ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގައި އައި ދިވެހި ޕައިލެޓް ތޮލްހަތު އަންވަރު އަތުން އިޝާރާތްކުރަނީ. ފޮޓޯ: އެމްއޭސީއެލް
31 އޮކްޓޯބަރ 2017 - 21:53
ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ދަތުރުތައް ދިވެހި ޕައިލެޓަކާ އެކު މިއަދު ރާއްޖެ އަށް ފަށައިފި އެވެ.
ދުނިޔޭގެ އެންމެ ފެންވަރު މަތީ އެއް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން އައި ބޯޓުގެ ކެޕްޓަނަކަށް ހުރީ އައްޑޫ ހުޅުދު އަށް އުފަން، ތޮލްހަތު އަންވަރު (ތޮއްލަ) އެވެ. އޭނާއަކީ ބޭރުގެ އެއާލައިނެއްގައި ކެޕްޓަންކަން ކުރާތާ އެންމެ ގިނަ ދުވަސްވީ ދިވެއްސެވެ.
ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގައި އައި ދިވެހި ޕައިލެޓް ތޮލްހަތު އަންވަރަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލްގެ އިސް ވެރިއަކު މަރުހަބާކިޔަނީ. ފޮޓޯ: އެމްއޭސީއެލް
ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓުގެ ފުރަތަމަ ދަތުރުގެ ބައިވެރިންނަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެގޮތުން އެ ބޯޓު މިއަދު މެންދުރުފަހު 3:00 ގައި ޖެއްސިއިރު އެމްއޭސީއެލްގެ ބައެއް އިސްވެރިން އޭޕްރަން ސަރަހައްދުގައި މަޑުކޮށްގެން ތިއްބެވި އެވެ.
"ކަންދިމާވި ގޮތުން އެ ބޯޓު ޖެއްސިއިރު ކެޕްޓަނަކަށް ހުރީ ތޮއްލަ. އޭނާ ހުރި ތަން ފެނުމުން ވަރަށް އުފާވި އަޅުގަނޑުމެން. އަދި ވަގުތުން ކޮކްޕިޓުގައި ހުރެ އަޅުގަނޑުމެންނަށް އަތުން އިޝާރާތްކޮށްލި،" އެމްއޭސީއެލްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޯޓުން ތޮލްހަތުގެ އިތުރުން އެއާލައިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ވެސް ވަޑައިގެންނެވި ކަމަށެވެ.
ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: އެމްއޭސީއެލް
"ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ ބޯޓު ރާއްޖެ އަށް އޮޕަރޭޓްކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އެ މަރުކާގެ ބޯޓެއް މި ސަރަހައްދުގެ އެއްވެސް ގައުމަކަށް އަދި އޮޕަރޭޓެއް ނުކުރޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ގަތަރު އެއާވޭސްގެ އެ ބޯޓުން 283 މީހުން އުފުލޭނެ އެވެ. މިއީ އެއާބަސްގެ އޭ 380 މަރުކާގެ ބޯޓު ފިޔަވައި އެންމެ ގިނަ ފަސިންޖަރުން އުފުލޭ ބޯޓެވެ.
އެ އެއާލައިނުން ރާއްޖެއަށް މިހާރު ވެސް ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ. އަދި މި އަހަރުގެ ސީޒަނާ ދިމާކޮށް އިތުރު ދެ އެއާލައިނަކުން އަލަށް ދަތުރު ފަށާއިރު އެހެން ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ވެސް ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ.
02 November 2017
ޕައިލެޓުކޯހެއް ހަދައިގެން މޯލްޑިިވިއަން ކަހަލަ ތަންތަނުންވެސް ވަޒީފާއެއް ނުލިބޭ ގުޅުމެއް ނެތް މީހަކަށް. ބުނަނީ ތަޖުރިބާއެއް ނެތޭ. ބޭރުޤއުމުތަކުން އެހެނެއްނޫން. ރަނގަޅިއްޔާ ވަޒީފާދޭ. ދެން އެމީހުންގެ ހެޔޮކަން ބޮލާޖަހާފަ އަންނާކަށް ބޭނުމެއްނުވާނެދޯ؟
ހެހެހެ
01 November 2017
އަދިވެސް މިސަރުކާރުން ގަތަރާ ގުޅުން ކަނޑާލެވޭތޯ ބަލާ!
އަހަރެނޯ
01 November 2017
މަރުހަބާ ތޮއްލަ. ވ. ވެދުން
އައިޖޭ
01 November 2017
ގަދައޭ ތޮއްލަ.... ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް\
1234
01 November 2017
އޭ 350 ގަ 280 ޕެސެންޖަރުން އުފުލާއިރު އޭ 320 ގަ އެބައުފުލާ 250 މީހުން . މީކީ މާކަބޮޑު ކުރިއެރުމެއް ނޫން އިނގޭތޯ. އޭ380 އެއްގަ ދިވެއްސަކު ޕައިލެޓްކަން ކުރާނަމަ ވަރަށް ސަޅިވީސް.
4678
01 November 2017
ދެން ދާންވީނު އެހެންވީމަ
ސަރީފް
02 November 2017
(1234 މި ކޮމަންޓް ކުރުމުގެ ކުރިން ލިއުން ކިޔާލިބާ؟ މީކީ މާކަބޮޑު ކުރިއެރުމެއް ނޫން އިނގޭތޯ. އޭ380 އެއްގަ ދިވެއްސަކު ޕައިލެޓްކަން ކުރާނަމަ ވަރަށް ސަޅިވީސް.) "ލިއުމުގަ އޮތީ" އޭ380 އެއްގަ ދިވެއްސަކު ޕައިލެޓްކަން ކުރާނަމަ ވަރަށް ސަޅިވީސް.ދުނިޔޭގެ އެންމެ ފެންވަރު މަތީ އެއް އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން އައި ބޯޓުގެ ކެޕްޓަނަކަށް ހުރީ އައްޑޫ ހުޅުދު އަށް އުފަން، ތޮލްހަތު އަންވަރު (ތޮއްލަ) އެވެ. އޭނާއަކީ ބޭރުގެ އެއާލައިނެއްގައި ކެޕްޓަންކަން ކުރާތާ އެންމެ ގިނަ ދުވަސްވީ ދިވެއްސެވެ. 226
އައްޑޫމީހެއް
01 November 2017
އައްޑުއެއް އުތުރެއްދެކުނެތް މިއަކު ނޯންނާނެ. ދިވެއްސަކު މިފަދަ ވަޒީފާއެއް އަދާކުރުމަކީ އަހަރުމެން އަބަދުވެސް ފަހުރުވެރިވާކަމެއް. އަމަުދުން ބޭރުދނިޔޭގއި ނަންހިގާ ބްރޭންޑު ތަކުގެ އިސްސަފުން މިކުޑަކުޑަ ދިވެހިރާއްޖޭގެ މީހުން ފެނުމަކީ އުފަލުން ފޮޅިގެން ދާކަމެއް.
ވޯލް
01 November 2017
އަޅުގަނޑު ނެތުން މަރުހަބާ ކިޔާކަށް އަދި އަޅުގަޑު ނެތިން ތިއި މާ މޮޅުކަމަށް ދެކޭކަށްވެސް. ދިވެހިން ކިޔަވާގެން ހިދުމަތް ކުރަންޖެހޭނީ ރާއްޖޭއަށް އޭރުން އެވީ ފަހުރުވެރިވާން، ކޮންމެ މީހަކު ދިވެހި ދައުލަތުގެ ޚަރަދުގަ ބަލާ ބޮޑު ކުރީމަގޮސް އެހެން ޤައުމެއްގައި ހިދުމަތް ކުރީމަ އެވީ ކޯޗަކަށްތޯ.
ޑޯން
02 November 2017
ދެޓްއިސް ޓުރޫ....
Aliދެން
01 November 2017
ސިޔާސީ މީހުންގެ ވާހަކަގައި ގެ އަޑުމަޑުކޮށްލާފަ، މިފަދަ ދިވެހިންގެ ވާހަކައާއި، އެމީހުންގެ ހަޔާތާއި ބެހޭގޮތުން ގިނަ ވާހަކަތައް މިޑީއާގެ ފަރާތުން އިވޭނަމަ..
ރަދީފް
01 November 2017
މަރުހަބާ ތޮއްލަ.މޮޅު މީހުން މިނިކުންނަީ ހަމަ ދެކުނުންނޭ އިނގޭތޯ. ވ.ވެދުން
ކަޅުސޮރު
01 November 2017
ހަމަ ހައިރާންވަނީ 2017ގައިވެސް 80 ގެ އަހަރުތަކުގެވިސްނުން ގެންގުޅޭ މީހުން އުޅޭތީ ކޮން އުތުރު ދެކުނެއް ދިވެއްސަކައް ވީމަ ހަމަ ކޮންމެ ދިވެއްސަކުވެސް ފަޙުރުވެރިވުން ހައްޤެއްނޫންތަ؟
ރަދީފަށްރައްދު
01 November 2017
ތި ކޮމެންޓް އެހާ "ޕޮލިޓިކަލީ ކަރެކްޓް" އެއް ނޫން. ތި ބެލެވިދާނެ ދެކުނު ނޫން އެހެން ހިސާބުގެ މީހުންނަށް ކުރެވުނު ނޭއްގާނީ އަދި ދައްކޮށްލުމުގެ ބަހަކަށް. އެހެންވީމާ މިކަހަލަ ރޭސިސްޓް ކޮމެންޓް ނުކުރަމާ . އަހަރެންވެސް ދެކުނު އިނގޭ. އެކަމަކު ޤަބޫލެއްނުކުރަން މޮޅުވުމަކީ، ވަކި ސަރަޙައްދެއްގެ ބަޔަކަށް ލައްވާފައޮތް ޚާއްބަ ކަމެއް ކަމަކަށް
ރަދީފް
01 November 2017
ރައްދު ދިން މީހުންނަށް ދޭން އޮތް ޖަވާބަކީ 5 @ 5 . އިފް ޔޫ ނޯ ވަޓް އައި މީން. ވ.ވެދުން
ރަދީފުގެ ކާފަ
01 November 2017
މިރާއްޖޭގައި ވަޅި ޖެހުމާއި މާރާމާރީ ހިންގާމީހުންގެ ނިސްބަތުން ގިނައީ އައްޑޫ މީހުން ރާއްޖޭގެ ދެކުނުން މާލެ އަންނަ ޒުވާނުން ރަދީފު މިކަމާއި ބެހޭގޮތުން ލަދު ނުގަނެ އެއްޗެއް ބުނެބަލަ
ޙިނި
01 November 2017
ނިކަންބަލާ ދިވެހި ދައުލަތުން ޕުރޮފެރަރު އުޖައިލައް ހަދާލިގޮތް