ޚަބަރު / ރައީސް އޮފީސް

ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުން ފަސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާ، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައްދަލުކުރެއްވުން ހޯމަ ދުވަހަށް ފަސްކުރައްވައިފި އެވެ.

ރަސްފަންނުގައި މިރޭ 8:30ގައި ބާއްވާގޮތަށް އޮތް ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދޭތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއަދު ދޭތެރެ ދޭތެރެއިން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. ރައީސް އޮފީހުން ބުނީ ދެން އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު ކަމަށެވެ.

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މުލީއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ މި ބައްދަލުވުން ރާއްވަވައި އިންތިޒާމު ކުރައްވަނީ ވެސް ރައީސްގެ ދެކަނބަލުން ކަމަށާއި އެ މަނިކުފާނުގެ މަގްސަދަކީ ވީހާ ވެސް ގިނަ، އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުންފިލުވުން ކަމަށެވެ. އަދި މިއީ ހަމައެކަނި ވަކި ޕާޓީއަކަށް ހާއްސަކޮށްގެން ބާއްވާ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެހެންވެ، މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވީހާ ވެސް ގިނަ ބަޔަކު މި ބައްދަލުވުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މީގެކުރިން ވެސް ރައީސް ވަނީ އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވަން ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ.

16 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 6%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފައިސަލް

08 October 2017

ދުވަސްވީ މީހުންނާއި ބައްދަލު ނުކުރައްވާ ފުރަތަމަ މަނިކުފާނުގެ ކެބިނެޓުގެމިނިސްޓަރުންނަށް އަންގަވަ ބައްލަވާ އެމީހުން މަސައްކަތްކުރާ މިނިސްޓްރީތަކުގެ ފޯނުތަކަށް ޖަވާބްލިބޭނެގޮތް ހައްދަވާށޭ، އަދި ލަންޗު ބުރޭކް ހަމަޖެހިފައި އޮންނަ ގަޑީގައި ނަގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަވަސްވެގަތުމަށް، މަނިކުފާނުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޝަންވެސްވަނީ ފެއިލްވެފައި، ދެން ކޮން ކެމްޕޭނެއް

The name is already taken The name is available. Register?

ޔޫރޭނިއަމް

08 October 2017

ރިހާސަލް ނުނިމޭ! ދަސްކުރަނީ އަދިވެސް އެކި އެކި ޕޯސްތައް.

The name is already taken The name is available. Register?

ޑޯން

08 October 2017

ދާނެމީހަކުނުވީ މިހެންބުނީމަ އެއްބަޔަކު ވަރަށް ގައި ހިރުވާނެ. އެކަމަކު ހަގީގަތްވާނީ ހަގީގަތަށް.

The name is already taken The name is available. Register?

ރިއަލީ

08 October 2017

ބައްދަލުވުން ބޭއްވިނަމަ ދޯ ތިކަން އެނގޭނީ އަސްލު..

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

08 October 2017

މޫސުން ތަންދިނަސް ނުދިނަސް ތިޔަ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އުއްމީދުކުރަން، ވަރަށް ސަލާމް.

The name is already taken The name is available. Register?

މަޒް

08 October 2017

އިރުވަރު ގޯސަވީތާ!!! ބޮޑަށް ލަފާކުރެވެނީ ދާނެ މީހަކު ނެތީހެން

The name is already taken The name is available. Register?

މިރައީސްސް

08 October 2017

ދައުލަތުގެ މާލިއްޔާ ތަޅާބުރުވުންނޫންކަމެއް ނޯވޭ މައުމޫނަކީ އެއްބަފާ ބޭބެ މުސްކުޅި ހާލުގަ އެހުރީ ޕީއޭގެ ބައެއް އެބޭބެގެ ޕާޓީޖަހައިގަތީ ނުވިތާކައް ދަރިންވެސް ދުނިޔެއައްގިނަކޮއް އަބުރުކަތިލާ ޖަލައްލީ ދެންކާކައް އިހުތިރާމެއް ކުރާނީ

The name is already taken The name is available. Register?

ވޯޓަށް

07 October 2017

ދޯ ތިކަމެއް ނެއް ވާކަށް

The name is already taken The name is available. Register?

އުމަރު

07 October 2017

މިހާރު ރައީސް ޔާމީނުގެ ކެމްޕޭން ހިންގަނީ ރައީސް އޮފީހުންނާއި މުލިއާގެއިންތޯ؟ އަދި ޓެކުސްގެ ފައިސާދީގެން ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތިބި މީހުން ރައީސް ޔާމީނުގެ 2018 ގެ ކެމްޕޭނަށް މަސައްކަތްކުރަނީ ހަމަ އެކަމަކީ ޤާނޫނާއި ހިލާފްކަމެއްކަން އެނގިތިބެތޯ؟

The name is already taken The name is available. Register?

ދިސްލައިފް

07 October 2017

ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުން ފަސްކޮށްފި ނަމަ އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެކެވެ. މިރާއްޖޭގެ ތާރީޚް ގައި ވެސް ދުވަސްވީ މީހުންނާއި އަޅާލާ ހަމަ އެކަނި ސަރުކާރަކީ އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ކަން އެއީ ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އިނގޭ ކަމެކެވެ. ރާއްޖޭގެ ދުވަސްވީ ރައްޔިުންނަށް ލިބޭ އާމްދަނީގެ %95 މާލެ ސަރަހައްދުގައި އެމެން އުޅޭ އިރު ކުއްޔަށް ދުއްވާލަން ޖެހޭތީވެ ހަގީގަތުގައި އުމުރުން ދުވަސް ވީ މީހުންނަށް ކޮންމެ މަހަކު ދޭ 5 ހާސް ރުފިޔާ އިން ކުރާ އެއްވެސް ފައިދާ އެއް ނެތް އެމެންނަށް. ސަބަބަކީ މާލޭ ސަރަހައްދުގެ މީހުން ވަގުތުން ކުލި ބޮޑު ކޮށްލާތީއެވެ. ކަން މިހެން ހުރުމުން މި ފަހަރު ދުވަސް ވީ މީހުންނާއި މަމެންގެ ރައީސް ބައްދަލު ކުރައްވާ އިރު ދަފްތަރު ގައި ރަޖިސްޓަރޑް ކޮންމެ މީހަކަށް މާލޭން 1000 އަކަފޫޓްގެ ބިމެއް ނެތް ކޮންމެ މީހަކަށް ފްލެޓްސް ހައްގު ކަމަށް އިއުލާން ކުރަންވީއޭ. ހޯލްޑް މައިހޭންޑް. ދީސް މިޒަރަބުލް ޑޭޒް އާރ ގޯން.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

08 October 2017

ދިސްލައިފޫ، ރައްޔިތުންގެ ތިޖޫރި ފެންފޮދަކާ ނުލާ ދިރުވާލީވެސް ތިޔަބުނާ ބިއުޓިފުލް އެން ފޮލޯލެސް ސަރުކާރުގެ ތެރެއިންކަން ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އިނގޭ ނޫންބާ! ހަމަ އަހާލީ.

The name is already taken The name is available. Register?

ހޭވައްލާ

07 October 2017

ލަދުގަތީ ދޯ. މީހުން ހަމައެއް ނުވާނެ . ނުވެސް ދާނެ. ަމނިކުފާނު ގަދަ ބާރު ދައްކާތަން އެބޭފުޅުން ނުބަލާނެ. އެބޭ ފުޅުން ވޯޓް ދެއްވީ މައުނޫނަށް ކުރި އިހްތިރާމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454