކެޕްޓަނެއް.
ރާއްޖެ
04 October 2017
އެއްކަލަ ހުރިހާ ކަމެއް ދަންނަ ދިވެހިން މިކަން ހިނގިގޮތް ކިޔައިދީ ގޮތް ނިންމާ ރިޕޯޓްް ނެރެން ފަށައިފި. ކޮމެންޓް ކުރާ ކެޕްޓަނުންނަށް ސާބަސް.
އަތްފުނާ
04 October 2017
ހާރިސް ނިކަން ޕައިލެޓްގެ ކައިރިން އަހާބަލަ ކީއްވެތޯ ހުންގާނު ދޫވީ.އެހެންނޫނަސް ހާރިސް އަށް ޖެހޭނީ ހަނު ހުންނަން ކަމާބޭހޭ އިދާރާތަކުން ތަހުގީގަށް ހަވާލުކޮށް ޖަވާބެއް ލިބެންދެން
ޔާހުންބަރާ
04 October 2017
ޑައިބެއް ޖެހީތަ؟
އެކްސް
04 October 2017
ނޭޝަނަލް ޓްރާންސްޕޮރޓޭޝަން ސޭފްޓީބޯޑުގެ މާހިރުން މިހާދިސާ ތަހުގީގުކޮށް އެމީހުން ދޭ ލަފަޔާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަކީ ކުރިމަގުގައި މިފަދަ ހާދިސާތައް ތަކުރާރުކުރުން ހުއްޓުވަން އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު. އަދި އެންޓީއެސްބީގެ ތަހުގީގީ ރިޕޯޓު އާންމުކުރާނެ ދުވަހަކަށް އިންތިޒާރުކުރަން.
ޑޫ އިޓް
04 October 2017
ޔޫރިން އަދި ބަލްޑް ޓެސްޓެއް ހަދަން ފެނޭ ކެޕްޓަންގެ
އަހުން
04 October 2017
ކަލޭ މާ މޮޅީ، އެއީކީ ޢުމުރުން މިވީހާތަނަށް ސިނގިރޭޓެއްވެސް ބޮއެފަހުރި މީހެއްނޫން، ވަގުންނަށް އަބަދުވެސް ހީވާނީ ދެންވެސް އުޅެނީ ހުސް ވަގުންނޭ