އައްޑޫ އާ ހޮސްޕިޓަލްގެ މަސައްކަތް ބެއްލެވުމަށް މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ހައުސިން މިނިސްޓްރީ.
22 އޮކްޓޯބަރ 2017 - 00:31
އައްޑޫގައި މިހާރު ހަދަމުން އަންނަ އާ ހޮސްޕިޓަލް ނިންމައި ހިދުމަތް ދޭން ފަށާ އިރު، ވެރި ރަށް މާލޭން ނުލިބޭ ސިއްހީ ހިދުމަތް އައްޑޫން ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭންކޮށް ދެއްވުމަށް ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައީސް ޔާމީން އެ ހޮސްޕިޓަލް ހުޅުއްވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ކުރިއަށްދާ އިރު، މުއިއްޒު ވިދާޅުވީ އެ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް މީހުން ބޭސް ފަރުވާ ހޯދަން އަންނަ ފެންވަރުގެ ތަނަކަށް ކަމަށެވެ.
Minister @MMuizzu visited the ongoing project site of tertiary hospital development at Addu City Hithadhoo today and monitored the progress pic.twitter.com/NAc30liaD9
— housing.gov.mv (@HousingGovMv) October 21, 2017
ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް.
"އަޅުގަނޑު އެކަމުގެ އަމަލީ މަސައްކަތުގައި އުޅޭ މީހަކަށް ވާތީ މި ދަންނަވަނީ، އެ ހޮސްޕިޓަލް އިން މާލެއިން ނުލިބޭ ހިދުމަތްތަކެއް ލިބޭނެ. އޭރުން މާލެއިން މީހުން ބޭސްފަރުވާއަށް އައްޑޫއަށް އަންނާނެ." މިނިސްޓަރ ވިދާޅުވި އެވެ.
އައްޑޫ އާ ހޮސްޕިޓަލް ތަރައްގީ ކުރަނީ މަތީ ފެންވަރުގެ ސިއްހީ ގުނަ ހިދުމަތް ލިބޭ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގަ އެވެ. މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.
ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓަރު މިއަދު ވެސް ވަނީ ސައިޓަށް ވަޑައިގެން ބައްލަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާބެ
22 October 2017
އެއީ ޕެނަޑޯލްތޯ
ޑރ. ޖަމްޝީދު
22 October 2017
އެއީ ތެދެއް މާލެންވެސް އަދި ރާއްޖޭގެ އެހެން ހުރިހާ ތަނަކުންވެސް ހިދުމަތް ހޯދަން ނައިސް ނުތިބެވޭ ފަދަ ބޭސްވެރިކަމަކަށް އައްޑޫ ހޮސްޕިޓަލް ސްޕެޝަލައިޒް ވަނީ. އައްޑޫ ހޮސްޕިޓަލް ވެގެން ދާނީ ރާއްޖޭގައި ހުރި ހަމަ އެކަނި ސެކުޝުއަލް މެޑިސިން އަށް ޚާއްސަ ހޮސްޕިޓަލް ކަމަށް. ޖިންސީ ބަލި ކަށި ކަމަށް ފަރުވާ ނުކުރެވިގެން އެތައް ދެމަފިރިން ވަކިވާން ޖެހޭ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއް. އެހެންވިމާ ބަރުދާސްތީ ބާރު ގަދަ ކުރަން ޖެހޭ ފިރިހެނުންނާއި އަންހެން ކަނބަލުން ވެސް. މީގޭ އިތުރުން ކުދިން ޕްލާސްޓިކް ސަރޖަރީ ކޮށްގެން މޫނާއި ތުންފަތުގައި ހުންނަ ކުދި ކުދި އައިބުތައް ރަނގަޅު ކުރުމާއި ވިހެއުމުގެ ސަބަބުން އަންހެން ކަނބަލުންގެ ތަނާސުލިީ ގުނަވަނަށް ލިބިފައި ހުންނަ ގެއްލުން ރަނގަޅުކޮށް ރީތިކޮށް ރިބްރޭންޑް ކުރުން ހިމެނެއެވެ. މިއީ ބޮޑު އަގެއް ދީފައިވެސް ގިބަ ބަޔަކު ބޭނުން ފަރުވާ އެކެވެ. އައްޑޫ ހޮސްޕިޓަލަށް ވަރަށް ސަލާމް
ޝޮކް
22 October 2017
ތިހެން ތިކަނ ް ވެއްޖެނމަ ކިތަންމެހވެސް ރަގަޅު ރަތްޔިތުން ތަކެެއްގެ އެތަކެއްލާރިއެއްސަލާމަތް ވެގެން ދާނެ..ގައުމާގެން ކުރިޔަށް
މުއިއްޒުވުން
22 October 2017
ވެދާނު މާފަންނުކޮޅުގެ ނަން އައްޑުއަށް ބަދަލު ކޮށް. އައްޑޫމާލެއަށް ބަދަލު ކުރަނީ ކަމަށްވެސް. އޭރަމާލެ މީހުން އައްޑުއަށްތާ ދާނީ.. ކެކެ
ނޫޅޭދެން
22 October 2017
އައްޑޫ ހޮސްޕިޓާ ވެސް އެޅެނީއޭ. ދެން ތަމެން ޖެހޭނީ މަހަށް ދާން އައްޑޫން ވޯޓެއް ހޯދަން ވެއްޖެނަމަ އެމްޑީޕީ އެއްޗިއްސޭ. މިކަމާއި ނޫޅޭ ތަމެން ރަށު ތެރޭން އެހެން ކަމަކާއި ގެން އުޅުނިއްޔާ ދެން މާ ތާހިރުވާނެ އެއް ނޫންތޭ.
މެންޓަލިސްޓް
22 October 2017
މިހާތަނަށް މުއިއްޒު ހިނގި ހުރިހާ ޕްރޮޖެކްޓްއެއް ދިއައީ މުއިއްޒްވެގެން ،،، އައްޑޫގައި މާލެއިން ނުލިބޭ ސިއްހީ ޙިދުމަތްތަށް ކުރީންޒަމާންތަކުގައި އޮތް ،،، އޭރު ރާއްޖޭގެ އެހެން ކަންކޮޅުތަކުން މީހުން ބޭހަށް ގޮސްއުޅުނީ އައްޑޫއަށް ބޭހަށް ،،، އެއީ އިނގިރޭސީން އައްޑޫގައި އެއަރފޯސްބޭހެއް ހަދައިގެން ހިނގިޒަމާނުގައި ،،، އޭރު ވަރުގަދަ އޮޕަރޭޝަންތަށްވެސް އެބަހުރި ކޮއްފައި ،،، ދެން އައްޑޫގައި ފެންވަރު ރަގަޅު ހޮސްޕިޓަލްއެއް ހުރުމަކީ ހަމަ ލާޒިމްކަމެކޭ ދެންނެވޭނީ ،،، ވަކި އައްޑޫއެއްނޫން ހުރިހާ ހިސާބެއްގައިވެސް ހުންނަންޖެހޭނެ ،،،، ނަމަވެސް ކޮންމެ ރަށެއްގައި އެކަންކުރުމަކީ އުނދަގޫކަަމަކަށްވާނީ ،،، ނަމަވެސް އަތޮޅުތަކުގައި ކުރެވިދާނެ ،،، ވަރަށްވެދުން
ފާއްތާ
22 October 2017
އައްޑޫގަ އާ 100 އެނދުގެ ރީޖަނަލް ހޮސްޕިޓަލެއް އަޅަން ހަމަ ޖެހުނު 24 މިލިޔަން ޑޮލަރުގެ ބަޖެޓުން މާލޭގައި އަޅާ ހޮސްޕިޓަލުގެ ކިތައް ފުލޯ ނިމިއްޖެތޯ މުއިއްޒޫ ؟
ޕާރފެކްޓް
22 October 2017
އެމްޑީޕީން ކިތަންމެ ހުރައެއް އެޅި ނަމަވެސް އައްޑޫ ހޮސްޕިޓާ ވެސް އަޅާނެ އަދި ލަންކާ އިންޑިއާ ތަންތަނުން މި ހޮސްޕިޓަލުން ފަރުވާ ހޯދަން ވެސް އެގައުމު ތަކުން މީހުން އައްޑޫ އަށް ވެސް އަންނާނެއެވެ. މަމެން މީ މިބާވަތުގެ ކަންކަން ކުރުމުގައި ވަރަށް ބޮޑެތި މީހުންނޭ މަމެންނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ ކުދިންނޭ އިނގޭތޭ ތަމެންނަށް. މެޑިކަލް ހޮސްޕިޓަލް މެޓަރސް ވީ އާރ ޕާރފެކްޓް އިނގޭ..
އާންނޫރު
22 October 2017
އައްޑޫ މީހުންތިބީ އަންނިގެ ނާނާ ހުވަފެނުގައި ޖެހި އެމީހުންގެ ސިކުނޑިތައް ދޮވެލާފާ. ކިތަންމެ ކަމެއް ކޮށްދިނަސް އެމީހުންނަށް އަންނި ނޫން މީހަކު ނުފެންނާނެ. ވޯޓެއްވެސް ނުދޭނެ. ކަންތައްތައް ކޮށްދީ. ބަލައެއް ނުގަންނާނެ. ޝުކުރެއްވެސް ނުކުރާނެ. ޝަކުވާ ގިނަކުރާނީ. އެމީހުންގެ ހުރިހާ އެއްޗަކީވެސް އަންނި. އަންނި ލިބެނިކޮށް އެމީހުންގެ ހުރިހާކަމެއް ހާސިލުވީ.
އުމަރު
22 October 2017
މާލޭގެ މީހުން ކާރީގައި ބުނަނީ ރާއްޖެއިން ބޭރުން ލިބޭ ހިދުމަތްތަށް މާލޭގައި ހަދާ 25 ބުރީގެ އިމާރާތުން ލިބޭނެކަމަށް، އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭނެކަމަށް، މިހާރު އައްޑުއަށްގޮސް މިވިދާޅުވަނީ މާލެއިން ނުލިބޭ ހިއުމަތް އައްޑޫގެ ހޮސްޕިޓަލުން ލިބޭނެކަމަށް، ބަލަ އައްޑޫގައި ތިޔަ ހޮސްޕިޓަލް ހިންގަނީ ކިހިނެއްތޯ؟ އިމާރާތެއް އެޅިޔަސް ހޮސްޕިޓަލެއް ނުހިނގާނެ، އަދި އިކުރިމަންޓްތަކެއް ހުއްޓަސް ހޮސްޕިޓަލެއް ނުހިނގާނެ، މާލެއަށް ހުރިހައި މީހުން އެގެންދަނީ ޖަމާކުރަމުން، ދެން ކިހިނެއްތޯ ހޮސްޕިޓަލެއް އައްޑޫގައި ހިނގާނީ، އައްޑޫ މީހުން ބޭނުންވަނީ ހޮސްޕިޓަލަކާއި އެކުގައި ޑޮކްޓަރުން، ވަސީލަތްތަށް އަވަސް ހިދުމަތް،