މާލެ މަތިން ނަގާ ފޮޓޯއެއް: ވިއްކަން ނިންމި ބިންތަކަށް ހުށަހެޅޭނެ އަގު ވަނީ ދަށްކޮށްފައި---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
10 އޮކްޓޯބަރ 2017 - 15:21
މާލެއިން ވިއްކަން ނިންމާފައިވާ ބިންތަކުގެ އަގު ދަށްކޮށް، އަލުން ބިޑަށް ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މާލެއިން 19 ބިމެއް ވިއްކަން މިދިޔަ އޮގަސްޓް މަހު ސަރުކާރުން އިއުލާން ކުރިއިރު ފުރަތަމަ އޮތީ ބިން ގަނެވޭނީ އެންމެ މަދުވެގެން އަކަފޫޓަކަށް 15،000ރ. ގެ ރޭޓުން ކަމަށެވެ. އެ މުއްދަތު މިދިޔަ މަހު ހަމަވެގެން އަލުން އިއުލާން ކުރިއިރު އޮތީ އަކަފޫޓަކަށް މަދުވެގެން ހުށަހެޅޭނެ އަގު 12،000ރ. އަށް ދަށްކޮށްފަ އެވެ.
ކުރީގެ އަގުގައި އެ ބިންތައް ވިއްކި ނަމަ ދައުލަތަށް 792 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ. އެކަމަކު އެއިން އެއްވެސް ބިމެއް ގަންނަން އެއްވެސް ފަރާތަކުން ހުށަހަޅާފައެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ބިން ވިއްކާނީ ބިޑް އުސޫލުން، ކޮންމެ އަކަފޫޓަކަށް އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަގު ހުށަހެޅޭނީ މި މަހު 16 އިން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ސަރުކާރުން ވިއްކަން ނިންމީ އޯކިޑްމަގުގައި ހުންނަ މ. މާފަންނުއާގެ އިން ދައުލަތަށް ނަގާފައިވާ ބައިން ތިން ބިމަކާއި ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ކުނިކޮށިން ހަ ބިމާއި ވިލާ ކޮލެޖާ ޖެހިގެން އޮތް އެސްޓީއޯގެ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބިމުން 10 ބިމެކެވެ.
މާލެއިން ބިން ވިއްކަން ނިންމުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުން ބުނެފައިވަނީ ބިން ވިއްކަނީ ރައްޔިތުންގެ މަންފާއަށް ކަމަށާއި އެކަމުން ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށެވެ.
ކުރިން ބިމާ ބެހޭ ގާނޫނު އޮތީ ދައުލަތުގެ ބިންތައް ނުވިއްކޭ ގޮތަށެވެ. އެމްޑީޕީގެ ވެރިކަމުގައި މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކަން ނިންމުމުން އޭރު ގާނޫނު އޮތް ގޮތުން އެކަން ނުކުރެވޭނެ ކަމަށް ކޯޓުން ނިންމި އެވެ. އެކަމަކު 2015 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން އެ ގާނޫނު އިސްލާހުކޮށް، ދައުލަތުގެ ބިންތައް ވިއްކޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮއްޔެ.
11 October 2017
މާލޭގައި އޮތް ބިންކޮޅެއްވިއްޔާ ބޮޑުއަގުގައި ވިއްކާލަން އިޢުލާން ކުރިއަސް މި މާލޭގެ މުސްތަޤްބަލް ފެންނަނީ ސިނާޢީ ސަރަޙައްދެއްހެން. މިއަދު ތިޔަ އަގުގައި ބިން ގަންނަ ފަރާތްތަކުން ވިސްނަން ޖެހޭނެ. ސަބަބަކީ މުސްތަޤްބަލުގައި ކެޕިޓަސް ސިޓީގެ ގޮތުގައި ފެންނަނީ ހުޅުމާލެ. މާލެ އެއްނޫން. ނަމަވެސް މިއަދު ބަޔަކު ހައިވެފައި ތިބިވަރުން ވަނީ ފައިސާއަށް އިންތިހާއަށް ބޭނުންވެފައި. އަދި ލިބެން އޮތް ގޮތަކަށް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން.
ސިއްތި
11 October 2017
ނަމަ ނަމަ ކޮއިފުޅާ ތިޔަ ބިންތައް ގަންނަން ނޫޅޭތި.... ކުރެވެނީ ތީ ބޮޑު މޮޔަކަމެއް. ސަރުކާރުގެ އިސް ވެރިން ކުރާ ވައްކަން ތަކުން ސަލާމަތް ނުވެގެން ދެ ކޮޅު ނުޖެހިގެން ޔާމީނު ގޮތް ހުސްވެގެން ބިންވިއްކަންއެފެށީ......ކޮންމެ ވެސް މޮޅު އެއްޗެއް ކިޔާފަ އަތުލާނެ ލާރިދައްކާ ނިމޭއިރަށް.... ދެން ބުނާނެ އެއްފަހަރާ ފައިސާ ނުދެވޭނެއޭ.... މަަކު 100 ރުފިޔާ ދޭނަމޭ....
ސަމީނު
11 October 2017
10 އަކަށް ވިއްކިޔަސް ނުގަންނާނަން. އަނެއް ސަރުކާރުގަ ނަގާނެ.
އަރޫ
11 October 2017
ތިހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ އެހީތެރިވާން ބޭނުމިއްޔާ ކީއްތަވާނީ ބިންތައް ފްރީކޮށްދިންނަމަ...
ދޮން އާމިރު
11 October 2017
މިހާރު އޯކޭދޯ ވިއްކާކެޔަސް...
އަޖީތު
11 October 2017
މި ނޫނީ އެހެން ގައުމެއްގައި ދައުލަތުން ވިއްކާ ބިމެއް ނުވަތަ ފްލެޓެއް، އަމިއްލަ މީހުން ވިއްކާ އަގަށްވުރެ ބޮޑުކޮށް ވިއްކާ ވާހަކައެއް އަދި ނާހަން. އެހެންތަންތާ ދައުލަތުން ބިމާއި ފްލެޓާއި ވިއްކަނީ އާންމު އަގަށްވުރެ ހެޔޮކޮށް.
ޕާކިން ސްޓިކާ
11 October 2017
ޕާކިން ޒޯން ގިނަ ކޮށްގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ. އޭރުން މަދުވާތަން ހަމަޖައްސާލަން ސްޓިކާ ޖަހަން ނެރޭކުދިން ނެރިގެން ސްޓިކާ ޖަހާނެ އެއްޗެއް ނުހުންނާނެ. ހުރިހާ ބިމެއް ވިއްކާފަ މިހާރު ހުރި ޒޯންތައްވެސް މަދުކޮށްލާފައި ދެއިރު ދެ ދަޅައަށް ސްޓިކާ ޖަހަން ނެރެގެންވެސް ލާރިކޮޅެއް އެބަ ބޭނުންވޭ.
ފާތުން
11 October 2017
މާރކެޓް ރޭޓާ އަޅާބަލާއިރު އަދިވެސް ތި ބިންތަކަށް ތިކިޔާ އަގު މާބޮޑުތަންވެސް ބޮޑު. އަދި ތިއަގަށް ތި ގަނެގެން ނޭންގެ ކިހާދުވަހެއްވަންދެއްކަމެއް ތި ބިން އެމީހެއްގެ އަތުގަ އޮންނާނީ. މިސަރުކާރު ވަރަށް މޮޅުވާނެ އެކަކަށް އެއްޗެއް ވިއްކާފަ ލާރިކޮޅު ލިބުނީމަ ކޮންމެވެސް އެއްޗެކޭ ކިޔާފަ އެބިން އަތުލާ އަނެއްކާ އެހެން މީހަކަށް ވިއްކަން. ތިކުޅިވަރު އެބަފެނޭ ރިޒޯޓުތައް އަދި ފަޅުރައްތައް ލީސްކުރުމުގަ. ބޮލެއް ހުރި މީހަކު ތި ބިންތަކަކާ ތިވަރުގެ އަގަގަށް ގާތެއް ނުވާނެ!
ކޮލެޖް ބޯއީޖ
10 October 2017
ބަލަ ބިން ވިއްކަނީ ލާރި ބޭނުން ވެގެން. ވީމަ އަގުދައްކޮށްގެން ވެސް ވިސްކަން އުޅޭނެ ވިކެން ދެން. ވިކުނީމަ ދޯ ލާރި ލިބޭނީ
ކަށިކެޔޮ
10 October 2017
ތި ބިންތައް ތި ވެއްކަނީ ރަގަލަކަށް ނޫން. ވެރިކަން ބަދަލުވާ އިރަށް ތިތަންތަން އަތުލަފާނެ. އެހެން ނޫނަސް ތި ބިން ތައް ވިއްކައިގެން ކިތައް ދުވަހަށް ފައިދޤ ކުރާނެ؟؟