(ކ-ވ) މެމްބަރު ޝާހު، މުސްތަފާ އަދި ސައުދުﷲ ހިލްމީ - ފޮޓޯ: މަޖިލިސް
30 އޮކްޓޯބަރ 2017 - 10:36
ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
ޕީޕީއެމުން ވަކި ކުރަން ނިންމާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
ސުލޫކީ ކޮމެޓީން ބުނި ގޮތުގައި ތިން މެމްބަރުން ޕީޕީއެމުން ވަކިކުރަން މިދިޔަ ހޮނިހިރު ދުވަހު ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށް، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ.
ޕީޕީއެމާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި 10 މެމްބަރުންގެ ތެރޭގައި ސައުދުﷲ އާއި މުސްތަފާ އަދި ޝާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ވެސް މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސުލޫކީ ކޮމެޓީން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތިން މެމްބަރުން ސޮއި ކުރައްވާފައިވާތީ ސޮއި ނަގަން ދިން މުއްދަތުގައި އެކަންކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ ތިން މެމްބަރުން ވަކިކުރަން ނިންމީ ސުލޫކީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމެޓީން ބުންޏެވެ.
މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކޯޓުގެ ހުކުމް އައުމުގެ ދެ ތިން ދުވަސް ކުރިން ޕީޕީއެމުން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށާއި ޕާޓީން ވަކި ނުވާ ކަމަށް އެ މެމްބަރުންނަށް އަންގައިފަ އެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކުރަން ނިންމައިފަ އެވެ. އަދި އެ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށްފަ އެވެ.
ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފައިވާއިރު، މިހާތަނަށް އީސީން ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބައި އިލެކްޝަންތައް ބޭއްވުމަށް ދާދި ފަހުން މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައި ވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.
ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ
30 October 2017
ފައިސާ ގޯނި ބެހި މީހާ މިނިވަންކަންމަތީ
ރޯސް
30 October 2017
ދެންއެއްވެސް ކުއްޖަކު ދެބަސްނުވެ ގެއްލުނު ގޮޑިހޯދަން އަވަހަށް މަސައްކަތް ފަށާ ކަމެއްވީ ކަމައްވާނީ ތިގޮޑި ތައްލިބިގެން ހައްގައް ނަސްރުލިބި ކާމިޔާބު ވާނެ!
ސްޓޯން
30 October 2017
ރައީސުލް ޖުމުހޫރިއްޔާގެ މަގާމާއި ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމާއި ލޯކަލްކައުންސިލް ކަމުގެ މަގާމަކީ ޕާޓީ ބަދަލު ކުރުމަކުން އަދި ޕާޓީން ވަކިކުރުމަކުން ގެއްލޭ މަގާމެއްނޫނެވެ. ސަބަބަކީ އެބޭފުޅުން ތަމްސީލު ކުރައްވަން ޖެހިވަޑައިގަންނަވަނީއަކީ ހަމައެކަނި އެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެކަނި ނޫންކަމުގައިވާތީއެވެ. (އެއީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުން ހޮވާ މަގާމުތަކަކަށް ނުވާތީއެވެ.) މިތިން މަގާމަކީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ، ޖުމުލަކޮށް ހުރިހާ ރައްޔިތުންގެ މަސްލަހަތަށް ބަލާ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރަންޖެހޭބަޔަކަށް ވާތީއެވެ. އެއީ ރާއްޖޭގައި މި އޮންނަނީ ރިޔާސީ ނިޒާމް ކަމުގައިވެފާ އެކަން ހަމަޖެހިފައި އޮތްގޮތެވެ. ޕާޓީ ބަދަލު ކުރުމުން ކައުންސިލަރު ގޮނޑި ނުގެއްލިފަ ، ރައީސުގެ ގޮނޑި ނުގެއްލިފަ މަޖިލިސް ގޮނޑި ގެއްލެންވީ ކޮންހަމަޔަކުންތޯއެވެ؟؟
ހާލަތު
30 October 2017
ޔާމީނަކަށް މި ނޫން ގޮތެއް ނެތެވެ. މަޖިލީސް ރަގަޅު ގޮތުގައި ބާއްވައިގެން ވޯޓެއް ނުލިބެއެވެ. އިންތިހާބު ރަގަޅަށް ބާއްވައިގެން ކާމިޔާބެއް ނުލިބެއެވެ. ކޯޓްތަކުގެ ފަޑިޔާރުން މިނިވަންކަން މަތީ ބައިތިއްބައިގެން ބޭނުން ހުުުކުމެއް ނުނެރެވެއެވެ. މުއައްސަސާތައް މުސްތަގިއްލުކަން މަތީ އޮވެގެން ބޭނުންވާ ގޮތަކަށް މައްސަލަތައް ނުބެލެއެވެ. ބަލާމައްސަލަތަކުގެ ނިންމުންތަކެއް ނާދެއެވެ. ދެން ހެދެން އޮތްގޮތް ހަދަނީއެވެ. ތާއީދު ނެތް ވެރިން ތާއީދު އޮތްކަން ދެއްކުމަށް ކުރާ ހުރިހާ ކަމެއް މިގައުމުގައި އެބަ ހިނގައެވެ. ދައުލަތުގެ ޚަރަދުގެ ބޮޑެތި ބިލްބޯޑްތަކުގައި ފުޓޯ ޖަހައިގެން ޕްރައިމް ލޮކޭޝަންތަކުގައި ބަހައްޓައިގެން ވެރިކަން ކުރަނީ ކޮންބައެއްކަން މިއަދުގެ ތައުލީމީ ޒުވާން ޖީލަށް އޮޅުވައެއް ނުލެވޭނެއެވެ.
ޙައިތަމް
30 October 2017
ޕާޓީން އަދިވެސް ބޭރުކުރަންވީ މެންބަރުންތަ؟ ޥަގުންތައް ބޭރުކުރިއްޔާ މާރަންގަޅުވާނެ.
ރިޔާ
30 October 2017
މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު ޤާނޫނުގައި ކަނޑަ އެޅިގެން ބަޔާންކޮށްފައިވާއިރު ޤާނޫނުގައިވާ ގޮތާއި ހިލާފަށް މެމްބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް ކޮންމެފަރާތަކުން ނިންމިކަމުގައި ވިޔަސް އެކަމެއް ސައްހައެއް ނުވާނެއެވެ، ގޯހެވެ. ހަމަ ގޯހެވެ.
ފޫޅު
30 October 2017
އިންތިޚާބެއް ނުބޭއްވޭނެ އެވެ.ބާއްވަން ނުވެސް ކެރޭނެއެވެ.މި ދާއިރާ ތަކުގެ އިންތިޚާބު ބާއްވާފި ނަމަ ޔާމީނުގެ ސިޔާސީ ކެރިއަރު ނިމިގެން ދާނެއެވެ.
ކޮމެންޓޭ
30 October 2017
ސައްހަ ނޫން ނިންމުމެއް އެއީ، ކޮންދުވަހަކު މިސަރުކާރުން ގާނޫނާ އެއްގޮތަށް އަމަލު ކުރީ ،އިރާދަކުރެއްވިއްޔާ 2018ބޮނޑު ތަނުން ކޮށްލާނަން
އުމަރު
30 October 2017
ރައީސް ޔާމީނުގެ ޕްލޭން އިދިކޮޅު ފަރާތްތަކަށް އެނގިއްޖެތޯ؟ ޕްލޭން ވަރަށް ސާފް، މަޖިލިހުގެ މެންބަރުންގެ ގޮނޑިތަށް އެގޮތަށް ގެއްލުވާލައި، މަޖިލިސް އިނދެޖައްސާލާފައި، ދެން ސްޕްރިއަމް ކޯޓު ނަގައިގެން ކުރިއަށް އޮތް 2018 ގެ އިންތިހާބު ފަސްކުރުން، ޔަގީން އިންތިހާބު ނުބާއްވާނެކަން، އެހެންކަމުން މިހާރުން މިހާރަށް އިދިކޮޅު މީހުން އެބަޖެހޭ މިކަމާއި ވިސްނައި އިންތިހާބު ބޭއްވޭނެ އިންތިޒާމަކާއި ދިމާލަށް މަސައްކަތްކުރަން، ދެން ބަލަންވީ މިހާރު މަޖިލިހަކީ ނެއްތަނެއްކަން، ދެން ބަލަންވީ މިއޮތް ކުޑަކުޑަ ދުވަސްކޮޅުގައި ކެމްޕޭނުގައި ވަގުތު ހޭދަކުރެވޭތޯ، ދެން 2018 އާއި ހަމައަށް މަޖިލިހެއް ގާނޫނާއި އެއްގޮތަކަށް ނުހިންގާނެ
އދ
30 October 2017
މިހާދަ ފާޑެއްގެ ޕީޕީ އެކޭދޯ. ބަޔަކު ޕާޓީން ވަކިވެއްޖެކަމަށް ބުނެ ސިޓީތައް ލީތާ އެތަށް މަހެއްފަހުން ވަކިކުރިއްޔޯ. ބަލަ މީގެ 6 އަހަރުފަހުން ވެސް އަނެއްކާ ވަކިކޮށްފާނެދޯ. ތިޔައީ މުޅިންވެސް މީހުންނަށް އަނިޔާވެރިވާ އުޞޫލުން ބޭރުން ކަންކަންކުރާބައެއް. ނިކަންވިސްނާލާ ސުޕްރީމްކޯޓްގެ ދެކޮޅަށް މާނަކުރެވޭ އަމުރެއްގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރާ މެމްބަރުން ވަކިކޮށްލުމުގެ ހުރިހާބާރެއް ޕާޓީގެ އިސްމާހާއަށް. ރައްޔިތުންގެ ނިކަމެތިކަން ނިކަންދެކެބަލަ . ސުޕްރީމްކޯޓުން މިކަމާ ވިސްނާ އިތުރު އަމުރެއް ނެރުމަށްގޮވާލަން. އަދި ތިޔަ މެމްބަރުންނަށް ސެލިއުޓްކުރަން.
ހާސަރު
30 October 2017
އީޔޫ ވަފުދަށް ދިން ޖަވާބެއް މިއީ! ގޮތްދޫކުރުމެއް އަދި ގާނޫނުތަކަށް ތަބާނުވާނެ ކަމަށް ނިކަން ބާރަށް މި ބުނީ!
އާދަނު
30 October 2017
އީޔޫ އެއީ ދެން ކޮންތަނެއް؟ އެއް ކަމެއްވެސް ވާބައެއް ނޫން. ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ބަލަން އުޅުނީމަ މާތާހިރުވަނެ.
އައްސަދު
30 October 2017
ތިޔަވީ ވާންވިގޮތް