ތިލަފުށީގައި ކުނި ނައްތާލާ ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ) އަދި ފްލެކްސަސް ކުންފުނީގެ ސޭލްސް ޑިރެކްޓާ ޕީޓާ އެއްބަސްވުން ބަދަލުކުރައްވަނީ.- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
19 އޮކްޓޯބަރ 2017 - 16:29
ތިލަފުށީގައި ވޭސްޓް ބޭލިން ސިސްޓަމެއް ގާއިިމު ކުރުމަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) އަށް ސްވިޑްންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ފްލެކްސަސް ކުންފުނިން ސޮއިކުރެއްވީ އެތަނުގެ ސޭލްސް ޑިރެކްޓަރު ޕީޓާ ސުވެންސަން އެވެ.
ދިވެހި ސަރުކާރާއި ޕީއެސްއައިޕީގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އެ މަސައްކަތް ފަސް މަސް ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ފްލެކްސަސްއާ ހަވާލުކޮށްގެން ގެންނަން ހަމަޖައްސާފައި ވަަނީ ބޭލިންް ދެ ސިސްޓަމް ކަމަށެވެ. އެ ސިސްޓަމުން ގަޑިއަކު 20 ޓަނުގެ ކުނި ބޭލް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ތިލަފުށީގައި ކުނި ނައްތާލާ ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް (ކ-2) ވާހަކަދައްކަވަނީ- ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
ތޯރިގް ވިދާޅުވީ ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން، މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. އަދި އެ ކަންތައްތައް ހައްލުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަލަށް ގެންނަން ހަމަޖައްސާފައިވާ އިންސިނެރޭޝަން ސިސްޓަމުން އެކަަމަށް ލުއިތަކެއް ލިބޭނެ ކަން ފާހަގަކުރެއްވި އެވެ.
"މާލެ ސަރަހައްދުގެ ރަށްތަކަށް އަރާ ދުމާއި ވަސް ކޮންޓްރޯލް ކުރެވުމުގެ އިތުރުން ތިލަފުށީގައި އަންދާ އެންދުން ވެސް މަދު ކުރެވިގެންދާނެ،" ތޯރިގް ވިދާޅުވި އެވެ.
ތިލަފުށީގައި ކުނި އެންދުމުގެ މަސައްކަތް މިހާރު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ބޭރުގެ އެހީއަކާއެކު، 15 ހެކްޓަރުގެ ބިމެއް ވެމްކޯ އަށް ކަނޑައަޅައި އެތަން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޔެ
19 October 2017
ގޭތެރޭގައި ހުންނަ ހުދުކުލައިގެ ސްވިޗް ފަދަ ޕްލާސްޓިކު ސާމާނު ރީނދޫވަނީ ކީއްވެކަން މިއެނގުނީ. މާލޭގެ ވައި ތައައްޔަރު ވެފައިފާ މިންވަރު އިނގޭނީ އީޕީއޭ އަށް އެކަނި. ތުއްތު ކުދިން ވިހެއުމުގެ ތެރޭގައި މަރުވުމަކީވެސް އަލާމާތެއް.
ކުނިދުން
19 October 2017
މާލޭގެ ރަތްޔިތުން އަތުން އަގުނަގައިގެން ކުނި ތިލަފުއްޓަށް ގެންގޮއްސަ މިކުރާކަމަކީ އެކުނިއަންދާގެން އަރާ ވިހަ ދުން މާލޭގެ ރައްޔިތުންނަށް ބޯންދެނީ. މީގެސަބަބުން އެތަށް އެތަށްބައްޔެއް މާލޭގެދިރިއުޅޭރައްވެހިންނަށްކުރާނެ. ކާކުބާ މިކަމާދޭތެރޭ ވިސްނަނީ... ޖަލްސާބާއްވާ އަތްޖަހުނީމަނިމުނީ..
އަތްޖެހީ
19 October 2017
މިދިޔަ ވިހި އަހަރުގެތެރޭގައި ހައްލު ނުވެ އޮތްކަމެއް ހައްލުކުރެވޭތޯ ނޫންތަ ސަރުކާރުން އެއުޅީ. އާޓިކަލް ކިޔާލަބަލަ.
އުމަރު
19 October 2017
ވެމްކޯއަށް ހަމަ ބޭނުންވާނެތޯ 15 ހެކްޓަރުގެ ބިމެއް ހިއްކާފަދޭން؟ އަނެއްކާވެސް ބީލަމަކާއި ނުލައި ބަޔަކަށް ބޮޑު ލާރިގަނޑެއްދިނީ، މިސަރުކާރުގެ ކަމަކީ ޓެކުސްގެ ފައިސާ ހަމަ ބޭކާރު ގޮތުގައި ހޭދަކުރުން، ދުނިޔޭގެ އެހެން ގައުމުތަކުން ކުނިން އުފައްދަނީ ކަރަންޓް، ގަސްކާނާ، އަދި ބިން އުފެއްދުމަށް ބޭނުންކުރެވޭނެ ކަޅުފަސް، ގައުމު މިއޮތީ އެންމެ ކުޑަކޮށް ތަރައްޤީވަމުންދާ ލިސްޓުގައި، ގެންގުޅެނީ ބަންގަލަދޭޝްގެ މަސައްކަތު މީހުން ދެން ކުއްވެރިންނާއި، އެއްވެސް ތަމްރީނެއް ނުލިބި ތިބި މީހުން، ދެން އަގުބޮޑެތި މެޝަނަރީޒް އަދި ހައިޓެކު އިކިއުޕްމަންޓް ގެނައީމާ ދެންވާނީ ކިހިނެއްތޯ؟
ޑޭންޖުރެސް
19 October 2017
ވެމްކޯ އަކީ އެއީ ސަރުކާރުގެ ކުންފުންނެއް. ހަމަ ޖެހޭނެ ހިއްކާފަިއ ދޭން 1000 ހެކްޓަރުގެ ބިމެއް. އެއީ އިންޑިއާގެ ޓަޓްވާ އެއް ނޫނެވެ. ވެމްކޯ އަށް ވާ ފައިދާ އަކީ އެއީ ދިވެހިރައްޔިތުންނަށް ވާ ފައިދާ އެވެ. ވެމްކޯ ވާނެ މުސްތަގްބަލް ގައި އެސްޓީއޯ އަށް ވުރެން ވެސް މުއްސަނދި. ތަމެން ބަލަން ތިބޭތި. ތަމެނނަށް ނޭގޭނެއޭ މަމެން ޕިންކީން ކަންކަން ކުރަން ޖެހޭނެ ގޮތެއް ތަމެން އެމްޑީޕީން ނަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ބޮއި ކޮޓް ކުރަން ގޮވި ގޮވާ މީހުންނޭ. ތަމެންނީ ތިޔާއީ ޑޭންޖުރެސް މީހުންނޭ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ. ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް... ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..
ދަވޭ
19 October 2017
ތިލަފުށީގައި ކުނި އަންދަން ވެގެން ގެންނަ ވެޓް ގާރބޭޖް ބޭލް ކުރާނެ ނުވަތަ ޕެކް ކުރާނެ ނިޒާމެއް ގާއިމް ކުރުމަށް ޓަކައި 1.7 މިލިއަން ޑޮލަރަށް އެވަރުގެ ޕްރޮޖެކްޓް އެއް ސްވިޑެން ކުންފުންނަކަށް ދިނުން އެއީ ގޯސް ކަމެއް ނޫން. އެކަމަކު ތިމާވެށި މިނިސްޓްރީން ބްލޮކް ކުރެހުމެއްގައި ނަމަވެސް ގެނެސްދޭން ވެއްޖެ ނޫންތޭ ނުވަތަ ގްރެފިކްސް ކުރެހުމެއްގައި ނަމަވެސް ގެނެސްދޭން ވެއްޖެ ނޫންތޭ ތިލަފުށީގައި ގާއިމް ކުރާ އިންސިނިރޭޓިންގް ސިސްޓަމް ގައި ހިމެނޭ ބައިތައް. ކިތައް އިންސިނިރޭޓަރ ކިތައް ޓަނުގެ. ކިތައް ކޮމްޕްރެޝިން މެޝިންގް. ކިތައް ބޮޓުލް ކްރަޝަރ. ތިމާވެށި މިނިސްޓްރީން ބުނަނީ ޕްލާސްޓިކް ބޮޓުލް ގައި ފެން ނުއުފައްދާށޭ. ދެން ގްލާސް ބޮޓުލް ގައި ފެން އުފެއްދީމާ ގްލާސް ބޮޓުލް ކަނޑުގެ އަޑިއަށް ގޮސް ފިނަމަ އެނައްތާލެވޭތޭ. ޕްލާސްޓިކަށް ވުރެން ގިނަ ދުވަހު އެހުންނާނެ ދޯ ކަނޑުގެ އަޑީގައި ނައްތާނުލެވި. ތިމާވެށި މިނިސްޓްރީ އިން ދެން ކޮންސްޓްރަކްޝަން ވޭސްޓް ނައްތާލުމަށް ޓަކައި ގެންގުޅޭ ތިއަރީ އަކީ ކޮބައިތޭ.
ރަދީފް
19 October 2017
އެއްކަލަ ލާދީނީ ސްވިޑެންގެ ކުންފުންޏެއްދޯ ލިބުނީ.ކޮބާ އެއްކަލަ ސައުދީ؟؟!
ޔޫސުބު
19 October 2017
ބަލަ ސައުދީ މީހުން ގެންނާތީނު ކަލޭމެން ފަޔަށް ހިނިއަރައިގެން އުޅުނީ...މިހާރު ތިކިޔަނީ ކޯއްޗެއް...ތިޔަހާ މުނާފިގު ނުވެބަލަ