ޕީޕީއެމަށް ސޮއިކުރި ފޯމުތައް، ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީނާ ޕާޓީގެ ފޯމު ހަވާލުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
30 އޮކްޓޯބަރ 2017 - 22:45
މާފަންނުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައި، އެ ޖަގަހަ ހެދުމުގެ މަސައްކަތުގައި އުޅުނު ހައުސިން މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް އެ ޕާޓީއާ މިރޭ ގުޅިއްޖެ އެވެ.
"ފިޔާތޮށި ޖަގަހަ" ނަމުގައި މި ޖަގަހަ ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
ޝީ ބިލްޑިން ކައިރީގައި ހަދާފައިވާ މި ޖަގަހަ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ޖަގަހަ އެހާ ފުރިހަމަކޮށް ތައްޔާރުކޮށް ދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި މުއިއްޒުގެ "ކުޅަދާނަ" ކަމަކީ ޖަގަހަ ހެދުމުގެ މަސައްކަތުގައި އުޅުނު ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ޕީޕީއެމާ ގުޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، މުއިއްޒާއި ޕީޕީއެމާ ގުޅުނު ސާޅީހަކަށް މުވައްޒަފުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ޕީޕީއެމަށް ސޮއިކުރި އަންވަރު އަލީ ރައީސް ޔާމީނާ ޕާޓީގެ ފޯމު ހަވާލުކުރަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި އަލަށް ޖަގަހަ ހެދި ތަނަކީ ރައީސް ޔާމީނަށް އެންމެ ހެޔޮ އެދޭ އެއް ބޭފުޅަކު ކުއްޔަށް ނަގާފައި ހުރި ތަނެކެވެ. އަދި އެ ތަން ޕީޕީއެމަށް ދިނީ ހިލޭސާބަހަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަން މުއިއްޒާއި ރައީސް ޔާމީންގެ ވާހަކަފުޅުގައި ވެސް ފާހަގަައެއް ނުކުރައްވަ އެވެ.
މުއިއްޒު ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި މާފަންނުން ޕީޕީއެމަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މާފަންނަށް އެކަނި ބެލިޔަސް، ސަރުުކާރުން ކަންކަން ކޮށްދީފައި ހުރި މަންޒަރު ފެންނަ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނަކީ ހަގީގަތް މިހާރު އެނގޭ ބައެއް. ބަޔަކު ދައްކާ ވާހަކައެއް އަޑެއް ނާހާނެ ރައްޔިތުންނެއް. ހަމައެފަދައިން މާލޭގެ އެހެން އަވަށްތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމަނިކުފާނު (ރައީސް) ކުރައްވާ މަސައްކަތް އެ ދަނީ ގާތުން ބަލަމުން،" މުއިއްޒު ވިދާޅުވި އެވެ.
މިއީ ޕީޕީއެމުން މާލޭގައި މި ފަހުން ހުޅުވި ތިން ވަނަ ޖަގަހަ އެވެ. މީގެކުރިން "ރާސްޓަސް ޖަގަހަ" އާއި މާލޭހިޔާ ހުސްބިމުގައި "ރުމާލު 2 ޖަގަހަ" ނަމުގައި ޕީޕީއެމްގެ ޖަގަހަތައް ހުޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިހުސެން
31 October 2017
ޖަގަހަ ހެދީ ހައުސިންގ ގެ ބަޖެޓުން ހަރަދު ކޮށްގެން ހައުސިންގ މުވައްޒަފުން ބޭނުން ކޮށްގެން
އިނާ
31 October 2017
އެގިފައިވާ ގޮތުގައި ތިޔައީ ފިނޭންސް މިނިސްޓްރީގެ ދަށުގައި ހުރި އިމާރާތެއް.އެހެންކަމުން ހެޔޮއެދިގެން ތިތަން ދެވޭނީ ކާކަށް؟އަރަތެއް؟
އަތްބައި
31 October 2017
ތާސްބައިގެ ރަނގަ އަދި ހުހެއް ނުވޭ މިފަހަރު ޗިޅިޔާ 2 ނުކީ ކީއްވެބާ ރައްޔިތުންގެ އަވައިނުވާ އަޑު އިވޭކަހަލަ
މުރާދު
31 October 2017
މިއީ ރޯމާ ދުވާލު ހިންގާ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތައް އޭސީސީވެސް ނިދާފަ އޮތީދޯ. މިއީ އެބުނާ ތަރައްޤީގެ ވައްޓަފާޅިއަކީ. ދައުލަތުގެ މުދާ ފޭރިގަނެގެން ރައްޔިތުން ބިކަކޮށްފާ ވެރިކަމުގައި ގަދަފައިވިއްދުން
އެޑްމުންޑޯ
31 October 2017
ބިންތަށް ކުއްޔަށް ދެނީ އެތަނެއްގައި ވިޔަފާރިކުރަން ، ޖަގަހަ ހުޅުވާކަށްނޫން ، މިއީ އަރަތެއް ، ރައްރަށުގައި ހުންނަ ހުސްބިންތަށް ކުއްޔަށް ނެގުމައްފަހު އެތަނެއްގައި ވިޔަފާރިއެއް ނުފައްޓާފިނަމަ ކައުންސިލަރުން އެބިން އަތުލަނީ ، ކޮބާ އިންސާފަކީ ، ތިވެސް ސަރުކާރު ބިމެއް ،
ޒިމީނިއޯ
31 October 2017
ސިވިލް ސަރވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަކީ މަނާކަމެއް ނޫންތޯ ! ޕީޕީއެމްގެ ކަންކަމުގައި އުޅުން ހުއްދަވަންޏާ އިދިކޮޅު އިއްތިހާދުގެ މަސައްކަތްތަކުގައި އުޅުންވެސް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހުއްދަ ވާނެ އެއް ނޫންތޯ
ދޮޅަސް
31 October 2017
އަމިއްލަ ސިޔާސީކަންކަމައް މަގުބަންދުކުރުމުގެ ހުއްދަ ދޭއިރު ބަލިމީހިން ގޮވާގެން އައިޖީ އެމް އެޗް އައް ދާން އޮތްމަގު ބަންދުކުރި އިރު އެހެންމީހުންގެ ތަކުލީފު ތަކައް އިހުތިރާމުކުރރމެއް ނެތް
ހަސަނާއްކަލޯ
31 October 2017
އައިޖީއެމް އެޗަށް ދާން އޮތީ އެ މަގު އެކަނި ބާ؟ އަދި އެއީ އައިޖީއެމް އެޗަށް ދާން އޮތް އެންމެ ފަސޭހަ މަގުބާ؟ ކިޔާފަ ނުކިޔާނެ އެއްޗެއް ނޭގޭ ހެން ހާދަ ހީވެޔޭ
ޞޯދުބެ
31 October 2017
އެގްރީ!
މުޢިއްޒު
31 October 2017
އެހެން ދެއްތޯވާނީ. ލިބެމުންދަނީ ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބުރަތްތެރި ފިލާވަޅުތަކެއް.
ބޮންދު
31 October 2017
ހުރިހަ ކަމެއް ކުރުވީ ބިދޭސި މީހާ ލައްވަޔޯ...އެމީހުްނ ސޮއި ކުރިތަ؟