ޚަބަރު / މަރުގެ އަދަބު

މަރުގެ ހުކުމް ތަންފީޒުކުރަން ނުފެށުނީ އިޖުރާއަތުތައް ފުރިހަމަނުވެގެން

މަރުގެ ހުކުމް ތަންފީޒުކުރަން ތައްޔާރުކޮށްފައިވާ އެނދެއް: ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ކުރަން ޖެހޭ ގިނަ ކަންކަން މިހާރު ވަނީ ނިމިފައި.

މިދިޔަ މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ލަސްވަނީ ގާނޫނީ ގޮތުން ބައެއް އިޖުރާއަތުތައް ފުރިހަމަ ނުވެގެން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން މިދިޔަ އޮގަސްޓް މަހު ބޭއްވި ހަފުލާއެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ސެޕްޓެމްބަރު މަސް ނިމޭއިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އެކަން ފަށަން، އޭރު ކުރަން އޮތް މަސައްކަތަކީ ތަނެއް ތައްޔާރުކުރުމާއި އެ ތަނަށް ބޭނުންވާ ވަސީލަތްތައް ޖަމާކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ފެށުމުގެ ކުރިން ގާނޫނީ ގޮތުން ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. މިދިޔަ މަހު އެކަން ނުފެށުނީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ކޯޓުތަކުން ނިންމަން ޖެހޭ ބައެއް ކަންކަމާއި މީޑިއޭޓްކުރުން ނުނިމިގެންނެވެ.

އެނގިފައިވާ ގޮތުގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކޮޓަރިއެއް މާފުށީ ޖަލުގައި މިހާރު ވަނީ ހަދައިފަ އެވެ. ރާއްޖޭގައި މީހުން މަރަން ނިންމާފައި ވަނީ ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެންނެވެ. މި ދެ ގޮތަށް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންވާ ސާމާނު ވެސް މިހާރު ވަނީ ހޯދާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި މަރަން ހުކުމް ކޮށްފައި ތިބި މީހުންގެ ތެރެއިން އިސްތިއުނާފް މަރުހަލާ ނިމިފައި އޮތީ އެންމެ ތިން މީހެއްގެ އެވެ. އެއީ ޑރ. އަފްރާޝީމްގެ އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލް އަދި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.

ގާތްގަނޑަކަށް 60 އަހަރަށް ފަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭތީ ރާއްޖެ އާއި ބޭރުގެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެމްނެސްޓީގެ އިތުރުން، އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާ ފަދަ ގައުމުތައް ވެސް ބުނަމުން ދަނީ މަރުގެ ހުކުމް ތަންފީޒުނުކުރުމަށވެ. އޭގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަން ނުވެ، އަދުލުވެރިކަމާ އެކު މަރުގެ ހުކުމް ތަންފީޒުކުރެވިދާނެތޯ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

25 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 6%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓަކި މޫނާ

11 October 2017

މަރުގެ ހުކުމް ތަންފީޒް ކުރާ ހަރުދަނާ ޤައުމެއް ކަމުގައި މާތް ރަސްކަލާނގެ މިޤައުމު ލައްވާން ދޭވެ. އާމީން ކާފަރު ޤައުމުތަކަށް އިނގޭ މިތާނގަ މަރުގެ ހުކުމް ތަންފީޒް ކުރާ ނަމަ ކުއްކުރުން މަދު ވާނެ ކަން، އެއުރެން ބޭނުން ވަނީ މިކަހަލަ މުސްލިމު ޤައުމެއްގައ އަބަދުވެސް ހަމަނުޖެހުން އޮންނަން. ސަލާމް ހުރިހާ ކުދިންނަށްވެސް.

The name is already taken The name is available. Register?

އިންސައިޑަރ

10 October 2017

އަސްލު ބޭނުމަކީ މެރުމެއްނޫން.. އުމުރަށް ޖަލަށް ލާފައިހުރިމީހަކަށް ބިރު ދެއްކޭނީ ކިހިނެއް؟ އެމީހެއްގެ ހަމައެކަނި ބާކީ ގެއްލެން އޮތް އެއްޗަކީ ކޮބާ؟ އެމީހާ އަށް އެނގޭ ސިއްރުތައް ނުބުނެ ހުންނަންވީ ކީއްވެ؟

The name is already taken The name is available. Register?

ހެއުވަރު

10 October 2017

ދުނިޔޭގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެތީ ތިކަމެއް ނުކުރާނެ އެކަމަކު ބުނާނެ އެއީ ދެން އެހެންބުނާ އެއްޗެއް ނޫން ޢަމަލާ ބަހާދިމާ ނުވާކަން ޔަގީން

The name is already taken The name is available. Register?

އަލީ ނާޒިމް

10 October 2017

ހުސް ބަހަނާ! އޮކްޓޫބަރ މަހު ވަރޭކޮޅެއް ވެހުނީމަ ތިކަން ނުކުރެވޭނެޔޭ ކިޔާފަ އޮއްބާލާ. ބިރުން ނެޕީ ޖަހަން ނުޖެހޭއެކްކުވެސް ނެތް، ބޮޑެތި މުސާރަ ނެގުން ފިޔަފާ ކުރެވޭ އެއްކަމެއްވެސް ނެތް!

The name is already taken The name is available. Register?

އިނާ

10 October 2017

ދެން މަރުވެދިޔަ މީހުންގެ ހައްގުތައް ކޮބާ؟މަރާލެވުނު މީހުންގެ ހައްގުގައި ބަހެއް ބުނި މީހެއް ނެތް؟ އެމެރިކާ ގަވެސް މަރަށް މަރުގެ ހުކުމް ކުރޭ.:އެއީ ޑިމޮކްރެސީ ދޮންވެ ފައްކާ ވެފަ އޮތް ގައުމެއް.ޑިމޮކްރެސީ ފައްކާ ވަންދެން ތިބެން ޖެހޭއިރު މަރުވި މީހުންގެ ހައްގުގައިި ކޮންމެވެސް މީހަކު ބަހެއްބުނަން ޖެހޭނެތާ؟

The name is already taken The name is available. Register?

ހާމަ

10 October 2017

ތިޔަބުނާ ކަންކަން ފުރިހަމަވެގެން މި ދިވެހިރާއްޖޭގައި ދެނެއް ދުވަހަކުވެސް މަރުގެ ޙުކުމް ތަންފީޒު ކުރާނެކަމަށް ޤަބޫލެއް ނުކުރަން.

The name is already taken The name is available. Register?

ނާމްދި ކާނޫ

10 October 2017

ހުސް ބަހަނާ1 ތިކަން ކުރަން ބޭނުންނަމަ މިހާރު ތިކަން އޮންނާނީ ކޮށްފަ!

The name is already taken The name is available. Register?

އަސޭލާ

10 October 2017

މިއަށްވުރެ ބޮޑު އަރަތެއް މަހަމަ ނުދެކެން. ރާވިއްކޭ! ރިބާ ކެވޭ! ރިބާ ނެގޭ! ރިބާ ނުދީފިއްޔާ ދައުވާކޮށް އެކިޔާ ޝަރުއީ ކޯޓުން ހޯދައިވެސްދޭ! ޒިނޭ ކުރިއަސް ރަޖަމެއް ނުކުރެވޭ. އެކަމަކު ހުމާމްއަށް މިމަރުގެ ހުކުމް ހިންގާލާޢިރަށް ދީން ކޯދުލާ ފުރިހަމަ ވިއްޔޯ. އެެއޯ ނުކުރެވި އޮތް ކަމަކީ މިރާއްޖޭގައި. މިނޫހުން ދީނުގައި ހުރި މިކަހަލަ ބޮޑެތި ހައްދު ހުކުމްތައް ލިސްޓްކޮށް އެކަން މިތާ ހިންގަނީ ކިހިނެއްތޯ ބަލާ ލިޔެލަ ދީބަލަ.

The name is already taken The name is available. Register?

7866

10 October 2017

ތިޔަކަން ކުރާހިތުން އުޅޭ މީހާއަށް އެންމެ ފުރަތަމަ ތިޔަ ހުކުމް ހިންގާލަ ބަލަ!

The name is already taken The name is available. Register?

އިންސާނެއް

10 October 2017

މަރުގެ ހުކުމް ރަންފީޒުކުރުމަށް އަހަރެން ތާޢީދެއް ނުކުރަން....

The name is already taken The name is available. Register?

3213

10 October 2017

އޯކޭ. އަތްކަނޑަށް ތާއީދު ކުރަން ދޯ ބޮޑެތި ވަގުންގެ؟ މަ ތާއީދު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454