ޚަބަރު / ފާރިސް މައުމޫން

ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ޖިނާއީ ކުށެއް: މައުމޫން

ފާރިސްގެ ވަކީލު މައުމޫން ހަމީދު: ފާރިސްގެ މައްސަލާގައި މަޖިލީހުގެ އިދާރާގެ އެއްބާރުލުމެއް ވެސް ނުލިބޭ ކަމަށް ވިދާޅުވި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ބޮޑު ޖިނާއީ ކުށެއް ކަމަށް އޭނާގެ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ މަޖިލީހުުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުވުމަކީ ފާރިސްގެ ހައްގެއް ކަމަށާއި އެއީ އޭނާ ތަމްސީލުކުރާ ދާއިރާގެ ރައްޔިތުންނާ ވެސް ގުޅުންހުރި ހައްގެއް ކަމަށެވެ. އޭނާ މަޖިލީހަށް ހާޒިރުކޮށް ނުދޭން ކުރާ ކޮންމެ މަސައްކަތަކީ ދައުލަތަށް ހިންގުމަށް އަޅާ ހުރަހެއް ކަމަށާއި އަދި އެއީ ޖިނާއީ ކުށެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"މިވަގުތު ބާރު އޮތީތީވެ އެ ބޭފުޅުންނަށް އަޅާނުލާ ތިއްބެވިދާނެ ނުވަތަ ފިޔަވަޅެއް ވެސް ނޭޅި ހިނގައިދާނެ. އެހެން ނަމަވެސް އެ ކުރެވެނީ ރަނގަޅު ކަމެއް ނޫން. ގާނޫނާ ޚިލާފަށް ކަނޑައެޅިގެން ލޯ މަތީ ފެންނަން މިއޮތީ ކަނޑައެޅިގެން ގާނޫނާ ޚިލާފް ކަން. އެހެންވެ އަޅުގަނޑުމެން މިދަންނަވަނީ ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމަށް ކުރާ ކޮންމެ މަސައްކަތަކީ ދައުލަތް ހިންގުމަށް އަޅާ ހުރަހެކޭ. އެއީ ދުސްތޫރީ ގޮތުން ބަލާއިރު ބޮޑު ގޯހަކަށް ވުމުގެ އިތުރަށް ޖިނާއީ ކުށެއް." ފާރިސް މަޖިލީހަށް ހާޒިރު ކުރުމުގައި މަޖިލީހުގެ އެއްބާރުލުން ނުލިބޭ ކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ފާރިސްގެ މައްސަލާގައި މިހާތަނަށް އެކި މުއައްސަސާތަކަށް 70 ވަރަކަށް ސިޓީ ފޮނުވިއިރު އޭގެ ތެރެއިން ޖަވާބު ލިބުނީ ފަސް ވަރަކަށް ސިޓީއަށް ކަމަށާއި ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދޭ މައްސަލާގައި މަޖިލީހުގެ އިދާރާއިން ވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ފާރިސް މަޖިލީހަށް ހާޒިރުވުމަށް ހުރަސް ނޭޅުމުގެ ގޮތުން ޝަރީއަތުގެ އަޑުއެހުމެއް ފަސްކޮށްލުމުން ވެސް އޭނާ މަޖިލީހަށް ނުގެންގޮސް، ޖަލަށް ގެންދިޔަ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

"ގާނޫނުން ދެކޭ ގޮތަކީ ވެސް ހުރިހާ ފަރާތަކުން ވެސް ގާނޫނާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް. އެހެން ނަމަވެސް ހިތާމައާ އެކު ދަންނަވަން ޖެހެނީ މިހާތަނަށް ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އެގޮތަށް ކަމަށް އެކަން ކުރައްވަނީ،" މައުމޫން ވިދާޅުވި އެވެ.

ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނެތީސް ފާރިސް ޝަރީއަތް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފާރިސްގެ މައްސަލައިގެ އިތުރުން ޖިނާއީ އެހެން ޝަރީއަތްތައް ވެސް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ގަވާއިދު ނެތި ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ދައުވާލިބޭ ހުރިހާ ފަރާތްތަކަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، އޭގެ ޒިންމާ ދައުލަތުން އުފުލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ބޭފުޅަކު ހީކޮށްގެން ނުވާނެ ދައުވާލިބޭ މީހަކީ ކުށްވެރިއެއް ނޫންހޭ އޭނާއަށް ކޮން ހައްގެއްހޭ ލިބެންވީ. އެއީ ވަރަށް ގޯސް ވިސްނުމެއް. ސަބަބަކީ އެއްވެސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވާނެ ތިމަންނާމެންނަށް ތުހުމަތެއް ކުރެވި ދައުވާއެއް އުފުލޭނީ ކޮން ދުވަހަކުން ކަމެއް،" މައުމޫން ވިދާޅުވި އެވެ.

މުއްދަތު ހަމަވިއިރު ވެސް ގަވާއިދު ހެދިފައި ނެތުމަކީ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާ ނުކުރެވުން ކަމަށާއި މުއައްސަސާތަކުގެ ބޭފުޅުން ވެސް އެކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. މުއައްސަސާތަކުގެ އިސް ބޭފުޅުންނާ މެދު ޖިނާއީ ދައުވާއެއް އުފުލުން ފަދަ ކަމެއް ހިނގުމުގެ ކުރިން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރަން އޭނާ ގޮވާލެއްވި އެވެ.

4 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 21%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުމީހާ...

08 October 2017

ސުވާލެއް ؟ ނޫސްތަކުގެ ފަލަސުރުޙީގައި މިމީސްމީހުންގެ ވާހަކަތަކުން މިމީސްމީހުން ޕްރޮމޯޓް ކޮށްދިނުމުގެ ބަދަލުގައި ދަތިހާލުގައި ތިބިމީސްމީހުނާއި އެކި ބާވަތުގެ އަނިޔާ ލިބެމުންދާ ނިކަމެތި ރައްޔިތުންގެ ވާހަކަ ގެނެސްދީ އެފަދަ ކަންތައްތަކަށް ހައްލު ލިބޭތޯ ވާހަކަ ދެއްކުން ކިހިނެއްވާނެބާ ؟ ބެލުންތެރިންނަށް.

The name is already taken The name is available. Register?

މެންޓަލިސްޓް

08 October 2017

ތިޔާގައި ސަރުކާރު ހިންގަންތިބި ފަރާތްތަކުންބުނާނެ ޖިނާއީކުށެއްނޫނޭ ،، ގާނޫންގެ ތެރޭންނޭ ،،،، ނޫނީ ހަމަތަކުގެވެސް މަތީން ޗާޓުންބޭރުންނޭ ،،، ސިޔާސީމީހުން ޖަހާސަކަރާތުގައި އޮންނާނީ އެހެން ،،، ގަނޑެއްގައި 6 ލިއެފައި އަނެއްކޮޅަށް އަނބުރާލީމައި 9 ކަށްބަދަލުވާހެން ކަންކަން ހުންނާނީ ،،، ތިޔާގާނޫނީ ބަނދިވަރު އަޑުއަހާއަޑުހާ ރައްޔަތުންތިބީ ފޫހިވެފައި ،، މިސްކުތުވަޅަށް ބަކަރިވެއްޓުމަށް ގާނޫންތަށް އޮންނާނީ ،،، އެހިންގާނީވެސް އެހެން ،،، އެއީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގައިވެސް އެކަންހިނގާއުސޫލް ،، މުޅިދުނިޔެވެސް އޮތީ ފާުލުންނައްޓާފައި އަދުލާއި އިންސާފަކީ ބަޑީގެ އުންޑަކަމުގައިވެފައި ،، އެއީމިއަދު ފެންނާންއޮތް ހަގީގަތަކީ ،،، ވަރަށްވެދެުން

The name is already taken The name is available. Register?

އެހެންތޭ

08 October 2017

ފާރިސް މަޖިލީހަށް ހާޒިރުކޮށް ނުދިނުމަކީ ކުރެވޭ ޖިނާއީ ކުށެއް ކަމަށް ތަމެން ވަކީލޭ މެން ބުނުމުން މަމެން ކްއައިޓް ސަޕްރައިޒްޑް ދޯ. ދެން ތަމެން ތިޔާ މައްސަލަ ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދަގަ. އެނިމުނީ އެއް ނޫން ދޯ. ބައިދަވޭ މަމެން ހީކުރީ މި ޚަބަރު އާރޓިކަލްސް ތަކުގެ ސެލްފީ ފެނިފައި މެން އިން ބްލެކް ކަމަށޭ މަމެން ބުނަން ނެތީމު ދޯ.

The name is already taken The name is available. Register?

މަނޭ

08 October 2017

ފާރިސަށް ދުނިޔޭގެ ވެރިކަންދެމާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454