ލޯންޗު އެކްސިޑެންޓުގައި އެންމެ ސީރިއަސް ޒަހަމްތަކެއް ލިބުނު ވަސީމް: އޭނާ ވަނީ މިއަދު ހެނދުނު މަރުވެފައި--ފޮޓޯ: ސޯޝަލް މީޑިއާ
12 އޮކްޓޯބަރ 2017 - 10:00
މިދިޔަ މެއި މަހުގެ ތެރޭގައި ސަމާ އައިލެންޑް ރިސޯޓުން މާލެ ދަތުރު ކުރި ލޯންޗެއް، ސަޕްލައި ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު، އިންޑިއާގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ލޯންޗުން ދަތުރު ކުރި 14 މީހުންނަށް އަނިޔާވި އެ އެކްސިޑެންޓުގައި ބޮޑު ގެއްލުމެއް ލިބި މަރުވެފައިވަނީ ސ. މީދޫ އަލީ ވަސީމް، 30 އެވެ. އޭނާއަކީ އެ ރިސޯޓުގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.
ވަސީމަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭގަ އެވެ. އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނު އިރު، ބޮލުގެ އޮޕަރޭޝަނެއް ވެސް އޭޑީކޭގައި ކުރި އެވެ. އޭގެ ފަހުން އޭނާގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވި އެވެ.
އިތުރު ފަރުވާ އަށް ވަސީމް ބޭރަށް ގެންދިޔައީ މިިދިޔަ ޖޫން މަހު ފަހުކޮޅު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑީ.ޑީ
14 October 2017
އައްލާ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވައި އާއިލާއަށް ކެއްތެރިކަން މިންވަރުކޮށް ދެއްވާށި..އާމީން
ފާތުން
13 October 2017
މިފަދަ ހިތާމަވެރި ދަނޑިވަޅުގައި އެންޓި ކޮމެންޓް ކުރި މީހާ ސަރުކާނު އަށް ބުނެލަން އޮތީ އެހެން މީހުންގެ އިހުސާސްތައް ނޭނގެންޏާ އަނގަ ހިމޭނުންލައިގެން މަޑުން ހުންނާށޭ. ސިޔާސީ ވެގެން ގޮސް ހައްދުން ނައްޓާފައި. ވަގުތާ ހާލަތަށް ބެލުމެއް ނޯވޭ، ތިވަރުގެ މީހުން ރަގަޅުވާނީ ކޮމެންޓް ނުކުރިއްޔާ.... !. އަލީ ވަސީމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށީ. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
ސިއާ
12 October 2017
ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި! އާމީން
ސަރުކާނު
12 October 2017
މީ ސަރުކާރު ޒިންމާ ވާންޖެހޭ ކަމެެއް. ދިވެހި ދަރިއަކު މަރުވާންޖެހޭ ހާލަތަށް ދިޔައިރު ހޯމް މިނިސްޓަރ އެއްޗެއް ނުބުނެ ހުރީމަ ހަމަ ހައިރާންވާންޖެހޭ.
ސީން
12 October 2017
ވަސީމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ދެއްވާށި، އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށި.
މޯޑް
12 October 2017
މަރުވި ވަސީމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ދެއްވާށި، އަދި އާއިލާ އަށް ކެތްތެރިކަން ދެއްވާށި. ކޮބާ އެމްޑީޕީ ކުދިންކޮޅު މިކަމުގެ އަވަސް ތަހްޤީޤެއް ހިންގަން ނުޖެހޭބާ؟ ނޫނީ މިކަން ކުރީ ސަރުކާރު އިސްވެ އޮވެގެންނޭ ކިޔާ ފަރަންޖީން ކައިރިއަށް ދުވާކަށް ނުވޭބާ
ގަމާރު ރުމާލު
12 October 2017
ވަސީމް މަރުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި ހުއްޓައިކަމުގައި ވީނަމަ އެމީހުން އަޑުއުފުލާނެއެވެ. ޔޫރަޕު މެދުވެރިވެގެން ފިޔަވަޅު އެޅުމުގެ ގާބިލްކަން ހުރި މީހުންނަށް އެކަން ކުރެވުނަސް ޔާމީނަކަށް އެކަމެއް ނުކުރެވޭނެ.
މެންޓަލިސްޓް
12 October 2017
ތިޔަޙަބަރުގައި އެބައުޅޭ މައްސަލަ ،، އެއީ އޭޑީކޭއިން އޭނާއަށް އޮޕްރޭޝަންކޮށް ފަރުވާދިންފަހުން ވަރަށްރަގަޅުވިކަމަށް އެބައޮތްލިއެފައި ،،،، ދެންކީއްވެގެންތޯ ވަަރަށްބޮޑަށް ރަގަޅުވީމައި އިންޑިޔާޢަށް ކުއްލިއަކަށް ގެންދަންޖެހުނީ ،،، މިވީގޮތެއް ތިޔައާރޓިކަލް ކިޔާލުމުން ގެޓެއްނުވީ ،،، ވަރަށްވެދުން
މީދޫ
12 October 2017
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. ވަސީމް ގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވައި އޭނާގެ ފުރާޏައަށް ހެޔޮ ރަހުމަތް ލައްވާށިއެވެ. އާމީން.
ކުމާރު
12 October 2017
އަލީ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވައި އާއިލާއަށް ކެއްތެރިކަން މިންވަރުކޮށް ދެއްވާށި..އާމީން
ހުސޭނު
12 October 2017
އަލީ ވަސީމް އަށް ސުވަރުގޭގެ ނިއުމަތް ދެއްވާށި. މާލެ އިން ފަރުވާކޮށްގެން ހާލު ސީރިއަސްވި ނަމަ ފޯރިހުންނާނެ މީޑިއާ ވެސް. މި ފަހަރު މި ދިމާވީ މާލެއިން ކުރި އިރު ރަގަޅުވެފަ ބޭރުން ފަރުވާ ކޮށްގެން ހާލުދެރަވީ.