08 އޮކްޓޯބަރ 2017 - 12:13
ޖުމްހޫރީ ދުވަހާއި ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އެއް ރަސްމިއްޔާތެއްގެ ގޮތުގައި، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ހަމަޖެއްސީ މި އަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަސް، ކައިރި ކައިރީގައި އަންނާތީ، މި ދެ މުނާސަބަތާ ގުޅުވައިގެން އެއް ޖަލްސާ ބޭއްވުމުގެ ގޮތުން ކަމަށެވެ.
ގައުމީ ދުވަސް ދިމާވަނީ، ނޮވެންބަރު މަހުގެ 19ވާ އާދީއްތަ ދުވަހާ އެވެ.
އެ ޖަލްސާގައި، ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ހަމަ އެހެންމެ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު މި އަހަރު ހާސިލުކުރި ހާފިޒުންނަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނަށާއި މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދިނުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް، ގައުމީ އިނާމާ ބެހޭ ކޮމިޓީން މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީއަހްމަދު
09 October 2017
އެއްވެސް ޝައްކެތް ނެތްގޮތުގައި ރާއްޖޭގަ ކުރަނީ ޖުމްހޫރީ ވެރިކަމެއް. ރައްޔިތުން ވޯޓުލީ ޔާމީން ރައީސްކަމަށް. މެންޓިސްޓް ބުނާހެން ކޯލީޝަނަކަށް ނޫން. ކިއެއްތަ ޕާޓީއަކަށްވެސް ނޫން. އެހެންކަމުން ކޯލީޝަންގެ ނަމުގައި ޔާމިނަށް ސަޕޯޓުކުރި ފަރާތްތަކުން ޔާމީނަށް ކުރިންކުރި ސަޕޯޓު މިހާރު ނުކުރިއަސް ނުވަތަ ރައީސް ޔާމީނު ޕީޕީއެމް އިން ވަކިވިޔަސް ރަައީސް ޔާމީނު ހިނގަމުންދާ ދައުރު ނިމެންދެން ރައީސުލް ޖުމްހޫރިއްޔާ އަށްވާނީ.
ޢަޒީ
09 October 2017
މިފަހަރު ގޯލްކީޕަރު ޢިމްރާނަށް އިނާމު ލިބެއޯ. ޜަނގަޅު ނިންމުމެއް
އަޑާއާދަނ
08 October 2017
ބޮޑުޚަރަދެއްކޮށްލާފަ ބޮލަކަށް 4000 އަގަޔަށް ލާން ނުކެރޭ ގޮތަށް ކާއެއްޗެހި ރަހަ
މޮގާބޭ
08 October 2017
ޖުމްހޫރިއްޔަތާއި ޤަޢުމިއްޔަތު މިހާރަކުނެތް އޮތީ ބިރުވެރިކަމާއި ނާމާންކަށް.
މެންޓަލިސްޓް
08 October 2017
" ރައީސުލްޖުމްހޫރިއްޔާ " މިބަހަކީ އަސްލުގައި ޖުމްހީރިއްޔަތެއްގައި އުޅޭ ރައްޔަތުންގެ މެޖޯރިޓީ ނޫނީ އެންމެން ގަބޫލްވާމީހަކު އެމީހުންގެ ކަންކަން ބަލާހިންގުމުގެ އެންމެއިސް ޒިންމާ ހަވާލުކުރާ ފަރާތަކަށް ކިޔަން ހަދާފައިއޮތްނަމެށް ،، މިހާރި ރާއްޖޭގައި މިދުވަސްކޮޅު ތިޔަނަންކިޔަންޖެހޭމީހެއް އެއުސޫލީހަމަތަކުންނެތް ،، ރައީސްޔާމިންވެރިކަމަށް ހޮވުނީ ބޮޑުކޯޅިޝަންއެއްގެ ވޯޓުން ، އެކޯޅިޝަންމިހާރު ރޫޅި ޔާމިންއެހުންނެވީ އެކަނި ،، މަޖިލިސްގެ މެޖޯރިޓީވެސް ގެއްލި މިހާރު ހަމައެކަނި ޔާމިންއަތުގައި ހުރީ އޭކޭ 47 އެނޫން އޮތޯރިޓީއެއް އަސްލުނެތް ،، ހުރިހާ މޯރަލްގްރައުންޑްތަކުން ރައްޔަތުންގެ މައްޗަށް ޔާމިން ވެރިކަންކުރުމުގެ އެއްވެސް އަސާސްއެއްނެތް ،، ވީމާ "ރައީސުލްޖުމްހޫރިއްޔާ " މިބަސް ބޭނުންނުކޮށް ޔާމިންއަބުދުލް ގައްޔޫމް މިހެންކީމައި ކިޔަވާކުދިންނަށްވެސް އޮޅުންބުޅުން ނާރާނީ ،،، ވަރަށްވެދުން
މޮގާބޭ
08 October 2017
500 %
އައްޑޫ ރަދުން
08 October 2017
ނިޒާމެއް ނެތްތަނެއްގަ އިންތިޒާމްތަށް ދާނީ އޮޅިފޮޅި ވެގެން...ރަނގަޅަށް ގައުމީ ދުވަހާ ޖުމުހޫރީ ދުވަސް އޮޅާލާ..
އުޅެބަލަ
09 October 2017
އައްޑޫން ޑްރަގް ލޯރޑުން ހުސްވޭތޯ ބެލިއްޔާ މާތާހިރު ވާނެއެއް ނޫންދޯ.
ޔޫރޭނިއަމް
08 October 2017
ޚަރަދު ކުޑަކޮށްލީ ބަޖެޓް ނެތީ ދެއްތޯ!
ޗިކުސް
08 October 2017
އަހަރުގެ ތި ގޮތައް އަންނަ ހުރިހާ ދުވަސްތައް އެއް ދުވަހަކަށް ހަދަންވީނުން. މީގެއިން ވެސް ދޭހަވަނީ ސަރުކާރުގެ ނާގާބިލްކަން.
ކަޓުވާލަން
08 October 2017
އާއިލާ ބޮޑުވާތީ އަހަރެމެން އާއިލާ މީހުންވެސް ނިންމައިފިން ހުރިހާ އެންމެންގެ އުފަންދުވަސް ޖެނުވަރީ 1ގަ އެންމެ ކޭކެއް ފަޅާފަ ބޮލުން ކަޓުވާލަން
އަލިހަންޑޯ ޓޮލޭޑޯ
08 October 2017
ހުރިހާދުވަހެއް އެއްދުވަހެއްގައި ފާހަގަކުރިއްޔާ ކީއްތަވާނީ. ގައުމީދުވަސް، ނަސްރުގެ ދުވަސް، މިނިވަން ދުވަސް، ރާއްޖެ އިސްލާމްވި ދުވަސް، ޖުމްހޫރީ ދުވަސް، ހުރަވީ ދުވަސް، ޝަހީދުންގެ ދުވަސް، އާއަހަރު ފެށޭދުވަހާއި ނިމޭ ދުވަސް، ގާނޫނު ހަދާ ދުވަސް، ގާނޫނު މުގުރާ ދުވަސް، ޑިމޮކްރަސީ ދުވަސް، ޑިމޮކްރަސީ ވީދާ ދުވަސް، ވޯޓުލާ ދުވަސް، ހުވާކުރާ ދުވަސް، މިހެންގޮސް ހުރިހާ ދުވަހެއް.