ފަސްޓް ލޭޑީ ފާތުން މިރޭ އައްޑު އަށް ވަޑައިގަތުމުން އެކަމަނާއާ އެކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ޕީޕީއެމް
19 އޮކްޓޯބަރ 2017 - 23:40
ވެރިކަން ކުރާ ޕީޕީއެމުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އައްޑޫގައި ހަރަކާތްތަކެއް ހިންގުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.
އެކަމަނާ އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ޕީޕީއެމްގެ ސަޕޯޓަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ބައެއް ސްކޫލްތަކުގެ ދަރިވަރުން ހޫނު މަރުހަބާއެއް ކިޔެވެ.
ފަސްޓް ލޭޑީއާ އެކު އައްޑު އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ހިމެނެ އެވެ.
ފަސްޓް ލޭޑީގެ ދަތުރުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި "އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވާނެ އެވެ. މި ޖަލްސާގައި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެޑައިގަންނަވާނެ އެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި އައްޑޫން ހޮވި 19 އަހަރުން ދަށުގެ ޓީމް ކުޅޭ މެޗްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ވެސް ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ފަސްޓް ލޭޑީ ފާތުން އަށް ގަން އެއާޕޯޓުން މިރޭ މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް
ފަސްޓް ލޭޑީގެ އައްޑޫގެ މި ދަތުރުގައި މި ސިޓީގެ އިސް ރަށްވެހިންނާއި ޒުވާނުންނާއި އަންހެނުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ އައްޑޫގެ އަވަށްތަކުގައި ބައްދަލު ކުރައްވާނެ އެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ފަސްޓް ލޭޑީގެ މި ދަތުރުފުޅަކީ މި މަހުގެ 19-23 އަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް އައްޑޫގެ ޕީޕީއެމްގެ ގޮފިތަކުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައިވެ އެވެ.
ކެމްޕޭން ކުރެއްވުމަށް ފަސްޓް ލޭޑީ ފާތުން އައްޑު އަށް ވަޑައިގެންނެވިއިރު، "ތައްޔާރު" ގެ ނަމުގައި މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވަނީ އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަން ސަރުކާރަށް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުން އައްޑޫގެ ތަރައްގީ އަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ އެކިއެކި މަޝްރޫއުތައް ހިންގަން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔަގޮއްޔަ
22 October 2017
މެޑަމްއަށް ދައުލަތް ހިންގުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ. މެޑަމްގެ ފިރިކަލުންނަށް ކެމްޕޭންކުރަން ކުރާ ދަތުރުތަކުގައި ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުމެއްނުކުރެވޭނެ. އަދި ދައުލަތުގެ މީޑިއާވެސް ބޭނުމެއްނުކުރެވޭނެ. ދެން މެޑަމްގެ އިޖްތިމާޢީ ކަންކަން ހިންގަންޖެހޭނީ މެޑަމް ހަދައިގެން އުޅޭ ފައުންޑޭޝަނުން އެހެންގޮތަކުން ދައުލަތުގެ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެ. ދުނިޔޭގެ ޤައުމުތަކުގައި ކެމްޕޭނަށް ދައުލަތުގެ ފޯން ބޭނުންކުރުން ފަދަ އީ މޭލް ބޭނުންކުރުން ފަދަ ކަންކަން ކުރުމުންވެސް ވަނީ މަޤާމްގެ ނުފޫޒް ބޭނުންކޮށްގެން އަމިއްލަ ފައިދާ ހޯދި ކަމުގެ ދަޢުވާކޮށްފަ. އަދި ރައްޔިތުން މިއުޅޭ ގޮތުން ހިތަށްއަރާ މިއީ ފިރުއައުނުގެ ދުވަސްވަރު މިޞްރުގެ އަޅު ރައްޔިތުން ގެންގުޅުގޮތްބާއޭ. ކުރިމަތީ ތާޢުރީފް އޮށްސުމާއި މާމެލާމެލިން ފެންވެރުން މިޒަމާނަކާ ނުގުޅޭ.
ރެޓޭ
21 October 2017
އައްޑޫ މީހުންތިބެނީ ބޮޑުތަނުން ގަމާރުވެފަ!
ފައިޒަން
29 October 2017
ގަމާރުން ދެކޭނީ އެހެންމީހުން ނަކީ ގަމާރުން ކަމަށް.
ދިވެހި ރާއްޖޭގެ
20 October 2017
ވެރިއަކީ ކާކުކަން މިހާރު އަހަރުމެންނަށް އޮޅޭ ދަރަޖައަށް ކަންތައްތައް ގޮއްސި
ފާގަ ހަސަނާ
20 October 2017
މަރުހަބާ މެޑަމް... ތި ކަހަލަ ދީންވެރި އަންހެނުން އައްޑޫ އައުމުން އަހަރެމެން ވަރަށް އުފާވޭ
އަތްފުނާ
20 October 2017
ގަަބޫލު ކުރިއަސް ނުކިރިއަސް ، މި ރައްޖޭގައި މިހާ އެކްޓިވް ފަސްޓް ލޭޑީއެއް މީގެ ކުރިން ނުފެނޭ.ރާއްޖޭގެ ތާރިހު ހެކިދޭ.މި ރާއްޖޭގައި ރައީސްކަން ކުރެވިދާނެ.ތި އަނެއްކާ މިގައުމުގެ މުސްތަގްބަލް ބާ ؟
ގުރާ
20 October 2017
ފޭދޫ ރައްޔިތުން ކިހިލި ޖަހައިގެން އައްޑޫގެ ތާއީދު ހޯދެންޏާ ތިކަން ވާނެ. އައްޑޫގެ އެހެން ރަށްރަށް އަޅާނުލައި ދޫކޮށްފައިވާތަން ފެނޭ. ހުރިތަނެއް ވިއްޔާ އެއޮތްގެން ސުންނާފަތި ކުރަނީ. ވޯޓު ކާރިވީވީހެން އަވާމެންދުރު ދައްކާނެ.
ލޭޑީ
20 October 2017
ފަސްޓްލޭޑީވެސް ޔާމީންއަށްވުރެން މާ ރަގަޅު. 2018ގައި ޤައުމުގެ ރައީސާއަކަށް ފާތުން،
ޑެލް ބޯއި
20 October 2017
ޔޫ އެންޑް އައިވެފަ ތިހުރީ
ހޭކެނޑޭ
20 October 2017
އައްޑޫ ރައްޔިތުންނަކީ ޤަމާރު ތަންދޮރު ނުދަންނަ ނުކިޔަވާ ތިބޭ ރައްޔިތުން ދިރި އުލޭ ރަށެއްނޫން. އައްޑޫ ރައްޔިތުންނަކީ ވަރަށް ވިސްނުން ތޫނު ފިސާރި ކެރޭ ޖެހިލުން ކުޑަ ރައްޔިތުން ތަކެއް. އަދި ތިހެން ކިޔާލާ ޅެން ފަރިއްސަކުން ނެއް އެ ރައްޔިތުންގެ ހިތްތަކެއް މި ސަރުކާރަކަށް އަނބުރައެއް ނުލެވޭނެ. މި ސަރުކާރަށް އައްޑޫ ރައްޔިތުން 2018 ގެ ރިޔާސީ އިންތިހާބު ގައި ވަރަށް ސާފު އިބާރާތުން ނޫނެކޭ ބުނެލާނެ މަންޒަރު ރައްޔިތުން ދައްކާލާނެ. ކެތްތެރިވެ މައިތިރިވެގެން ތިބޭ ރައްޔިތުން ތަކެއް އައްޑޫ ރައްޔިތުންނަކީ.
ޢީނަ
20 October 2017
ސާބަހޭ
ދާއިދު
20 October 2017
މި ޒަމާނުގެ ބައްޔަކި ތިއީ. މާ ތަންދޮރު އެނގި ވިސްނުން ތޫނުވެގެން ގޮސް ހިތް ގާ ވުން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
20 October 2017
މާލޭގައި އަޅާ 300 މިލިޔަން ޑޮލަރުގެ ފާލަމާއި ، 148 މިލިޔަން ޑޮލަރުގެ ކޮތަރު ކޮއްޓެއްގެ ބިމުގައި ހަދާ 24 ބުރީގެ އިމާރާތާއި ހުޅުލޭގައި އަޅާ 1.2 ބިލިޔަން ޑޮލަރ ގެ ދެވަނަ ރަންވޭ އާއި ކުރިއަށް އޮތް 100 އަހަރުންވެސް ދައްކާ ދަރަނި އަދާ ނުކުރެވޭފަދަ ލޯނު ބޭރުގެ ފަރާތް ތަކުން ނަގައިގެން “ކުލީ އަޅުން އިތުރު ކުރުމަށް” ހުޅުމާލެ ކިޔާ ރަށްގަނޑަށް ކުރާ ހުރިހާ ހަރަދު ތަކަކީވެސް އައްޑޫ ގެ ތަރައްޤީ އަށްޓަކާ ޔާމީން އަބުދުލް ޤައްޔޫމް ކުރައްވާ މަސައްކަތް ކަމުގައި ވެދާނެ. . . . އަދި ޔާމީން އަބުދުލް ޤައްޔޫމް ގެ ބެލުމުގެ ދަށުން “އައްޑޫ ސިޓީ ގެ ތަރައްޤީ އަށް 1.5 ބިލިޔަން ރުފިޔާ ހަރަދު ކޮށްފި” ކަމަށް ވިދާޅުވެ ލައްވަނީ އެމްއެމްޕީއާރސީ އިން “ވަގަށް ނެގި ފައިސާ އަކީވެސް އައްޑޫގެ ތަރައްޤީއަށްޓަކައި ހޭދަކުރި ފައިސާ ކަމަށް ބަލައިގެން ވިދާޅުވި އަދަދެއް” ކަމުގައި ވެދާނެ. . ރާއްޖޭގެ އެންމެ ތައުލީމީ ހޭލުންތެރި ދުނިޔެއަށް ލޯހުޅުވިފައިއޮތް ޖީލެއް ދިރިއުޅޭ އައްޑޫ ގައި ހީއެއްނުވޭ ތިޔަ ވާހަކަ އަޑުއަހާނެ ބަޔަކު ތިބޭނެ ހެނެއް.
ސަހުނާ
21 October 2017
އައްޑޫ މީހާ އުޅެނީ ނުލާހިކު ފެންވަރުގަ. ކޮންމެ ގެއެއްގަ ކާރެއް އޮންނާނެ.