ހުޅުމާލެ މަގެއް.
17 އޮކްޓޯބަރ 2017 - 11:47
ހުޅުމާލޭގައި އަނދިރި ކަމަށް ފާހަގަކުރެވޭ މަގުތަކުގައި ބޮކިތައް އިތުރުކޮށް އަލިކުރަން ފަށައިފި އެވެ.
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓަމުން އަންނަ އެޗްޑީސީގެ މުނިސިޕަލް އެޑްމިނިސްޓްރޭޝަން ސާވިސްގެ ޑިރެކްޓަރު އަހުމަދު ފާތިހު މިއަދު ވިދާޅުވީ ފުލުހުންނާ މަޝްވަރާ ކުރުމަށް ފަހު، މިދިޔަ ހަފުތާގައި ހުޅުމާލޭގެ 13 މަގެއްގައި 33 ބޮތްކެއް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ ގިނަ މަގުތަކުގައި ބޮކިތައް ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާތިހު ވިދާޅުވި ގޮތުގައި ބޮކިތައް އިތުރު ކުރި ތަންތަނުގެ ތެރޭގައި އެންމެ ބޮޑަށް އަނދިރިކޮށް އޮންނަ މަގުތައް ހިމެނެ އެވެ. އެގޮތުން އެސްޓީއޯ ހޮޓަލުން ފެށިގެން ދިރާގު އޮފީހާ ހަމައަށް އޮންނަ ކުރެދިމާ ހިނގުމާއި އެސްޓީއޯ ހޮޓަލާއި އެމްޕީއެލްއާ ހަމައަށް އޮންނަ ފިތުރޯނު މަގު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ހެދި މަގުތަކުގައި ޖަހާފައި ހުރި ކޮންމެ ދެ ހޮޅިދަނޑިއެއްގެ ދުރުމިނުގައި 50 މީޓަރު ހުރެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ މަގުތައް އަނދިރިކޮށް އޮންނަނީ ކޮންމެ ދެ ހޮޅިދަނޑިއެއްގެ ދުރުމިނުގައި 25 މީޓަރު ނުހުންނާތީ އެވެ.
ފާތިހު ވިދާޅުވި ގޮތުގައި މަގުތަކަށް އިތުރު އަލިކަމެއް ގެންނަން ބޭނުންނަމަ، އޮތީ ދެ ހައްލެކެވެ. އެއީ ބޮކިތައް ގިނަ ކުރުމުގެ އިތުރުން 140 ޑިގްރީ އަށް އަލިކަން ފެތުރޭ ގޮތަށް ބޮކިތައް ބަދަލުކުރުމެވެ. އެކަމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ލައިޓްތަކުގެ މެއިންޓަނަންސް ބަލަހައްޓަމުން މިދަނީ. ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށާނަން. އެކަމަށް މަސައްކަތް މި ކުރަނީ،" ފާތިހު ވިދާޅުވި އެވެ.
އެޗްޑީސީން ނިންމާފައި ވަނީ މިހާރު ހުރި ހޮޅިދަނޑިތައް ބެހެއްޓުމަށް ފަހު، މުޅި ހުޅުމާލޭގައި އިތުރު ހޮޅިދަނޑިތަކެއް ޖަހައި ލައިޓްތަކެއް ހަރު ކުރުމަށެވެ. މިކަމުގެ އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ގެނެސްފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ބައެއް މަގުތައް އަނދިރިކޮށް އޮންނާތީ، އެ ރަށުގައި އުޅޭ މީހުން ވަރަށް ބޮޑަށް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ބައެއްގެ ނަޒަރުގައި ހުޅުމާލޭގައި ރޭގަނޑު އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ އެއް ސަބަބަކީ މަގުތަކުގައި އެކަށީގެންވާ އަލިކަމެއް ނެތުމެވެ. އަދި އެ ރަށުގައި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އާންމުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރަދު
18 October 2017
ކުޑަކުރަން ސޯލާ އެނާޖީ ބޫނުން ކުރަނީ، ނިކަން އެލެކްޓްރިކް އެނާޖީ ބޭނުން ކޮއްގެން އަލިކޮއް ޔޫތު ސިޓީ އޭ ކިޔައިގެން 2 އަތާ 2 ފައި ޖަހާބަލަ
އަލީ!
17 October 2017
ތި ވަރަށް ކަޑަވީ...! ދެން ނުދެވޭނެ ރައިޑަކަށްވެސް އޭނައާ އެކީ..!!! :(
ކޮމެންޓޭ
17 October 2017
މަގުތަށް އަލި ކުރިޔަސް މާާކަ ބޮނޑުކަމެއް ނުވާނެ ،މާލޭގެ މަގުތަށް އަދިރިވީމަތަ ތޫނު ހަތިޔާރު ބޭނުންކޮއްގެން މީހުން އެމަރަނީ
ނައްތު
17 October 2017
އެ ރަށޭ ؟.. ބަލަ އެއީ މާލޭގެ ''އަވަށެއް'' ނޫންތަ ؟
އަލީ_
17 October 2017
މީހުންގެ ގޭގޭގައި ބެލްކަނީގައި ހަރުކުރާ ލައިޓު ހަރުކުރީމަ ކަމަކު ނުދާނެ.
ޞަރޫ
17 October 2017
ސޯޑިއަމް ލައިޓްތައް ގިނަ ކުރަން ފެނޭ. ރޭގަނޑު މަގުތަކުގައި ހުދު ކުލާގެ ލައިޓް ހުރީމަ ލޮލަށް އުނދަގޫވުމުން އިތުރުން ހުޅުމާލޭގެ ރީތިކަން ވެސް ވަނީ ގެއްލެން ފަށައިފަ!
ރަބަރު
17 October 2017
ސޯޑިއަމް ލައިޓް އެއީ މަގުތަކާއި މައިދާނުތަކަށް އަލިކުރުމަށް އެންމެ ރަނގަޅު ބޮކިތަކެވެ. 50 މީޓަރު ދުރުމިނުގައި ދަނޑި ހުއްޓަސްއަލވާނެއެވެ. މިހާރު އެހަރުކުރަނީ ގޯތިތެރޭގައި އޮންނަ ބަގީޗާކަހަލަ ތަންތާ ހަރުކުރާ ބޮކިތަކެވެ. ކިތަންމެގިނަކުރިއަސް މަގުތައް އަލުނުވާނެއެވެ.
އުމަރު
17 October 2017
ޒިންމާ ޕްރޮގްރާމުގައި ސައިމަން ވާހަކަ ދެއްކިއިރު ހީވާކަހަލަ އަލިކުރުމަކީ ވަރަށް ބޮޑުކަމެކޭ
މެންޓަލިސްޓް
17 October 2017
ސޯޑިއަމް ލައިޓްތޯ ބެހެއްޓީ ؟؟ މާލޭގެ މެރިންޑްރައިވް ގައި ޖަހާފައި އެހެރަކަހަލަ ،،، އޭރުން ލޮލަށްފަސޭހަވެ ދުއްވާއެއްޗެއްސަށްވެސް ފަސޭހަވާނީ ،،، ހުޅުމާލެ އަލިކުރަނީއޭ ކިޔާފައި ހަމަ ތާކުންތާކު ނުޖެހޭ ބޮކިތަކެށް ޖެހިއަކަސް ކަމަކުނުދާނެ ،،،، ވަރަށްވެދުން
ޖާން
18 October 2017
ތާކުންތާކު ނުޖެހޭ ބޮކިތައް ގެނައިމަ އެގަންނަން އިރުެިރުކޮޅާ ދެވޭނެ...އަދިވެސް....
އުނބުށެން
17 October 2017
އިސްރާފް ނުކޮށް ކުރަންވެފައި ހުރި ތިފަދަ ކަންކަން ކޮށްބަލަ. ކޮންމެ ހަތަރު އަނގޮޅިއެއްގައި 4 ހޮޅިޖަހައި 8 ނަންބޯޑް ޖެހުމުގެ ބަދަލުގައި އެންމެ ހޮޅިއެއްގައި 2 ބޯޑު ބެހެއްޓީމާވެސް އެތާއޮތް ދެމަގުގެ ނަން ނޭނގެނީބާ؟ ގަސް އިންދާއިރުވެސް ބިޔަވާ ޒާތުގެ ގަސް ހަނިހަނިތަންތަނުގައި އިންދާފައި ފުޅާކޮށް ހުރި ޕާކިންޒޯންތަކާ ވެސް އިންވެގެން ހުރި ތަންތާނގައި ހެދުމަކާނުވެ ހިޔާކޮޅެއްވެސް ނުލިބި ހުންނަ ނިކަމެތި ގަސް އިންދާއިރު އެއިން ފަސޭހައެއްވާނެ ގޮތަކާމެދު ނުވިސްނަނީބާ؟