26 އޮކްޓޯބަރ 2017 - 19:48
ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި، މި ރަށުގެ ކުޅި ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ކުޅުދުއްފުށީގެ އެހެން ދިމާތައް ހިއްކައިގެން އެއާޕޯޓް ހެދެން އޮތް ނަމަވެސް، ކުޅި ހިއްކައިގެން އެކަން ކުރާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ހިއްކަން ގެންނަން ޖެހޭ ހުރިހާ ސާމާނަކާއި އެކަމަށް ބޭނުންކުރާ އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު ކުޅުދުއްފުއްޓަށް އައިސް ހުރިހާ ތައްޔާރީއެއް ވަނީ ނިމިފަ އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު "މިހާރު" އަށް ވިދާޅުވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ތައްޔާރުކުރާ އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓް ބުނާގޮތުން ޕްލޭނާ އެއްގޮތަށް ކުޅި ހިއްކުމުގައި މައްސަލައެއް ނެތް ކަމަށެވެ.
"މި ފެށޭ ހަފްތާގައި ހިއްކަން ފެށޭނެ. ކުޅި ހިއްކަން މާ ގިނަ ދުވަހެއް ވެސް ނުނަގާނެ،" ޒިޔަތު ވިދާޅުވި އެވެ.
ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅުދުއްފުށީ ކުޅީގައި 12 ވަރަކަށް ހެކްޓަރު ހުންނައިރު ޒިޔަތު ވިދާޅުވީ އޭގެ ތެރެއިން ހިއްކުމަށް ނިންމާފައި ވަނީ ނުވަ ހެކްޓަރު ކަމަށެވެ. ބާކީ ހަ ހެކްޓަރު ހިއްކާނީ މޫދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހެދި އީއައިއޭ އިން ދައްކާގޮތުން ކުޅި ހިއްކައިފި ނަމަ މި ރަށުގައި ފެންބޮޑުވުން ފަދަ ބޮޑެތި ތިމާވެށީގެ މައްސަލަތައް ދިމާވާނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ މައްސަލަތައް ބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ޓްރޫ މެންގްރޫވް (ކަނޑޫފަލުގައި ހެދޭ ގަސް) ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ. ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން "ސެންސިޓިވް އޭރިއާ"އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.
ކުޅުދުއްފުށީގެ ކުޅި ހިއްކާ ޑްރެޖަރަަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާ ޖަރީމާ
28 October 2017
12 ހެކްޓަރުގެ ކުޅިއަކުން ކީއްކުރާ 9 ހެކްޓަރެއްތަ ހިއްކަނީ. މުޅިން ހިއްކާލާ. ބާކީ އިން ކުޑަތަންކޮޅުން ފެން ދައުރުނުވެގެން އެތަން ކުނިވެގެން ދުވާނީ ނުބައިވަސް. ދެެން އެހާޕޯޓަކާ އެހާކައިރީ ކުޅީގަ އުޅޭ ކަހަލަ ދޫނިތަކަށް އުޅެވޭނެތަ؟ ނޫނީ އެވަރުވެސް ވިސްނާދޭނެ މީހަކު ތިތާ ނެތީތަ؟
ބަވަނަ
28 October 2017
ކުލުދުއްފުށި އެއާޕޯޓް ޢާމެދު ދެވަނަ ވިސްނުމަކަށް ދިއުން ވަރަށް މުހިންމު!
ރ މޫސަ
27 October 2017
ތިޔައިން ކަމެއް ކުރިޔަސް ނުކުރިޔަސް ތިމާވެށީގެ މައްސަލަ ތައް ދިމާ ވުމުގެ ފުރުސަތު ނެތީ ކޮންތަނެއްގައި ތޯ. ހުޅުމާލެ އެއްބޮޑު އެއޮއް ރީތި ފަޅުވެސް ހިއްކައިގެން ސިޓީއެއް ހަދަން ޖެހުނީމާ އެ އޮތީ ހަދާފައި ނޫންތޯ. އެއި ކިތައް ސަތޭކަ ވައްތަރުގެ މަސް މަހާމެއްސާއި މުރަކަ އާއި އަދިވެސް ކަނޑުފަޅުގެ ކިތައް ސަތޭކަ ދިރުން އޮންނާނެ ފަޅެއްތޯ. އެކަމަކު މިހާރު މީހަކު އެވާހަކަ ދައްކާތަ. އިންސާނުންގެ ފަސޭހައަކަށް ޓަކައި ތަރައްގިގެ މަޝްރުޢު ހިންގަން ކުރަން ޖެހޭ ކަންކަން ކޮށްފައި ބާކީ އޮތް ބައި ހިމާޔަތް ކުރީމާ ނިމުނީ. ކުޅުއްފުށީ ކައިރީގައި އޮތް ކޭ ލަކުނަކީ ކަނޑޫ ފަލުގެ އެއްވނަ. ރީތި ކަމުންވެސް އެއްވަނަ،. ވީމާ އެތަން ހިމާޔަތް ކޮށްފައި ބޭއްވީމާ ނިމުނީ. ކޮންމެ އަތޮޅެއްގައި ވެސް ފަޅަކާ ރަށެއް އެއްކޮށް ދާއިމަށް ހިމާޔަތް ކުރާ ގާނޫނެއް ހަދާފައި އެފަދަ ތަން ތަން ހިމާޔަތް ކުރީމާ ޖުމުލަ ގޮތައް އޮންނާނީ ތިމާވެށި ހިމާތް ކުރެވިފައި.
ޔަންގް މޭން
27 October 2017
ކުޅި އަކީ އޭގެ ޒާތުގަ މާބޮޑު ބޭނުމެއް ހިފޭނެ ތަނެއްކަމަށް ނުފެނޭ.ހިއްކާލާފަ އަވަހަށް އެއާޕޯޓް އަޅާ!ކުޅުދުއްފުށި އަށް އެއާޕޯޓްގެ މުހިންމުކަން ވަރަށް ބޮޑު.ކުޅުދުއްފުށި އަކީ ބާރަށް ތަރައްްްޤީ ވަމުން އަންނަ ރަށަކަށް ވީހިނދު، ހޮސްޕިޓާ ރަގަޅު ފެންވަރަކަށް ތަރައްޤީ ކުރެވި އެތަނުގެ ބޭނުން މުޅި ރާއްޖޭގަ ތިބި އެންމެހާ ރައްޔިތުންނަށް ބޭނުންވެސް ކުރެވޭނީ އޭރުން ކަމަށްވާތީ.ވަރަށް ވެދުން.
މެންޓަލިސްޓް
27 October 2017
އާދެއެއްގޮތަކަށްވެސް ހިއްކައިގެނުވާނެ ،، އޭރުން އެއްކަލަ އަސްލު ގޯލްޑްފިޝްތަކާޢި ޒައިތޫނި ގަސްތަކާއި ވައްތީނި ގަސްތަށްވެސް ގެއްލިގެންދާނީ ،،، ތިޔަކުޅިއަކީ ދުނިޔެ އުފެދުމުގެވެސް އަސްލޭ ،،،، ސަރުކާރަށް އަދިނުވިސްނެނީއޭ ،،، ތިޔަޕޮއިންޓަކީ ދުނިޔޭގެ އޮންނަ އިނާރޖީގްރިޑްގެ އެއް ޕޮއިންޓޭ ،،، ގީޒާގެ ޕިރަމިޑުން ފެރޫއިން ދެން އިންނަނީ ރާއްޖޭގެ ކުޅުދުއްފުއްޓޭ ،،،،،،،،، އަޅުގަނޑު އެދެން ސަރުކާރުން އަދިބޮޑަށް ވިސްނާލުން ،،،، ވަރަށްވެދުން
އައިޖޭ
27 October 2017
ކުޅި ހިއްކަތަން ބަލާނެ ޕްލެޓްފޯމް އެއް ނާޅާތަ؟
ސޮނިބެ
26 October 2017
އެއްކަލަ ލަންޑަނު ދޮންބެ ވަރައް ކަޑަވާނެ އެސޮރައް އެނގޭ ފަނޑިޔާރަކު ރަހީނުކުރީމަ ޖަލައްލާނެކަން 100 ފޫޓާ ހަމަޔައް ރާއްޖެޔާ ކައިރިވިޔަސް އެސޮރައް ނުލަފާކަން ދެއްކޭނީ ދެއްކޭވަރު މީހުންގާތު ބަޑިބުރާސްފަތީގެ މީހުން ކީކޭބުނަނީ މިކަމާ.
ބަޑިބުރާސްފަތީ މީހުންގެ ތަރުޖަމާނު
26 October 2017
ތިކަމާ އެއްޗެއް ބުނާކަށް ނެތިން..ލައިކްސް އަދި ޑިސްލަައިކަށް ބައްލަވާ
ލޮކަބީމުހަންމަދު
26 October 2017
21 ހެކްޓަރުން 6 ހެކްޓަރު ހިއްކަނީ މޫދުން 9 ހެކްޓަރު ޖުމަލަ 15 ހެކްޓަރު ހިއްކަނީ ކުޅީގަ ބާކީ 15 ހެކްޓަރު އިންނާނެ ތިމާވެއްޓައް ގެއްލުންވޭ ނެޕީތަކާ ކޮތަޅުތައް ގެންގޮސް ހާޖީމަގު ފުއްޓަރައް އުކީމަ އެކަންހުއްޓުވާބަލަ
ޕަައްލަންބެ
26 October 2017
ކުޅިއަށް ފަސްއަޅާ ފުރާލާފަ ބުނާނެ، ބާކީބައި ނިންމޭނޭ 2018 ގަ ޔާމީން ހޮވީމަ
ޕަައްލަންބެ
26 October 2017
ސިޔާސީގޮތުން ބެލިޔަސް ކުޅުދުއްފުށީގެ ކުޅިއާއި އެ ރީތި މާހައުލު ހަލާކު ކޮށްލުމަކީ ސަރުކާރުން އަޅާ ވަރަށް ޅައެއްޗެކެވެ. ސަބަބަކީ ރާއްޖޭގެ ވަރައްގިނަ ރައްޔިތުން އާމްދަނީހޯދާ އާއިލާތައް ބަލަހައްޓަމުން ގެންދަނީ ޓުވަރިޒަމް ސިނާއަތުގައި މަސައްކަތް ކޮށްގެންނެވެ. ގިނައީ ތައުލީމީ ޒުވާނުންނެވެ. ރާއްޖޭގެ ގުދުރަތީ މާހައުލުގެ މުއްސަދިކަމާއި ބޭނުންތެރިކަން އެބޭފުޅުންނަށް ވަޒަންކުރެވޭނެއެވެ. ޢަދި ތިތާ އެއަރޕޯޓެއް ނަހަދާވެސް ފަސޭހަކަމާއެކު ފުލައިޓުން ދަތުރުކުރެވޭ ނިޒާމެއް ރާއްޖޭގައި އެބޮއެއްކަން އެބެއެނގެއެވެ. ވީމާ ތިތަން ހަލާކުކޮށްލުމުން ވަރައްގިނަ ބައެއްގެ ނަފުރަތު ސަރުކާރަށް އަމާޒުވާނެއެވެ. ތިކަމުން ލިބޭނެ ވޯޓަށްވުރެ ގެއްލޭ ވޯޓު ގިނަވާނެއެވެ. ތީ ހަމައެކަނި ކުޅުދުއްފުށީ ވޯޓާ ގުޅިފައިވާ ކަމެއްކަމަށް ހީކުރުމީ ވަރަށްވެސް މޮޔަކަމެކެވެ. ތިމައްސަލަވަނީ ރާއްޖޭގެ އުތުރުން ދެކުނަށް ދެމިގެން ގޮސްފައެވެ. ވަރަށް ސަލާމް!