ތުޅާދޫ ފަރުމައްޗަށް އަރާފައި އޮތް އެމްޓީސީސީގެ ބާޖު: އެ އުޅަނދު ރޭ ވަނީ ފުންކޮށްފައި-- ފޮޓޯ/ ސޯޝަލް މީޑިއާ
19 އޮކްޓޯބަރ 2017 - 10:09
ބ. ތުޅާދޫގެ ނެރު މައްޗަށް އެރި އެމްޓީސީސީގެ ބާޖު ރޭ ފުންކޮށްފި އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި އެމްޓީސީސީގެ މުވައްޒަފުންނާ ގުޅިގެން ރޭ 12:00 ހާއިރު ބާޖު ފުންކޮށްފައިވާ ކަމަށެވެ.
ތުޅާދޫގެ ބޭރު ތޮށި ހެދުމުގެ މަސައްކަތަށް ދިޔަ ބާޖެއް، އެ ރަށަށް ވަންނަން އުޅުމުގެ ތެރޭގައި ނެރަށް އެރުމުން އެ ރަށު ފަޅުން އުޅަނދުފަހަރު ވަދެ ނުކުމެ އުޅުން ވަނީ މުޅިހެން ހުއްޓިފަ އެވެ.
ތުޅާދޫ ބޭރު ތޮށިލުމުގެ މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފަ އެވެ. ނަމަވެސް ބާޖު ނެރަށް އެރުމުން އެ މަސައްކަތް ހުއްޓުމަކަށް އަޔަސް އަލުން ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
19 October 2017
އަލްހަމްދު ލިﷲ! -އިބްރާހީމް-